ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓް ދޭނެ ކެންޑިޑޭޓް ބެލުމަށް "ވަގުތު" އިން ކުރިއަށް ގެންދިޔަ ސާވޭއެއް އިދިކޮޅު ޕީޕީއެމް އިން ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފިއެވެ.

ހިޔާ ފްލެޓްތަކުގެ 16 ޓަވަރުގައި ދިރިއުޅޭ މީހުންގެ ތެރެއިން 4194 މީހުންނާއި ސުވާލުތައް ކޮށްފައި ވެއެވެ. އޭގެތެރެއިން 3020 މީހުން ނުވަތަ %72 މީހުން ބުނީ އެމީހުން ރިޔާސީ އިންތިހާބުގައި ވޯޓް ދޭނީ ޕީޕީއެމްއަށް ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ވޯޓް ދޭނެ ކަމަށް ބުނީ އެންމެ 357 މީހުންނެވެ. އެއީ ހިޔާލު ހޯދުމުގެ ވޯޓްގައި ބައިވެރިވި %8.5 މީހުންނެވެ.

ޑިމޮކްރެޓްސް ޕާޓީއަށް ވޯޓް ދޭނެ ކަމަށް ބުނީ 160 މީހުންނެވެ. އެއީ %3.8 މީހުންނެވެ. ގާސިމް އިބްރާހިމް އަށް ވޯޓް ދޭނެ ކަމަށް 60 މީހުން ބުނެފައި ވެއެވެ. އެއީ %1.4 މީހުންނެވެ. އުމަރު ނަސީރަށް ވޯޓް ދޭނެ ކަމަށް 42 މީހުން ބުނެފައި ވެއެވެ. އެއީ %1 މީހުންނެވެ. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް އަށް ވޯޓް ދޭނެ ކަމަށް ބުނެފައި ވަނީ 25 މީހުންނެވެ. އެއީ %0.6 މީހުންނެވެ. ރިޔާސީ އިންތިހާބުގައި ވޯޓް ދޭނެ ކެންޑިޑޭޓެއް އަދި ނުނިންމާ ކަމަށް 402 މީހުން ބުނެފައި ވެއެވެ. އެއީ %9.6 މީހުންނެވެ. ރަނގަޅު ކެންޑިޑޭޓަކު ނެތް ކަމަށް 30 މީހުން ބުނެފައި ވެއެވެ. އެއީ %0.7 މީހުންނެވެ.

ވަގުތު އިން ހިޔާ ފްލެޓްގައި ކުރިއަށް ގެންދިޔަ ސާވޭގައި އިތުރު ސުވާލުތަކެއް ވެސް ކޮށްފައި ވެއެވެ. އެސުވާލުތަކަށް މީހުން ދިން ޖަވާބާއި، އަދި ހިޔާ ފްލެޓްތަކުގެ ރައްޔިތުން ސިޔާސީ ގޮތުން ކަންކަމާއި މެދު ދެކޭ ގޮތް އެނގޭ ތަފްސީލް ރިޕޯޓެއް ވަގުތުގައި އަދި ގެނެސްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަލިބެ

    އަސްލު ހިޔާ ފްލެޓްގެ ބައްޕަ އަކީ ރައީސް ޔާމީން ، 2023 ޕޕ ވޯޓްލާ

    126
    10
  2. އިބުރާހީމް

    އިރާދަ ކުރެއްވީއާމުން ދެން ރާއްޖެ ދެކޭނީ ޕޕމ ސަރުކާރެއް. އެދުވަހަކުން 35މިލިއަން ރުފިޔާގެ މައްސަލަ ނަގައި އުމުރަށް ޗޯރޭ ބަންދު ކުރާނެ ކަމަށް އުންމީދު ކުރަން.

    123
    22
    • ޢަގީ

      ޗޯރޭ އެއޮތީ ޖަލުގަނޫންތޯ

      17
      72
      • ބީޓޭ

        ކަލޯ އެއީ ޗޯރެއްކަމައް ކަނޑައަޅާ ނިހާއީ
        ހުކުމެއް އަދި ނުއިއްވާ. އެކަމަކު މިއަދު
        ވެރިކަމުގަ ހުރީޗޯރެއް ރާއްޖޭގެ ކަނޑާ ޖައްވާފަޒާ އަދިބިމާ ކަނޑުއަޑީ ހުރިއެއްޗަކަޢްދަނދެން ވިއްކާލައިފި.

        5
        2
  3. ހުސޭނުބޭ

    އިބުރާހިމާ! އަވަހަށް ޕީޖީ ލައްވާ ހިޔާ ފްލެޓްގައި އުޅޭ އެންމެންގެ މައްޗަށް ކޮންމެވެސް ދައުވާއެއް އުފުލާ ވޯޓުނުލެވޭނެގޮތް ހަދާ! އެެންނޫނީ ކަލޭގެ ދުވަސް ދުއްވާލާނެ!

    58
    5
  4. ރާފިޔު

    ހިޔާ ފުލެޓް މީހުން ބުނީ ތަރައްޤީގެނެވޭނި ޕީޕީއެމްއަށް ވޯޓު ދީގެންނޭ.

