މާލޭ މީހުންނަށް ހުޅުމާލެ އާއި މާލޭ ސަރަހައްދުން ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމުން ހުރިހާ ސޯޝަލް ހައުސިންތަކެއްގެ ކުލި ދެއްކުން ހުއްޓާލަން މަޝްވަރާތައް ފަށައިފިއެވެ.

މިމަޝްވަރާތައް ފަށާފައި ވަނީ ގެދޮރުގެ މައްސަލަތަކާއި ހިޔާ ފްލެޓްތަކުގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން މީގެ ކުރިން ވެސް އެކި ހަރަކާތްތައް ހިންގި ދަ ކޮމަނާސް (ކޮތަރު ކޮށި) ޖަމިއްޔާ އިން ހިޔާ ފްލެޓްތަކުގައެވެ.

ދަ ކޮމަނާސް އިން ބުނީ މާލޭ މީހުންނަށް ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމުން ހުރިހާ ސޯޝަލް ހައުސިންއެއްގެ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ބައްދަލުވުމެއް މިއަދު ހަވީރު ހިޔާ ފްލެޓް ސަރަހައްދުގައި އޮތް ކަމަށެވެ. މިއަދުގެ މަޝްވަރާތަކުގައި ބައިވެރިވީ އެޗް-4 ގައި ދިރިއުޅޭ ފަރާތްތަކުންނެވެ.

މަޝްވަރާގައި ބައިވެރިވި ހިޔާ ފްލެޓްގައި ދިރިއުޅޭ މީހަކު "ވަގުތު" އަށް ބުނީ ހުޅުމާލެ އާއި އަދި މާލޭ ސަރަހައްދުގެ ބިމަކީ އަގު ބޮޑު ބިމަކަށް ވާއިރު ހިލޭ އެބިންތައް ބަހާލުމުން އެއްވެސް ފްލެޓެއްގެ ކުލި ދައްކަން ޖެހުން އެއީ ހަމަހަމަ އުސޫލެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ވެސް މާމުއްސަނދި ބަޔަކަށް ވެގެނެއް ނޫން ހިޔާ ފްލެޓް ލިބިފައި ވަނީކީ. ދިރިއުޅުމުގެ ހާލަތު ނިކަމެތިކަމުން ފްލެޓް ލިބުނީ. އަޅުގަނޑުމެންނަށް މާލެ އިން ގޯއްޗެއް ލިބުނުނަމަ މާރަނގަޅު ވީސް. ސަރުކާރުން އަމަލު ކުރަމުން ދަނީ އެއްވެސް އިންސާފުވެރިކަމެއް ނެތި." މަޝްވަރާގައި ބައިވެރިވި މީހަކު ބުންޏެވެ.

ދަ ކޮމަނާސް އިން ބުނީ ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން އެޖަމިއްޔާގެ ނިންމުން ހުރިހާ ފަރާތްތަކަކާއިއެކު މަޝްވަރާ ކުރުމަށްފަހު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ހުޅުމާލެ އިން 17 ބިމެއް 866 މިލިއަން ރުފިޔާއަށް އާބަންކޯ އަތުން ގަނެފައެވެ. އެބިންތަކަށް ސަރުކާރުން ފައިސާ ދެއްކި ނަމަވެސް ގޯތި ލިބޭ އާއްމުން އެއްވެސް ފައިސާއެއް ސަރުކާރަށް ވެސް އަދި އާބަންކޯއަށް ވެސް ދައްކާކަށް ނުޖެހޭނެއެވެ.

މާލޭ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ލިސްޓް ސަރުކާރުން އިއުލާން ކުރުމާއިއެކު ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

78 ކޮމެންޓް

  1. ާމުހައްމަދު

    ހިލޭ ގޯތި ދިނުމަކީ ހިޔާފްލެޓަށް ފައިސާ ދައްކަން ނުޖެހޭ ސަބަބެއް ނޫން ރައްޖޭގެ އެހެން ރައްތަކުގަވެސް ގޯތި ހިލޭދޭ އެކަމަކު އެރައްތަކުގައި އަޅާފައިވާ ފްލެޓްތަކަށް ކުލިނަގާ ފްލެޓް ޖަމިއްޔާ އެކޭ ކިޔައިގެން ތިއުޅޭ ބައިގަނޑު ތީމުސީބާތެއް ކަހަލަ ބައެއް ކުލިކުޑަކުރީމަވެސް ހިންހަމައެއް ނުޖެހުނު އެތައްބަޔަކު މިހާރުވެސް އެތަން ކުއްޔަށް ދީގެން އާމްދަނީ ހޯދާ މިބައިގަނޑަކަށް އެއީ މައްސަލައަކަށްނުވޭ

    95
    77
    • ޚާއިނު

      ދިވެހި ރައްޔިތުންގެ ފައިސާ، ވަކި ބަޔަކަށް ހިލޭ ގޯތި ދެވިގެން ނުވާނެ. ސޯލިހު ސަރުކާރަކީ ދިވެހިން ދެކޭނެ އެންމެ ބޮޑު އެއް މުސީބާތް

      52
      53
      • ހިލޭ

        ދިވެހި ކޮއްމެ ރައްޔިތަކަށް ހިލޭ ގޯތި ދިނުމކީ ސަރުކާރަށް ގާނޫނު އަސާސީއިން ލާޒިމް ކުރާކަމެއް. އަގައް ފްލެޓު ދެނީ ބިން އެވަރަށް ނެތީމަ. ކުއްލިޔަކަށް ވަކިބޔަކަށް ހިލޭ ގޯތި ދިނުމަކީ ސަރުކާރުގެ ހުދުމުހުތާރުކަން. ފްލެޓުތަކުގެ ކުލިދެއްކުމަކީ މިހާލަތުގަ ވަރަށް ތާކުންތާކު ނުޖެހޭ ކަމެއް. ޗޯރޭ އިސްތިއުފާ.

        29
        15
      • ކޮމިއުނިޒަމް

        ވެލްކަމް ޓު ނޯތު ކޮރެއާ ހަހަ!!

    • ބަލާސިން

      ނުޖެހޭނެ ދައްކާކަށް ހަނދާން ނައްތާލާ އެންމެން އެކައްޗެއް ކީމަ ހެދޭނެ އެކެއްޗެއްވެސް ނޯންނާނެ ރާއްތެރޭ ރައްތަކާ އަޅަ ހުޅުމާލެ ބިމާ ފުލެޓާ ަޅ ނުކިޔޭނެ މާލަގަ ކާވަތެއްގެ ބިންކޮޅެއްގެ އަގަކަި ރާޖެތެރޭ ރަަސެއްގެ 100ފޫޓުގެ އަގު.. ހިލޭ ހުޅުމާލެ އެއްވެސް އިރެއްގަ ހިލޭ ބިމެއް ކީއްކުރން ފުލެއްޓެއްގެ ކާވަތެއްވެސް ނުދެވޭނެ އެކަކުވެސް ފުލެޓަށް ލާރި ނުދައްކާނަން

      49
      43
      • ފޮނުބެ

        ކަލޭ މޮޔަވެބަލަ މާލެޔޭ ނުކިޔާ ރަށައްދޭބަލަ ކޮން ފޮނެއް އަރުވާކައް. އެންމެން އެކައްޗެއްކިޔާފަ ރަށައް ދޭބަލަ .ޕޮނުބެ

        1
        3
    • އަހުސަން

      ހައްގު ތެދު ތިބުނީ. ވަރަށް ހަސަދަވެރި ޖާހިލު ބައެއް އުޅޭތަނެއް ތިއީ.

