ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތައް، ކުރީގެ ބިން ދޫކޮށްލަން ފަސް އަހަރުގެ މުއްދަތެއް ސަރުކާރުން ދީފިއެވެ.

ބިންވެރިޔާ ސްކޫލްގެ ދަށުން 9001 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހުޅުމާލޭން 1351 ގޯތި، ގުޅިފަޅުން 2219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ގޯތި ހިމެނެއެވެ.

މި ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ދީފައި ވަނީ ގުރުއަތުލައިގެން ލިބުނު ތަނަކުންނެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވައްސާއި، ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކައިގެން ގޯތި ދިނުމަށް ނިންމާފައެވެ. މީގެ ތެރެއިން ހުުޅުމާލެ އިން ގޯތި ލިބޭ މީހުންނަށް ގޯތި ކަނޑައިދީ، ރަޖިސްޓްރީވެސް ދޫކުރަން ވަނީ ފަށައިފައެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގޯތި ލިބޭ ފަރާތަކީ ބަންޑާރަ ގޯއްޗެއް އޮތް ފަރާތެއްނަމަ އެ ގޯތި ދޫކޮށްލުމަށް ކުރިން އޮތް މުއްދަތަށް ސަރުކާރުން ބަދަލު ގެނެސްފައިވާ ކަމަށެވެ.

މިގޮތުން މިހާރު ހަމަޖައްސަވާފައިވަނީ ސޮއިކުރާ ތާރީހުން ފެށިގެން ފަސް އަހަރު ތެރޭގައި ކުރިން ލިބިފައިވާ ގޯތި ދޫކޮށްލުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، އެއްބަސް ވުމަށް ބަދަލު ގެނެސް އައު އެއްބަސްވުން ޕޯޓަލް މެދުވެރިކޮށް ގޯތި ލިބުނު ފަރާތް ތަކަށް ފެނިގެން ދާނެ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    މިއެމްޑީޕީ ސަރުކާރުން ނަޝީދުގެ ދުވަސްވަރުގައި މާލެއިން ކުޑަބިން ކޮޅު ދޫކޮށްލައިގެން ހުޅުމާލެއިން ބޮޑުބިން ދޫކުރި މީހުންވެސް ބިން ކޮޅު ދޫކޮށެއް ނުލާ މުޅިން އޮޅުވާލީ އެބިން ތަކަށް ވީގޮތެެއްވެސް އަދިއަދަށްވެސް ނޭގޭ، ދައުލަތަށް ލިބެން ޖެހޭ އެތަކެއް ބިމެއް ވީނުވީއެއް ނޭގި ގެއްލިފައިވަނީ !

    30
    3
  2. ކޮރަލް

    ގިރާވަރުން ލިބޭ މީޙުންނަށް 5 އަހަރު ދޭން ރަނގަޅެވެ. އެކަމު ހުޅުމާލެ އިން ލިބޭ މީޙުްނަށް 5 އަހަރު ދޭނެ ކަމެއް ނެތެވެ.

    21
    3
  3. ޑައެލޯގް

    ދައުރު ނިމުމުގެ ކުރިން އިބޫމެންގެ މީހުނަށް ޔާމީނު ހިއްކިބިމުން ގޯތިދޭންވެގެން ޖެހިމަޅިއެކެވެ. އެންމެނަށް ގޯތިދިނީއެވެ. ގުރުއަތުން ވައްކަންކޮށް ކޮންމެވެސް ވަރަކަށް ހުޅުމާލެއިން އާއްމުންނަށްވެސް ގޯތިދީފައިވެއެވެ. އެކަމަކު އަސްލުގައި ހުޅުމާލެގޯތިތައްވަނީ ވަލުދޮރާށިން އިބޫގެމީހުނަށް ދީފައެވެ.