    62
    7
  5. އުމަރު ނަސީރު

    ބާރަށް ތެޅިބާލާ ވެރިކަން ހޯދަންވާނެ ހާދަ ފައިސާއެކޭ އޭރުން އެލިބެނީ

    21
    1
  6. އުގުރި

    އިބުރާހިމް މުހައްމަދު ސޯލިހް އަކަށް ހަމަ ގާމުވެސް މަތާއީދެއް ނުކުރާނަން..

    71
    5
  7. ޙާލުގެ ދުލުން

    ކޮތަރުކޮށީގެ ރައްޔިތުންނަށް އައްސަރިބަހާއި ސާބަސް

    71
    6
  8. 7 ފެބް

    ރައީސް ދޭ ފްލެޓްތަކުގެ ވޯޓްތަށް ގުނާލަން މަޑުކޮށްލާ. ކޮން ގޮތަކަށް ތޯ އަންނަނީ

    3
    1
  9. ޑޮލަރު

    ޕޕ ކުދިން އަދިވެސް ކެމްޕޭން ކުރަން މިޖެހެނީ ، ޖަލުގަ ހުރި މީހަކަށް މީހަކު ދެއްކުނީކީ ނޫން.

    2
    6
  10. ސުބު

    ރާއްޖޭގެ ދިގު ތާރީޚުދުއް އެންމެ ބޮޑު ޗޯރޭ އެއޮތީ ޖަލުގައި.

    2
    8
  11. ދަރަނި ދަންތުރަ

    މިހާރު މިސަރުކާރުގެ ވެރިން ކޮތަރު ކޮށި ނުކިޔާ ކީއްވެބާ ؟ އަސްލަމް ބުނީ އޭނަޔަށް ވެގެންވީނަމަ ހުރިހާ ކޮތަރު ކޮށިތަށް ތަޅާ ބިމާހަމަކުރީހޭ ، މިހާރު ކިޔަނީ ހިޔާ ފުލެޓު ، ކޮތަރު ކޮށިން އިވެނީ ހިންނަވަރު ޗޯރޭ ޗޯރޭ ޗޯރޭ ޗޯރޭ ޗޯރޭ ޗޯރޭ ކިޔާ އަޑު

  12. މުޙައްމަދު

    ޔާމީނު ހޮވާނަމޭ ކިޔާފަ ތިއްބަކަސް ނުވާނެ
    މިހާރު ޕީޖީ ހުކުން ނިންމާލަން އެ ރެޑީވަނީ

    2
    5
  13. Anonymous

    ކުލި ނުދައްކާ މީހާއެކޭ ޔާމީނެކޭ ނެތް ތަފާތެއް.

    މި ޔާމީނުވެގެން އުޅޭ ބައިގަނޑަށް ނޭނގެނީތަ ވެރިއަކަށް ހުރެ ހުރިހާ ބާރެއް މުށުތެރެއަށް ލީމާކަން އެކަލޭގެ ވެރިކަމުން ބޭލުވީކަން. ދެންވެސް ހަމަ އެކަލޭގެއަށް ވެރިކަންދޭން ފޫގަޅާފަ މިތިބެނީ.

    "ރައްޔިތުން' މިބަސް އެއީ އެންމެންގެ ޚިޔާލެއް ނޫން. އަދުރޭވެސް ބުނާނެ "ރައްޔިތުން" ބޭނުންވަނިއްޔޭ....
    އޭގެ ބަދަލުގައި ޔާމީނުގެ ފައިސާގައި އުފަލުގައި އުޅެވުނު މީހުން އެމީހުންނަށް ނިސްބަތްކުރާބަހަކަށް މި "ރައްޔިތުން" ބަސް، ބަދަލުކުރަންވެއްޖެ.

    2
    6
  14. އދ

    ޕޕމގެ ސަރުކާރެއް ގެންނަން ބޭނުންވަނީ ރައްޔިތުންނަށް
    ކުރިމަތިވެފައިވާ ހުރަސްތަކުން އަރައިގަތުމަށެވެ. ސަރުކާރުން
    ރ ޔާމީނަށް ކުރަމުންދާ އަނިޔާ ހުއްޓާލުމަށް ގޮވާލަމެވެ.

    9
    1
  15. ަދފަ

    ހިޔާ ފްލެޓްގެ ރައްޔިތުންގެ ކުލި ކުޑަކޮށްދީ އަދިވެސް. އޭރުން އިބޫއަށް ވޯޓު ލިބޭނެ ބޯކޮށް.

    1
    8
  16. ތުއްތުނާ

    ހިޔާފުލެޓުންވިއަސް މަސްމާރުކޭޓުންވިއަށް ވޯޓުދޭނީ ކުރިއަށްއޮތް ފަސްއަހަރުދުވަހު ރާއްޖޭގެ ރައީސްްކަންކުރާނޭމީހަކުހޮވަން.. ކުށްވެރިއަކު ޖަލުގަބާއްވަން ރައްޔިތުން ވޯޓުދިނުމަކީ ގާނޫނުހުއްދަކުރާކަމެއްނޫން!!

    1
    7
  17. Anonymous

    ކޮތަރު ކޮށިން އެތައް ބަޔަކައް ވަނީ ބޯހިޔާވަހިކަން ލިބިގެން ގޮސްފަ.

    7
    1
  18. ސައިނީސް

    ރ.ޔާމީން ވާދަ ނުކުރެވިއްޖިއްޔާ ޕޕއެމް ނިކަމެތިވެދާނެ ދޯ!

    1
    2