      49
      8
    • ކަންނެލި

      މިބާގަޑޭ އެބައިގަޑޭ ކިޔާނެކަމެތްނެތް ހުރިހާރަތްޔަތުންގެ ފައިސާއިން ހިއްކާފައޮތް ތަނަކުން މާލޭމީހުންނަށް ށޭ ކިޔާފަ ބިންދެވިގެންނުވާނެ އިގިއްޖެ އިބުރާހިމަށް ދޭނެ ވޯޓެއްނޯންނާނެ މަށެއް މަގޭދަރިއެތް އެތްބަޑުމީހެތް ކުޅަދާނައެތްނޫން ވަރަށްސަލާން

      40
      35
      • ދޮންއަބުދުއްރަހްމާންބެ

        ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ބިންހިއްކަނީ މުޅިރާއްޖޭގެ ރައްޖޭގެ ޓެކްސް ފައިސާ އާއި ލޯނު ފައިސާއިންނާއި ހިލޭ އެހީން. ހއ.ތުރާކުނުގައި އޮންނަ ގޯތިތަކާއި ފުލެޓްތަކަށް މާލޭ މީހާއަށް ކުރިމަތި ނުލެވޭ. މާލޭ ސަރަހައްދުގައި ހަދާ ފުލެޓް ތަކާއި ދޭ ގޯތިތަކަށް ތުރާކުނު މީހާއަށްވެސް ލެވޭ.. މިއީ ކޮން އިންސާފެއް.

        26
        11
        • މަހާ

          ރާއްޖޭގެ ބިމާބެހޭ ޤާނޫނުގަ އޮންނަނީ ކޮންމެ ރަށެއްގަވިޔަސް 5 އަހަރުވަންދެން މެދުނުކެނޑި އެ ދިރިއުޅޭ ރަށަކުން ބިން ( ގޯތި ) ދެވޭގޮތަށް، މާލޭމީހާވެސް ރާއްޖެތެރޭ ކޮންމެ ރަށެއްގަވިޔަސް މެދުނުކެނޑި 5 އަހަރު ދިއުޅުމުން އެ ފުރުސަތު ލިބެން އޮތްވާހަކަދަންނަވަން،
          އަހަށް ރާއްޖެތެރެއަށް ދިރިއުޅުން ބަދަލުކުރައްވައިގެން އެ ފުރުސަތު ހޯއްދަވާ ، އެއްވެސް ހުރަހެއްނެތް،

          7
          2
    • ޢޭނަ

      ކުލި ދައްމާލީ .ކުޑައެއްނުކުރެ. ޢެވެސް ޙަތް އަހަރު ވަންދެން. ޢެއީ އިންސާފުނަމަ ޢެއީ.

      22
      14
    • އެއީ ކީއްވެ އެހެންވާންވީ ޔޯ…

      6
      4
    • Anonymous

      އެހެން ރަށްތަކުގެ ބިމާ މާލޭގެ ބިން ތަފާތެވެ. މާލޭގެ ބިމަކީ ފުލެޓު އެޅުމަށްވުރެ ބޮޑު އަގުގައި ހިއްކާ ބިމެކެވެ. މާލޭގެ ބިމަކީ އެއްވެސް ބަޔަކަށް ހިލޭ ދޭންޖެހޭ ބިމެއް ނޫނެވެ. އެންމެނަށް ވެސް ފުލެޓު އަޅާފައި ވިއްކަންވީއެވެ. މާލޭ މީހުންނަކީ ވެސް ބޮޑު މުސީބާތެކެވެ. ރާއްޖެތެރޭ މީހުން ފެލާލައިގެން ދިރިއުޅޭތާ ލައްކަ ދުވަސްވެއްޖެއެވެ. މާލޭ މީހުން ދެރަކޮށް ހަދާފައިވާ ތަންތަން ރާއްޖެތެރޭ މީހުންނަށް ކުއްޔަށް ދެނީ ބޮޑުއަގުގައެވެ. މި މުސީބާތް ނިމުމަކަށް ގެންނަން އެބަޖެހެއެވެ.

      45
      27
    • ފަލަޑޭ

      މާލޭ މީހުނަށް ހިލޭ ގޯއްޗާ ފުލެޓާ ދޭންވީ އެކަމަކު ހުޅުމާލެޔަކުން ނޫން އެތަން ހިއްކާފަ އެއޮތީ ދިވެހިރައްޔިތުންގެ ފައިސާއިން މާލޭމީހުން ބޮޑުއަގުގަ ގެދޮރު ކުއްޔަށް ދީގެން ނަގާ ލާރިން މާލެ ކާރިން ފަޅެއް ހިއްކާފަ ހިލޭ ދޭންވީ އެއްވެސް ސަކުވާއެއްނެއް ހުޅުމާލޭން ހިލޭ މާލޭ މީހުނަށް ހިލޭ ދޭކަމށްވަންޔާ mihaaru ހުރި ފުލެޓާ ބިންތަކުން ކުލިދެއްކުން ނިމުމަކަށް މިގެނައީ އެކަން ތަންފީޡް ކުރުމަށް hurihaa ކޮތަރުތަކލށް އެކަށްޗެއްކިޔާ މިގިތަށް އަމްކިރަން ލާޒިމް

      15
      7
    • އަންނި

      ރާއްޖޭގެ ރަށްރަށުން ހިލޭ ގޯތި ދީފައި ހުރީއެރަށެއް އުފެދުނުއިރު އޮތް ބިމުން. ސަރުކާރުން ޚަރަދުކޮށް ހިއްކާފާފައިވާ ބިމަކުންނޫން. މިކަން މުހައްމަދަށް ނޭގުމަކީ މުހައްމަދު އަދި ކޮމެންޓްކުރަން ތަސަރަފު ނުފުދޭކަން.

      13
      8
  2. ޙަފޯ

    100. ހަމަ ހަމަކަމެއް ނެތް، އެތަން ބިލިޔަން ރުފިޔާއެއް ހަރަދުކޮށް ބޮޑުމާސްޓަ ޕްލޭންއަކާ އެކީ މަޢުމޫން ޔާމީން ސަރުކާރުންވެސް ތި ޕްރޮޖެކްހިންގީ ހިލޭ ގޯތިބެހުމުގެ އެއްވެސް ޕްލޭނެއް އޮވެގެނެއްނޫން އެކަމް އަތްފޯރާފަށުގައި ބޯހިޔާވަހިކަންދޭން، ވަކިބަޔަކު އެތައް މިލިޔަން ހަރަދުކޮށް ކުލިދައްކަދައްކާ ތިއްބާ މާލޭ ވަކިބަޔަކަށް ހިލޭ ތިތަން ދިނުންތީ ކިހާބޮޑު ބޭއިންސާފެއް. މާލޭމީހުންނަށް ހިލޭ، އަތޮޅެތެރޭމީހުން އެތަންތަނަށް ކުލިދައްކަން ތިބެންވީ؟

    34
    8
  3. ފާގަތި

    ހުޅުމާލެ ފޭސް 1 އަދި 2 ގަ ހުރި އެންމެ ފުލެޓަކަށްވެސް ބިމަކަށްވެސް ސަރުކާރަަށް ދައްކަންޖެހޭ ކުއްޔެއް މިއަދުން ފެށިގެންނޯންނާނެ އެކަކުވެސް ނުދްކާތި. ހުރިހާތަނެއް ހިލޭ ޖެހުނީ އެއްބަޔަކަށް ހިލޭ އަނެއްބަޔަކު އަރުން ލާރިފޭރެން ހުޅުމާލެ އަކީނމާލެއާ ބެހޭ ތަނެއްނޫން ކަނޑެއް ހުރަސްކޮށްފަ ދާން ޖެހޭ ވަކިން އޮތް ބިމެއް ހަނދޏަކުރާތި އަހަތެމެން އުޅޭ ފުލެޓުން ކުލި މިއަދުން ފެށިގެން ނުދައްކާނަން ކުލި ފުރީކޮށްލީ