    22
    1
  4. ޜައްޔިތުމީހާ

    ކޮންމެކަމެއްގަ މަކަރާ އޮޅުވާލުން މީހައްދުފަހަނައަޅާފައޮތް ސަރުކާރެއް

    21
    2
  5. މަހާ

    ބިމެއް އޮތިއްޔާ އަލުން ބިމެއް ދޭންޖެހޭ ސަބަބެއް ނެތް،

    12
    3
  6. ޙެހެހ

    މިޤައމުގައި އުޅެންވީ ވަކިބައެއްތަ ، 5 އަހަރުވަންދެން ކުއްޔަށްދޭންވީދެން ، ޔަްޤީން އެމްޑީޕީ ބަޔަކަށް ބަހާލީ ، ނަޝީދުވެސް ހަމަ ތިހެން ބަޔަކަށް ބަހާލި ފޭސް 1 އިން

    17
    3
  7. ބިންވަގު

    އަކްރަމް ކަމާލުއްދީނެވެ. ހަދާނެ އެއްޗެއް ހަދަން ދެން އޮތީ 10 ދުވަސް. އެއް ސްކީމެއްގެ ދަށުން ގޯތިލިބޭ އެންމެންގެ މެދުގައި މިހާ ބޮޑު ފަރަގާއި ތަފާތުކުރުން ނުގެންގުޅެވޭނެކަން ހަނދާން ކޮށްލަދެމެވެ. މާލެއިން ތި ދޫކޮށްލަން ބުނާ ބިންކޮޅުގެ އަގާ ހުޅުމާލެ ބިމުގެ އަގާ ގިރާވަރު ފަޅު ބިމަކަށް ވެގެން އަދި ވާނެ އަގު އުޑާ ބިމާހާ ތަފާތެވެ. އެއް ނާޅިއަކުން މި ތަންތަން މިނެ ނުކިރޭނެއެވެ. މިކަންކަމުން ދޭހަވަނީ ހަމަ އެންމެ ކަމެކެވެ. ޕްލޭނިންގ މިނިސްޓްރީއޭ ތިކިޔާ ތަނުގައި މިކަންކަން ކުރާނެ އެއްވެސް ޕްލޭނެއް ނެތްކަމެވެ.

    18
    1
  8. ސަލާން

    ކުޑަ ކުޑަ ބިންކޮޅެއް އޮތޭ ކިޔާފަ ކީއްކުރަން އެތަންކޮޅު ތި އަތުލަނީ. މިކަހަލަ ގޮތެއް ނޫނީ ނަހަދާނެކަން އިނގޭ ކުރިންވެސް

    11
    5
  9. ނަޖާ

    ވާރުތައިން ބިންކޮޅެއް ލިބެން އިނިއްޔާ އެތަންކޮޅެއް ދޫކޮއްލަން ޖެހެނީ މާލޭ މީހުންނަށް އެކަނިތަ؟؟؟

    13
    2
  10. ކިހާފައްކާ

    ބިން އޮވެމެ ތަ މި ގޯތި ދެނީ

    9
    5
  11. މަރީ

    މީގެ މާނައަކީ ގިރާވުރުގެ ބިންތައް ބޭނުން ކުރެވޭ ވަރު 5 އަހަރު ކުރިން ނުވާނެކަން.

  12. ސޮފޫރާ

    ޢަހަރުމެންގެ ފަސްގަނޑުން ކ.މާލެއިން ނޫނީ ދުރުވެގެން ހުމާލެއިން ބިން ލިބުންނަމަ އަޅުގަނޑުގެ 10 ފޫޓް 10ފޫޓް ގެ ކޮޓަރިގަނޑު ދޫކޮށްލަން އަޅުގަނޑުގެ އެއްވެސް ޝަކުވާއެއްނެތް

  13. އަމާ

    ބިމަކައް ބިމެއް، ތީހާދަ ހެއްވާ ކަމެކޭ. އެއްވެސް އިރެއްގަ ވެރިޔަކު ގޯތިި ދިންގޮތެއް ނުން ތިޔަކީ.

  14. ދިވެހި ރައްޔިތެއް

    ވަރަށް ނާއިންސާފު ނިންމުމެއް. ހުޅުމާލެ ފޭސް 2 އިން ބިންލިބުނު ފަރާތްތަކަށް 1 ނޫނީ 2 އަހަރު ދޭން ފެނޭ.
    ގިރާވަރު ފަޅާއި ގުޅީ ފަޅުގައި މީހުން އާރާސްތުވާނީ 10 ވަރަކަ އަހަރުގައި ކަމުން އެފަރާތްތަކަށް 10 އަހަރު ދިނުމަކީ އެންމެނރަނގާލު ކަމެއް ކަމުގައި ދެކެން