    21
    19
  4. ގުދުގުދާބެއްޔާ

    އަނެއްކާ ކޮތަރުކޮށިން ރައްޔިތުން ތަކެއްގެ ބޯ ކާލައި އެމީހުންނައް ގެއްލުންދޭން މިއުޅެނީ ހިޔާފުލެޓް ލިބިފައިވަނީ މަހުންމަހަށް ކުލިދައްކަާ ޚަލާސްކުރާގޮތައް! ނުދެއްކީމާ ހުރިހާގެއްލުމެއް ފުލެޓް ލިބުނު ފަރާތައް! މީގެ ކުރިން ހިޔާ ޔޫނިއަން ކިޔާ ބަޔަކު އެމީހުންނައް ލިބުނު ފުލެޓް ތަޅާ އެއްކޮއްލައިގެން އުޅުނު! ގެއްލުންވީ ކޮންބަޔަކައް!

    17
    9
    • ސާމާނުބެ

      އެއްމެން އެއްބަސްވެ އެކަކު ވެސް ނުދަކަންޏާ ސަރުކާރަށް ކުރޭވޭނެ އެއްކަމެއްވެސް ނޯންނާނެ މަދު ބަޔަކު ނުދައްކާނަމަ ތަނުންނެރޭނެ މިސާލަކަށް ހާމަޔަށް ޑުރަގްބޯ ކިތަން މީހުން މާލެއާ ރާއްތެރޭ އެއުޅެނީ މިނިވަންކަންމަތީ ގަވައިދާ ހިލާފަށް ލައްކައެންހާ ބިދޭސީން އުޅޭގައުމެއްމީ ކޮންކަމެއްވަނީ؟

      10
      6
  5. މާލޭ މުޙައްމަދު

    ފްލެތަށް ފައިސާދެއްކުން ހުއްޓަލަންވީ ގޯތި ހިލޭ ދޭނަމަ. ވަރަށް ރަގަޅު ނިންމުމެއް.

    25
    15
    • އެސް

      ކަލޭ ރަށުގަ އޮތީ މިލިޔަނުން ފައިސާ ދައްކައިގެން ގަތް ގޯއްޗެއް ދޯ.

      3
      4
  6. ފުރަހަނި ޝުއައިބު

    އެއްގޮތަކަށް ވެސް ކުލި ދީގެން ނުވާނެ ހިލޭ އެހެން ބަޔަކަށް ރާއްޖޭގެ އެންމެ އަގުބޮޑެތި ބިންތައް ބަހާލެެންޏާ.
    މިކަމުގެ ކޮޅެއްގަ ޖެހެން ދެން ކުރިޔަށް ދިއުން ވަރަށް މުހިއްމު.

    22
    10
  7. އަހަޏް

    އެއްބަސް ވެފަ ވެސް ކުލި ނުދައްކާ ގަދަ ކަން ދައްކާލައިގެން ވެސް އުޅެވިދާނެ. އެކަމަކު މަރު ވުމަށް ފަހު ވާނެ ގޮތް އެބަ އިނގޭތަ؟ ބަހާލައިގެން ދައްކަން އެއްބަސް ވިޔަސް އެ އެއްބަސް ވެވެނީ ލޯން އަކަށް. ގަސްތުގަ ލޯން ނުދެއްކުމަކީ ކިހާ ވަރެއްގެ ފާފަ އެއްތޯ؟

    16
    8
    • Anonymous

      މަރޭ ގިޔާމަތޭ ކިޔައިގެން ބިރުދައްކާނެ ކަމެއް ނެތް. ރާއްޖޭގެ ރައީސަކީ ވެސް މަރުވާނެ މީހެއް. ބިން ލިބިގަތް މުއްސަނދިންނަކީ ވެސް މަރުވާނެ ބަޔެއް. ގިޔާމަތްދުވަހު ކަންކަން ނިންމަވާނީ އިންސާފުން. މި ސަރުކާރުން ގޯތި ދީފައި ތިވަނީ ބޭއިންސާފުން. މަރުވީމާ އެކަން ވެސް ހިސާބު ބައްލަވާނެ. ހިޔާ ފުލެޓުގެ އެކަކުވެސް ފުލެޓަށް އަގުދައްކާނެ ކަމެއް ނެތް. އަދި އިބޫއަށް ވޯޓު ދޭނެކަމެއް ވެސް ނެތް.

      10
      4
    • ބެއްޔާ

      ކުރީގެ ވެރިއަކު ހިއްކާފާއޮތް ބިމަކުން ރައީސް ސޯލިހު އޭނާގެ އައުވާނުންނަށް ހިލޭ ގޯތި ދިނުމުން އެކުރެވެނީ ސީދާ ވައްކަން. ފާފައަކަށްނުވޭތަ؟

      10
  8. އަޙުމަދު

    އެއްވެސް ފުލެޓް އަކަށް ފައިސާ ނުދެއްކިއަސް މި ވަގުތު ، ޖުލައި، އޮގަސްޓު ، އަދި ސެޕްޓެމްބަރު މި ތިންމަސް ތެރޭގައި ކުރެވޭނެ ކަމެއް ނޯންނާނެ ، އެއީ ރިޔާސީ އިންތިހާބު ދުވަސްވަރު ކަމަށްވާތީ އަދި މިދައްކަނީ ގާތްގަނޑަކަށް 7500 ހަތް ހާސް ފައްސަތޭކަ ފުލެޓް ގެ ވާހަކަ ނުވަތަ ވޯޓު އެޅުމުގެ ޙައްޤު ލިބިގެންވާ ގާތްގަނޑަކަށް 35000 ތިރީސް ފަސްހާސް ދިވެހި ރައްޔިތުންގެ ވާހަކަ ، މި ރައްޔިތުންގެ ވޯޓު ނުލިބި ރައީސް ކަމުގެ މާޤާމަށް ނާދެވޭނެ އެއްވެސް ބޭފުޅަކަށް ، އަދި ޝަރީޢަތަށް ގޮސްގެން 7500 ފުލެޓް ހުސްކޮށް ރައްޔިތުން މަގުމަތި ކުރެވޭނެ ފުރުސަތު އޮވެދާނެކަމަށް ނުފެނެއެވެ. އެހެންކަމުން ޞުލްޙަވެރިކަމާއެކު ޙައްޤު ހޯދަން ކުރެވެން ހުރިކަމެއް ފުލެޓް ތަކުގައި ދިރިއުޅޭ ފަރާތްތައް ގުޅިގެން ކޮށްފިނަމަ ، އިންޝާﷲ ނަތީޖާ ފެންނާނެ، މީގެ ކުޑަ މިސާލަކީ ގާސިމް އިބްރާހިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހުރިހާ ފުލެޓް ތަކުގެ ކުލި މާފުކޮށްދޭނެ ކަމަށް، ކާނަލްރިޓަޔާޑް ނާޒިމް ވިދާޅުވީ ރައީސް ކަން ލިބޭތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި 4000 ރުފިޔާ އަށް ކުލި ކުޑަ ކޮށްދޭނެ ކަމަށް، އަދި ޕީޕީއެމް، ދަ ޑިމޮކްރެޓް ގެ ބަހެއް ސީދާ މިކަމުގައި އަޑެއްނީވެ، ލަސްނުވެ އެފަރާތްތަކުގެ ނިންމުން ވެސް އެނގިގެން ދާނެ ކަމަށް ބައްލަވާ. އެހެންކަމުން ސަރުކާރުގެ ނިޔަތް ރަގަޅުނަމަ ރަގަޅު ހައްލު އެންމެ އަވަހަށް ހޯދައި ދެވެން އޮތީ އެފަރާތަށް. ވީމާ ހިތްވަރާއެކު ޤާނޫނީ ތަރަހައިގެ ތެރޭގައި މަސައްކަތް ކުރައްވާ.

    13
    4
    • އެދުރުބެ

      ތިޖަހާން އުޅޭ ސަކަރާތްގަނޑުން އަނެއްކާވެސް ގެއްލުމާ ހަލާކު އޮތީ ރާއްޖެތެރޭގައި އުޅޭ ރާއްޖޭގެ ދެވަނަދަރަޖައިގެ ނިކަމެތި ރައްތުންނަށް ތި ހުރިހާއެއްޗެއް މާލޭގަ އުޅޭ މީހުންނަށް ފްރީކޮށްފިނަމަ ފޫނުބެއްދޭވަރުގެ ގެއްލުން ސަރުކާރަށްވާނެ އެތަން ފޫބައްދަން އާ ޓެކްހެއް ތައާރަފްކޮށްލާނީ އެއީ މާލޭ ބޭފުޅުންގެ ގޯތިތަކަށް ފައިސާދެއްކުމަށް އެހިސާބުން އެއްކަލަ ރާއްޖެތޭގޮލާވެސް ޖެހޭނީ ލިބޭ އާމްދަނީއިން ބައެއް އެކަމަށް ދައްކަން

      3
      3
  9. އިއްބެ

    ރާއްޖޭގެ އެހެންރައްތަކުގަހުންނަ ގޯތިތަކޚަކީ އެއްވެސް އަގެއްނެއް ގޯތިތަކެއް އެތަންހިއްކަނ ކީކުތަން އެއްލައްކަ ރުފިރާކެ ލޯނެއްވެސްލިބޭ ތަނެއްނޫން އަދި މާލޭ ރައްޔަތުން އެގޯތިތަކައް ލޯނު ކީއްކުރަން ފަސްރުފިޔާވެސް ދައްކަން ނުޖެހޭނެ އެކަމަކު ތިލޯނުތައްދައްކަން ރައްފުށުމީހުން އުމުރުގެބާކީބާ ޕުލައް ދަރިންގެދަރިންނަް ރިލޯނު ދައްކަންވާނީ ހަމައެކަނި މާލޭ
    މީހުންގެ ޓެކުން ނޫނީ ބާޒާރުކޮތަޅުން

    7
    3
  10. ޖައްލެ

    މިސަރުކާރަށް ރައްޔިތުންނަށް ހަމަހަމަ ކަމެއް ގާއިމެއް ނުކުރެވެ ވިނަރެސް ފުލެޓް ތަކުގެ އަގު ނިކަން ދިރާސާކޮއްލަބަލަ 22،000ރ މަހަކު 25 އަހަރުވަންދެން ދައްކަންޖެހޭ 7.5މިލިންނައްވުރެ ފުލެޓްގެ ޖުމުލަ އަގުބޮޑު ހަމަ އެސަރަހައްދުން 1200 އަކަފޫޓުގެ ބިން ހިލޭ މީތި ދެކޮޅެއްނުޖެހޭ.. އެކަކުވެސް ފުލެޓައް ލާރިދައްކާނެ ކަމެއްނެއް ހަމަޔާ އިންސާފުނެއްތަނެއްގަ ދަގަނޑު ކެޑޭނީ ދަގަނޑުން

    17
    6
  11. ދިރާސާ

    ތީ ބޮޑުހެދިގެން އުޅޭ ގުރޫޕެއް. ހިޔާ ސަރަހައްދުގައި ކަތީބު ހެދިގެން ، އެސަރަހައްދު މީހުންގެ ބޮލަށް ޗިޕު ޖަހައިގެން އަމިއްލަ އެދުމާއިގެން ކުރާ ކަންކަން. ބަލަ ގޯތި ހިލޭ ދިނީމައި އެތަންތަނުގައި ބޮޑެތި ހޮޓާ، ގެސްޓް ހައުސް ، 10 ބުރީގެ އިމާރަތް ހަދައި ކުއްޔަށް ދިނީމައި އެއީ ދައުލަތަށް ނުސީދާކޮށް ވަންނަ ޓެކްސް އޭ.. ކަލޭމެން ދައްކާ މަދު އެއްޗާއި ނުބައްދަލު ވަރަށް ދައުލަތަށް އާމްދަނީ ވަންނާނެ ، ފުލެޓް ކުއްޔާއި ، ގޯތި ކުއްޔާއި ، ދެއްކީމައި ފައިދާ ކުރާނީވެސް ދިވެހި ރައްޔިތުންނަށް ، ކުލި ކުޑަ ކުރީމައިވެސް މާގައްޑާ ހެދިފައި އަނެއްކާވެސް ކުލި އެއްކޮށް މާފު ކުރަން ޑިމާންޑް ކުރުން. ދިވެހިންނަކީ ތަޙްޒީބު ނުވާ ހުރިހާ ޙިދުމަތެއް ދައުލަތުން ހިލޭ ކޮށްދޭންޖެހޭ ކަމަށް ގަބޫލު ކުރާ ބަޔެއް. މި މީމީހުންގެ ޑިމާންޑުތައް ފުއްދަން ސިޔާސީ ގޮތުން މިޖެހެނީ މުއްސަދި ބާރުވެރި ގައުމުތަކުގައި އާދެސް ކުރަން. އެހިސާބުން އެގައުމުތަކުގެ ޑިމާންޑުތަކެއް ސަރުކާރުތަކަށް ކުރިމަތިވެ ގައުމު އަތުން ގެއްލޭ ހިސާބަށް ދަނީ.. ދިވެހިން ތަޙްޒީބުވާން ޖެހޭ..

    13
    16
    • އަލީ

      ގޯތި ލިބިގެން އުޅޭ މީހުން މިކަހަލަ ވާހަކަ ދައްކާނެ. އެއްވެސް ރައްޔިތަކު މިކަހަލަ ވާހަކަތައް ގަބޫލުކުރާނެ ކަމެއް ނެތް. އެއްވެސް މީހަކު ފުލެޓަށް ކުލިދައްކާނެ ކަމެއް ވެސް ނެތް. ބިންތައް ދިނީ މާލޭގައި ބިމަށް ބޭނުންވެފައިވާ ފަގީރުންނަކަށެއް ނޫން. މުއްސަނދިންނަށް ދިނީ. މުއްސަނދިންނަކީ މިހާރު ވެސް ޓެކްސް ދައްކާ ބަޔެއް ނޫން. އަދި ފަހުން ވެސް ނުދައްކާނެ.

      4
      4
    • ޖުއްލާބު

      ދިރާސާ ކުރެވިފަ ތިވަނީ އެއްބައި.. ރަނގަޅު ވާހަކައެއް ތި ބުނީ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދައުލަތަށް ބޮޑު މަންފާއެއް ތިކަމުން ވާނެ.. އެކަމަކު ވިސްނާލަންވީ ރައްޔިތުންގެ ތެރެއިން ނިކަމެތި މިހާ ނިކަމެތިވުން ނޫން ކަމެއް ނުވާނެ.. ހަމަ މުއްސަނދި މީހާ ސަންދޯކު އެއްކޮޅަށް އަޅަން ފައިސާ އިތުރުވާނީ.. ތިޔަބުނާ ޓެކްސް އިންސާފުވެރިކޮށް ނަގާނަމަ ރާއްޖޭގަ މިނަގާ ޖީއެސްޓީ ނަގާކަށް ނުޖެހޭނެ.. ކިތައް ރިސޯޓުން ޓެކްސް ނުދައްކާ އޮތްތޯ ބަލާބަލަ.. މާލޭގަ ކިތައް ގެސްޓު ހައުސް ޓެކްސް ނުދައކާ އޮތްތޯ ބަލާލަބަލަ.. މާލޭގަ މުޅި ގެ ކުއްޔައް ދީގެން އުޅޭ މީހުން ޓެކްސް ދައްކާތޯ ބަލާލަބަލަ.. ހަމަ ހުރިހާ ކަމެއްގަ މަކަރު ހަދާ އޮޅުވާލުން ކަމަކީ.. ކޮތަޅު ޓެކްސްއިން ފެށިގެން ޓީޖީއެސް ޓެކްސާއި ހަމަޔަށްވެސް ޓެކްސް ދެއްކުމުގަ ހަދަނީ މަކަރު.. މަތީ ފަޑީގަ ތިބި %90 މީހުންގެ ކޮންމެ ކަހަލަ ވިޔަފާރިއަކަސް އޭގަ މަކަރުހެދުމާއި އޮޅުވާލުން ނެތްކަމެއް ނޯންނާނެ.. އަލުން ރަނގަޅަށް ދިރާސާ ކޮއްފަ ބަލާބަލަ އާއްމު ރައްޔިތުމީހާ ބިކަވެގެންދާ މިންވަރު..

  12. ހަލީމު

    ސަރުކާރުން ބިންތައް ގަނެފައި ރައްޔިތުންނަށް ބަހާ ފަދައިން، ފުލެޓުތައް ވެސް ގަނެފައި ރައްޔިތުންނަށް ބަހަންވީއެވެ. އެއްވެސް މީހަކު ފުލެޓުގެ އަގު ދައްކާނެ ކަމެއް ނެތެވެ. ހުރިހާ ރައްޔިތުންނާ މެދު ސަރުކާރުން ކަންކުރަންވާނީ ހަމަހަމަ އުސޫލުންނެވެ. މުއްސަނދިންނަށް ހިލޭ ބިން ދީފައި ފަގީރުންނަށް ބޮޑު އަގުގައި ފުލެޓު ވިއްކުމަކީ މިރާއްޖޭގެ ތާރީޚުގައި ސަރުކާރުން ކުރި އެންމެ ބޮޑު އަނިޔާވެރިކަމެވެ.

    9
    8
  13. އުތީމު ތަކުރު

    ގަމާރު މީހުނަކަށް ނުވިސްނޭނެ، ރާއްޖޭގެ އެހެން ރަށްތަކުން ގޯތި ހިލޭ ދެވެނީ އެރަށްތަކަކީ ރައްޔިތުން ޒިންމާވާން ޖެހޭ ލޯނެއްގެ ދަށުގައިވާ ރަށްރަށް ނޫންވީމަ އެކަމަކު ހުޅުމާލެ ތަރައްގީ ކުރަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ބޮލުގަ ދަރަނި އަޅުވާފަ، ހުޅުމާލެ އަރާ ބުރިޖްވެސް ކުޑަމިނުން ދަރަނި ނުދެއްކޭ އެހެންވީމަ މާލޭ މީހުނަށް ހިލޭ ދިނީމާ އިންސާފަކަށް ނުވަނީ އެހެންވީމަ ފުލެޓް ތަކުން ކުލިދެއްކުން ހުއްޓާލަންވީ އެންމެން އެއްބަސްވީމަ ސަރުކާރަކަށް ނޯންނާނެ ކުރެވޭނެ އެއްވެސް ކަމެއް

    9
    11
  14. ތަރަބެ

    އެއަބަސްވެ ޕްލެޓަށް ދައްކަންޖެހޭ ފައިސާ ނުދައްކަންޏާމު މިހާރު މިހާރަށް ތިތަނުން ނިކުމޭ....

    14
    11
  15. އައްސޭ

    ހިޔާފުލެޓް ލިބުނީވެސް ދިވެހި ރައްޔިތުންނައް އެތަނަށް ފައިސާ ދައްކަންޖެހޭ ވިނަރެސް ފުލެޓަށްވެސް ފައިސާ ދައްކަންޖެހޭ އެކަމް އެއަށްވުރެ އަގުބޮޑު ބޮޑެތި ބިންތައް ހިލޭ ދެންމިތިބީ ފޭސް 2ގަ ކުލީގެ އަޅުން މިތަން ތަނަށް ފައިސާ ދެއްކުމުގަ ރައްޔިތުމީހާއަށް ދެއްކޭވަރުގެ އެކަށީގެންވާ ކުއްޔެއް ސަރުކާރުން ކަނޑައަޅަންޖެހޭ ތަނުގެ ފެންވަރާ އަޅަބަލާއިރު ވިނަރެސް ފުލެޓް ކަހަލަ ފުލެޓެއްގެ އަގު މަހަކު 22،000ރ އަށްވުރެ ބޮޑުވުމަކީ މައްސަލައެއް ފުލެޓްތަކުގެ ވެރިން ކުލިނުދައްކައޭ ކިޔާއިރު މީކަމެއްގެ ހަމަހަމަ ކަމެއްނެތުމަކީ އަސްލަމްގެ ނާގާބިލްކަން ނުބައި ނުލަފާކަން ދެން ކުލި ނުދައްކާވާހަކަ ހައުސިން މިނިސްޓާރ އަސްލަމް ދައްކަން ލަދުގަންނަންޖެހޭ

    10
    3
  16. ފެން

    ކުލި ނުދައްކާ މީހުން ނެރެލާ

    18
    11
    • ޙަލަ

      ނުވާނެ ތިކަމެއް ބުރޯ

      4
      5
      • ގުއި ރޮދި

        ވާނެ ބުރޯ!

  17. ލިކާ

    ރާއްޖެތެރެ މީހަކައްވީތީ ހުޅުމާލެ ގޯއްޗައް ކުރިމަތި ނުލެވުމަކީ ތަފާތުކުރުން ..

    12
    13
    • ހުޅުމާލެއަކީ

      ހުޅުމާލެއަކީ މާލެ ..... ވީމާ ރާއްޖެތޭރެ އައުޓް

      4
      1
  18. ޙެހެ

    ކުލި ނުދައްކަ އުޅެން ރަށަށް ދޭބަލަ. ޔަހޫދީ ފާޑަށް ނޫޅެ

    14
    13
    • Anonymous

      ތިއީ ރާއްޖެތެރޭ މީހާއާ ދިމާއަށް މާލޭ މީހާ އަބަދުވެސް ގޮވާ އެއްޗެކެވެ. ރާއްޖެތެރޭ މީހާ ރަށަށް ދިޔައިމާ ސަރުކާރެއް ނުހިނގާނެއެވެ. މާލޭ މީހާގެ ގެދޮރު ކުއްޔަށް ހިފާނެ މީހެއް ނުހުންނާނެއެވެ. ގައުމު ހިންގަނީ އަދި ގައުމަށް އާމުދަނީ ހޯދައިދެނީ ރާއްޖެތެރޭ މީހާއެވެ.

      6
      5
    • ޢަހާ

      ސަރުކާރަަކަށް ގޮތެއް ހުހެއްނުވާނެ. ކުލިނުދައްކަންޏާ ފްލެޓްއަތުލާފައި ކުލިދެއްކޭ މީހުންނަށް ފްލެޓްދޭނީ

      8
      3
    • ކަމަނަ

      އެބުނާހެން ސަރުކާރު ބަޑަށްޖެހިދާނެ

      3
      4
  19. ރަށުމީހާ

    މުޙައްމަދު ރަސޫލުﷲ ގަ ބެރު ޖަހާ މީހާތަ މި އުޅެނީ. ފިތުނަ ފަސާދަ އުފައްދަން.

    5
    1
  20. ބުއްޅަބޭ

    ކުލިވެސް ދޭނެ ކަމެއްނެތް! ވޯޓެއްވެސް ދޭނެ ކަމެއްނެތް!

    3
    3
  21. 67789

    ސަރުކާރުން ދެން މަޝްވަރާ ކުރޭ ކަރަންޓާ ފެނާ ކަނޑާލަން.
    އެހާ ތަނަށް ޖެހެންދެން ލިފްޓް ތައް ކަނޑާލިޔަަސް ވަރެއްވާނެ.

    3
    2
  22. އުނބުޖާޑި

    ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކެޕިޓަލް ސިޓީ ނޫން ތަންތަނުގެ ދިރިއުޅެން ތަންތަނުގަ ދިރިއުޅޭ ނަމަ އެމީހަކަށް ދައުލަތުން ހިލޭ ބިން އަދި ހިލޭ އިމާރާތްވެސް އެބަދޭ. އެކަމަކު 20 މިލިޔަން ނުވެފަ 35 މިލިޔަން ދިވެހި ރުފިޔާގެ އަގުހުރި ބިން ދިނުމުގެ ބަދަލުގަ ދައުލަތަށް ބިމުގެ އަގު 50 އަހަރަށް ބަހާލައިގެން ވިޔަސް ލިބޭނެހެން ހެދުމަކީ ކުރުން އެދެވިގެން ވާކަމެއް. ބިން އެޑްވާންސް ނުނަގާ ދިނުމަކީ ރަގަލު ނިންމުމެއް. މާލެވިޔަސް އަދި ރަށު މީހާވިޔަސް ދައުލަތުގެ ކުރިމަތީގަވާނީ ހަމަހަމަ.

  23. ސޭހް

    ގާތްގަނޑަކަށް 30 ހާސް މީހުން ދިރިއުޅެމުން ތިގެންދާ ހިޔާފްލެޓް ތައް ހުރި ބިމުން ގޯތި ދީފިނަމަ 100 މީހުންނަށްވެސް ގޯތި ނުދެވޭނެ އެކަމަކު ރާއްޖޭގެ 30 ހާސް މީހުންނަށްވުރެ އެންމެ 100 މީހުން ސަރުކާރަށް އެބަ މުހިންމުވޭ

    4
    1
  24. Anonymous

    " ދަ ކޮމޮނާރސް " އަކީ ކެނަޑާގެ މިއުޒިކު ބޭންޑަކަށް ކިޔާ ނަމެއް.. ފުރަތަމަ ދިވެހިވަންތަ އަމިއްލަ ނަމެއް ޖަމިއްޔާއަށް ކިޔަން ގޮވާލަން.. އަދި ތިޔަ ޖަމިއްޔާގެ މުއައްސިސުންގެ ނަމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ގޯތި ތަކާއި ހަދާފައި ހުރި އިމާރާތްތައް ދައުލަތަށް ނަގަން ގޮވާލަން.. ދައުލަތަށް މާލީ ގެއްލުންވާ ގޮތަށް ފާޅުގައި މަސައްކަތް ކުރުމަކީ ގާނޫނީ ކުށެއް.

  25. ގުލްޒާރު

    މާލެއަކީ އާބާދީގެ ގޮތުން ވޯޓުލާ މީހުންގެ އެންމެ ބޮޑު ޕަސެންޓް އޮތް ރަށް. މާލޭ މީހުންވެސް ރުއްސައިގެން ރައީސްކަމަށް ހޮވޭނީ. މާލޭ މީހުންނަށް ގޯތި ނުދީ ރާއްޖޭގެ އެހެން ރަށްރަށުން ވެސް ހިލޭ ގޯތި ދެވިގެން ނުވާނެ. މާލޭ އަތޮޅުން ހިންމަފުށި ހުރާ ތުލުސްދޫ ވެސް އެއޮތީ މިލިއަނުން ހަރަދުކޮށްގެން ހިއްކާފައި އެރަށުގެ ރައްވެހިންނަަށް އެތަނުން ގޯތި ދެނީ.

    5
    1
  26. ޕިޖަން ކޭޖު

    މީކީ ޔާމީނު ސަުކާރެއްނޫން. ހުޅުމާލެ ފޭސް 2 އިން ޔާމީން ސަރުކާރު ނިމުނުތަނާހިލޭ ބަހާލި ބިންތައް ކޮބާ. މިގޯތިތައްވެސް ޔާމީނު މާލރައްޔިތުންނައް ހިލޭދިންނަމަ ހަމަ މިސަރުކާރައް ތާއީދުކުރާބަޔަކައް ޙަޖަމެއް ނުވާނެ.ކޮއްމެބަޔަކުވެސް އަމިއްލަ އެދުމުން ފޯވެ ފާވެފައި . ބަލަ މިޔަދު ހިޔާފުލެޓުން ލިބިފައިވާ މާލެ މީހާޔާ ރާއްޖެތެރެމީހާވެސް ވާނީ މާލެސިޓީ މީހުންނައް.

  27. ޝ

    ރައްރަށުން ހިލޭ ގޯތިދޭތީވެސް މުޒާހަރާ ކުރަންވީ

    7
    1
  28. ޖަމިއްޔާ

    ތިޖަމިއްޔާތީ ގާނޫނާ އަދި އެއްބަސްވުންތަކާ ޚިލާފް ޢަމަލުތައް ތަޢާރަފްކޮށް ދައުލަތާއި ރައްޔިތުންނާ ޖެއްސުމަށް އަބަދުވެސް މަސައްކަތްކޮށްފައިވާ އަދި ހިޔާފްލެޓު ބޭނުންކޮށް މެކްސިމަމް މަންފާ ހޯދުމަށް މަސައްކަތްކުރަމުންދާ ގްރޫޕެއް

  29. ތައްޓޭ

    ހެހެ ހާދަ މޮޔައޭ ތިޔަތަނުން ކުލި ނުދައްކައިތިއްބާ އެތައް ލައްކައެއް އަރާ ކޯޓުން ޙުކުމް ކުރީމާ ދެންދާން ޖެހޭނީ ރަށަށް..

    7
    2
  30. ހިޔާގެ މީހެއް

    ބިންހިއްކާ ކޮންމެ ރަށެއްގެ ބިންހިއްކަނީ ރައްޔަތުންގެ ފައިސާއިން. ޢެއީ ވަކި އެރަށެއްގެ ރައްޔިތުންގެ ފައިސާއެއް ނޫން. ދާްންވީނު އެ ބިންތައް ވެސް ހޯދަން. ކަންކަން ކުރާ ގޮތާ އުސޫލުތަކާ ނޭނގޭ މީހުން ތިކަހަލަ ވާހަކަ ދައްކާނެ. ޓަވަރުތަކަށް ވަނީ އެއްބަސްވުމެއްގަ ސޮއިކޮށްފަ. ކުލި ނުދައްކާނަމަ ބޭރުކުރީމަ ނިމުނީނު

  31. ސލ

    މިހާރުން މިހާރަށް ފުލެޓްތަކުގެ ކުލި ދެއްކުން ހުއްޓާލަން
    ޖެހެއެވެ ސަރުކާރުގެ ނިންމުން ތަކަކީ އެއްވެސް ހަރުދަނާ
    ކަމެއްހުރި ނިންމުންތަކެއް ނޫނެވެ އެއްބަޔަކަށް ހިލޭ ގޯތި
    ދޭއިރު އަނެއްބަޔަކު މުޅި އުމުރު ސަރުކާރަށް ކުލި ދައްކަން
    ޖެހުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ.

    4
    4
  32. 1234

    ހަސަދަ ވެރި ވިޔަސް ބޮޑުވަރު... މި މީހުން އަށް ހެޔޮ ވިސްނުން ދެއްވާށި... އާމީން.

  33. ނަރުގިސް

    މާލެ މީހުންނަށް ވެސް ހައްގުވާނެ ހިލޭގޯތި، ރަށް ރަށުގައި ވެސް ބިންދެނީ ނޫންތޯް/ ހިޔާފުލެޓް ގެ އަގު 500 އަށް ވެސް މެއިންޓަނަންސާއި އެކު ތިރި ކުރެވޭނެ. އެ ކަމަކު ފުލެޓް އަޅާފައި ދުނިޔޭގެ ކޮން ތަނެއްގެ ހިލޭ ދެނީ. ކޮނމެ މީހަކުވެސް ރަށުގައި ލިބިފައިވާ ބިމުގައި ހިލޭ އުޅެވޭނެ. މާލެގައި ނޫޅެވެނަމަ ރަށަށް ދާނީ

  34. ށަރްބި

    ރަނގަޅު ކުލިދައްކާކަށް ނުޖެހޭނެ ހިލޭ ބިން ދީފަ ލޯނު ދީފަ ގެސްޓުހައުސް ހިންގަންވީ މާލޭ އާލާތުން އެކަނި

  35. ކޮންތާކު

    ހިޔާ ފުލެޓެއް ލިބިފަ އޮތީމަ ރަށުން ގޯތި ނުދިން ދެދަރިންނާ އަންބެއް ހުރީމަވެސް ސަރުތުހަމަ ނުވި. ރަށުގަ ބިމެއް ނެތް މާލޭން ބިމެއް ނެތް ކޮބާ މަގޭ ހައްގު

  36. މާލެ

    ހުޅުމާލެއަކީ މާލެ
    ވީމާ ހުޅުމާލޭން މާލޭމީހުންނަށް ހިލޭ ގޯތިދީފަ ބާކީ ބިންއޮތަސް ރާއްޖެތޭރޭ މީހުންނަށް މާލޭން ގޯތި ކުއްޔަށްވެސް ދޭކަށް ނުޖެހޭ

    2
    1
  37. ބޮޑުވަގު

    ހުޅުމާލެއަކީ މާލެ
    ވީމާ ހުޅުމާލޭން މާލޭމީހުންނަށް ހިލޭ ގޯތިދީފަ ބާކީ ބިންއޮތަސް ރާއްޖެތޭރޭ މީހުންނަށް ހުޅުމާލޭން ގޯތި ކުލިދައްކާގޮތަށްވެސް ދޭކަށް ނުޖެހޭ

  38. ހީވެސްނުވޭ

    ރާއްޖެތޭރޭ މީހުންނަށް ހިލޭ މާލޭން ގޯތި ނުލިބޭނެ މާލޭމީހުންނަށް ބޮޑު ކުލިދައްކާގޮތަށް ނޫނީ ރާއްޖެތެރޭ މީހުންނަށް މާލޭގައި އުޅެވިގެން ނުވާނެ
    ރާއްޖެތެރޭމީހުން ގޭގައޮތްނަމަ ރަގަޅުވީސް
    ކޮންމެހެން މާލެ އަންނާން ޖެހޭބާ ؟

  39. ނޭމާ

    މި އެންމެނާ ގުޅިފައިވާ މީހުންނަށް ރަށް ރަށުން ދީފައިވާ ފްލެޓާ ގޯއްޗާ ގެތައްވެސް ނަގަންވީ، ކޮންފަދަ ކަމެއް، ކޮންމެ މީހަކު ބޭނުންވަނީ ރަށުގައި ވެކޭޝަން ހޯމް/ގެސްޓް ހައުސް އެއްއަޅާލާފައި މުސްކުޅި މައިންބަފައިން އެތަންތަން ބަލަހައްޓަން ބައިތިއްބާފަ އައިސް ، ވޯޓް ވިއްކައިގެން މާލެއިން ފްލެޓް ހޯދައިގެން އާރބަން ފާސްޓް ލައިފް އިންޖޯއިކޮށްލަން. ދެންވީ ޗުއްޓީއަށް ދާއިރު މިގޭ ދޮރުމަތީގައި ސައިކަލުތައް ޕާރކްކޮއްފަ ދާން، ސައިކަލުތައްވެސް ހިފައިގެން ދޭބަލަ ތިދާއިރު، ޕުލީސް. މުޅިމާލެ ކުނި ގޮންޑަކަށް ހަދާފަ އަދި މާލެ މާލެ އެބަކިޔައެއްނު، ތީން އެކަކުވެސް މި ތަންދެކެ ލޯބިން ރައްކާތެރިކޮށް ބަލަހައްޓާކަށް ނޫޅޭ ހަމަ އަމިއްލަ ފައިދާއަށް.

    1
    1
  40. ރަޓުމީހާ

    ހަދައިގެން ކުއްޔަށް ދެންޏާ ވެސް ދޭންވީ، ރަށުގަ އޮންނަ ބިން ގެސްޓް ހައުސް ހަދަން ކުއްޔަށް ދޭން އޯކޭދޯ. ހުޅުމާލެ ހިއްކީ މާލެ މީހުނަށް ބިން ދޭން. މާލޭގެ ބައެއް ގޮތައް، ލިޔެކިޔުމުން އިނގެން އޮންނާނެ. މާލެ މީހުނަށް ދީފަ އޭގެ ފަހުން އެހެން މީހުން އަންނާނީ، މީ ހުރިހާ ރަށެއްގައި ވެސް އޮންނަ ގޮތް. މިހާރު އެތަން އަގުބޮޑޭ ތިކިޔަނީ އެއީ ސަރުކާރަށް ފޫނުބެއްދޭނެ ކަމެއް ނޫން. އަދި ބިން ނުދީ ފްލެޓުއެޅިޔަސް މާލެ މީހުނަށް ދީފަ އެހެން މީހުންނަށް ދޭން ޖެހޭނީ. އެހެން ރަށެއްގައި ނުދެކެން ރަށު ރައްޔިތުން ތިއްބާ އެހެން ރަށްރަށު މީހުންނަށް ފްލެޓު ލިބޭ ތަނެއް.

    2
    1
  41. ނޭމާ

    ލޮލް

  42. ހަލަމްގަން

    ތީ ދޭތެރެޖައްސާ ނަފްރަތާ ފަސާދަކުރާ ޖަމިއްޔާއެއް ތިޖަމިއްޔާއިން އެދިގެން ސަރުކާރުން ލައްކަ ކަންކަން ކޮށްދީފި އެކަމަކު ތިޖަމިއްޔާއިން އެކަމެއް ނުދަނޭ ހަމަބަލަނީ ފަސާދަކުރެވޭތޯ ދޭތެރެ ޖެއްސޭތޯ

  43. ހޮޅުއަށި

    ބަލަގަ އަތޮޅުތެރޭ ރަށްރަށުންވެސް ގޯތި ދެނީ ހިލޭ އޭ، އެކަމަކު ހަމަ ފްލެޓް ލިބުނުމީހުން ކުލި ދައްކައޭ، ގޯތިދިނުމުގައި މާލެއެކޭ ރާއްޖެތެރެއެކޭ ތަފާތުވާކަށް ނުޖެހެއެއްނުން، ރާއްޖެތެރޭގައިވެސް ބިންހިއްކައިގެން ގޯތިދޭ ރަށްރަށްވެސް އެބަހުރި، ކީއްވޭބާ އެބިންތައްވެސް ވިއްކަން ތިފަރާތުން ގޮވަމުން ނުދަނީ، މާލޭ ބިންހިއްކަން ކުރާ ޚަރަދަށްްވުރެ ރާއްޖޭތެރޭގެ ބިންހިއްކަން ހިނގާ ޚަރަދު ހަމަގައިމުވެސް ބޮޑުތަނުން ބޮޑުވާނެ، ރާއްޖެތެރެއިން ހިލޭބިން ދެވެއްޏާ މާލެއިންވެސް ބިން ހިލޭ ދެވެންވާނެ، ދެންއޮތީ ފްލެޓަކީ ބަޔަކު އިމާރާތްކޮށްފަވާ އިމާރާތެއް ހަމަ ގޮސް އެތަނަށް ވައްނަންވީ، އެކަމަކު މާލެއިން ތިބިންލިބޭމީހުން އަދި ކިތައްމިލިއަން ޚަރަދު ކޮށްގެންތޯ އެބިމުގައި ބޯހިޔާވަހިކަމެއް ހެދޭނީ ، ކޮއްމެ ކަމެއް ސިޔާސީކުރުމުގެ ބަދަލުގައި ސިޔާސީ ކަންކަމުން އެއްކިބާވެ އިންސާފަށް ލޯބިކުރަމާ

  44. ފަޓާސް

    ކުރެވޭކަމެއް ނުކުރއވޭކަމެއް ހެދޭ އެއްޗެއް ނުހެދޭ އއއްޗެއް ނޭނގުނު ވެރިބަޔަކު ތިބި ސަރުކާރެއް މިނޫނީ ދުނިޔެއަކު ނޯންނާނެ. ހައްތާވެސް ފެންނަނީ ކުރިން ކުރިކަންކަން ބޭކާރުވާތަން. އޮޅުމަކުން. އޮޅުމަކުން. ޚުރިންބުނިއެތި ކެންސަލް. މިހާރު ރަނގަޅުކުރަނީ. ދެންވެސް ރަނގަޅުކުރަނީ. އެންމެ ރީތި އެއް މިސަަލަކީ ސުކޫލް ބަންދަށް ގެނައިބަދަލު. ރާއްޖޭވެ ޖިއޮގްރަފީފެސް އެނގިފައި ނެތްކަން.

  45. ފަޓާސް

    ދެން ކުރަންވީ ކަންތައް ބުނެދީފިއްޔާ ކުރާނަންތަ؟؟ ބުނެދެނީމި. ތިޔަ ފްލެޓްތައް، ދުނިޔޭގެ އެހެން ބިންވެރިންވެސް ހަދާގޮތަށް މިލްކުވާތަންތަނަށް ނުހަދާ ކުލި ކުޑަކޮށްފައި ކުންފުނީގެ މިލްކު ކަމުގައި ހަދާބަލަ. މަތީގައި ހުރިބައި ހަލާކުވީމާ މޮޅުބިއްލޫރިން ހަވާގެތެރޭގައި މިލްކުކުރި ފުލެޓް ދައްކަން ވީކީއެއްނޫން.

  46. ޟޫނިމް

    ހިޔާ ފްލެޓުތައް ގިނައިން ލިބިފަ ހުރީ ރަށްރަށު މީހުނަށް. ރަށުގަ މައިންބަފައިންގެ ބޮޑެތި ގޯތި އޮޥޭ. ސަރުކާރުން ހިއްކި ބިމުން ވެސް ކޮންމެ ކުއްޖަކަށް ގޯތި. ރަށުގަ ބޮޑެތި ކަންނެލި ދޯނި. މާލެ މީހުން ނުދޭ އެކަމާ ހަސަދަވެގެން މައްސަލަ ޖައްސާކަށް. މާލެ މީހުނަށްވެސް ހިލޭ ގޯތި ލިބެންޖެހޭ. މިއީ އެތައް ސަރުކާރަކަށްފަހު މާލެ މީހުން ތިބިކަން ވިސްނުނު ސަރުކާރަކީ. ތާރީހުގަވެސް ލިޔަންޖެހޭ.

    1
    1
  47. ސަންތި

    މާލޭ ރައްޔިތުންނަށް ފުލެޓުނުދީ ކަލޭމެންނަށް ފުލެޓު ދިންއިރު ހަމަ އޯކޭދޯ؟ ބަލަ ކަލޭމެންގެ ރަށުންވެސް ކަލޭމެނަށް 5000 އަށްވުރެ ބޮނޑު ގޯތި ޖިލޭ ދީފަހުރީ ހަމަ ރަށްރަށުން ބިން ހިއްކައިގެން ހިލޭ ދީނީ އެ އޯކޭދޯ. ކަލޭމެނަށް އެބިންތަކަށް ފައިސާ ދައްކަން ޖެހުނުތަ؟ ހަމަ ހިޔާ ފުލެޓަށް ކުލި ދައްކަންޖެހޭނީ ދެފުލެޓު އެއްކުރި މީހުނަށް ޖެހުނީ ކޮންހެއް ވަކިކުރަންނު ޖެހިނީ

    4
    3
    • ޯނީ

      ކޮބާ! ހޭ އަރަތްޕެއްނު.

  48. ނަސީ

    ކުޅި ނނުދައްކާ ތިބިބަޔަކު ތިބިއްޔާ ވަގުތުން ބޭރުކުރޭ ކުލިދައްކައިގެން އުޅެން ބޭނުން ވާއެތައް ބަައެއް އެބަތިބީ ، މަމީމާލޭ މީހެއް އެކަމަކުބެހިއިރުވެސް ނުލިބޭ ، މަ ރާއްޖެތެރެއިން ގޯއްޗަކައް ލީމަވެސް ނުހޮވުނު ދެން މަކީއްކުރާނީ

  49. ރައްޔިތުމީހާ

    ރާއްޖޭގެ އެހެން ރަށްރަށުން ހިލޭ ގޯތިދިނުމާ ހުޅުމާލެއިން ހިލޭ ބިންދިނުމާާ ވަރަށް ތަފާތު. އެހެން ރަށްރަށުގެ ބިން އުފެއްދުމަށްކުރާ ޚަރަދެއް ނޯންނާނެ. ހުޅުމާލެ ބިން އުފެއްދީ ރައްޔިތުންގެ ފައިސާއިން ބޮޑު ޚަރަދެއް ކޮށްގެން. އެއްބަޔަކަށް ހުޅުމާލެއިން ބޮޑު އަގުގަ ބިން ވިއްކާފަ އަނެއްބަޔަކަށް ހިލޭ ބިންދިނުން ކަމަކުނުދޭ

  50. އިބްރާހިމް

    5އ ވެރިކަންކޮށްފައި ދޫކޮށްލާއިރު މުޅި ދައުލަތް ބަނގުރޫޓް ކޮއްލަނީ.