ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކަށް ބިން ކަނޑައިދީ ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް މިއަދު ހަވީރު ފަށައިފިއެވެ.

ބިންވެރިޔާ ސްކޫލްގެ ދަށުން 9001 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހުޅުމާލޭން 1351 ގޯތި، ގުޅިފަޅުން 2219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ގޯތި ހިމެނެއެވެ.

މި ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ދީފައި ވަނީ ގުރުއަތުލައިގެން ލިބުނު ތަނަކުންނެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވައްސާއި، ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކައިގެން ގޯތި ދިނުމަށް ނިންމާފައިވާއިރު، މިއަދު ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައި ވަނީ ގޯތި ލިބުނު މީހުންނަށް ރެޖިސްޓްރީ ހަވާލު ކުރަން ފަށައިފައެވެ.

އަދި ހުޅުމާލެ އިން ގޯތި ލިބުނު މީހުންނަށް ގޯތި ކެނޑުމުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ. މިގޮތުން މިއަދު އެންމެ ފުރަތަމަ ގޯތި ދީފައި ވަނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓްތަކުގެ ބިތްދޮށުގައި އޮންނަ ހުސް ބިމުންނެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ރަޖިސްޓްރީ ދެނީ ބިން ކަނޑައިދީފައި ކަމަށެވެ.

"މިގޮތުން މިއަދު މި ފެށުނީ މަސައްކަތް ކޮންމެ ދުވަހަކުވެސް ބިން ކަނޑަމުން ދާނީ، ގުޅީފަޅުންވެސް ގިރާވަރުންވެސް ކެނޑެމުންދާނެ، އަޅުގަނޑުމެން ދާނީ ބިން ކަނޑާފައި ގޯތި ހަވާލު ކުރާނީ، ރަޖިސްޓްރީވެސް ދޭނީ.".

އަކްރަމް ވިދާޅުވީ، މި ރަޖިސްޓްރީއަކީ ގާނޫނީގޮތުންވެސް ސައްހަ ރަޖިސްޓްރިއެއް ކަަމަށާއި ގާނޫނީގޮތުންވެސް ސައްހަ ރަޖިސްޓްރީއެއް ކަމަށެވެ.

"އަޅުގަނޑުމެން ރަޖިސްޓްރީކޮށްދެމުން މި ދަނީ، އެގްރީމެންޓް އާއި އެއާ ނޮޓެރައިޒް ކުރައްވަނީ ގާނޫނީ ވަކީލުން، އެހެންވީމަ މިއީ އެއްވެސް އޮޅުމެއް އޮތް ކަމެއް ނޫން.". އަކްރަމް ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓްރީން މިއަދު ވިދާޅުވިގޮތުގައި، ގޯއްޗާ ޙަވާލުވުމަށާއި ގޯއްތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތި ލިބޭ ފޯމުގައި ހިމެނޭ ގޯތި ލިބޭ ފަރާތްތަކުން ހާޒިރުވާނެ ދުވަހާއި ގަޑި އެ މިނިސްޓްރީގެ ފަރާތުން އަންގަމުން ގެންދާނެއެެވެ.

އަދި ގޯތި ލިބޭ ފޯމުގައި ހިމެނޭ ގޯތި ލިބޭ ފަރާތަކުން ގޯއްޗާ ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަދަލުގައި އެހެން ފަރާތެއް އައްޔަނުކުރާނަމަ "ގެދޮރުވެރިން ޕޯޓަލް" ގައި އެޓޭޗްކޮށްފައިވާ ޕަވަރ އޮފް އެޓާނީ ފުރިހަމަ ކުރުމަށްފަހު ނޮޓޮރައިޒްކޮށް، ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ ފަރާތާއި ޙަވާލުކުރަން ވާނެ ކަަމަށް ވިދާޅުވިއެވެ.

މިއާއެކު ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން އަންނަ ފަރާތްތަކުން ގޯތި ލިބޭ ފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ، އަދި ބަދަލުގައި ސޮއި ކުރަން އަންނަ ފަރާތެއްނަމަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަނުކޮށްފައިވާ ޕަވަރ އޮފް އެޓާނީގެ އަސްލާއި، އައި.ޑީ ކާޑުގެ ކޮޕީ ގެންދަން ޖެހޭނެއެވެ.

ސަރުކާރުން މި މަސައްކަތް ފަށާފައި ވަނީ ކައުންސިލްގެ ބަދަލުގައި ގޯތީގެ ރަޖިސްޓްރީ މިނިސްޓްރީއަށް ދެޥޭ ގޮތަށް ގަވައިދު އިސްލާހުވެސް ކޮށްގެންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އހ

    ތަރައްގީ އޯކޭ ގޯތި އޯކޭ.
    އޯކޭ ނޫނީ ލާދީނީއާ އަޅުވެތިވުން އަދި ރިޝްވަތު

    38
    3
  2. ހަގީގަތް

    އަޅުގަނޑަކީ ހުޅުމާލޭން ފޭސް 2 ގޯތި ލިބުނު މީހެއް ހަމަ ގައުމުވެސް އިބޫ އަކަށް ވޯޓެއް ނުދޭނަން

    58
    6
  3. މޕ

    އަހަރެންނަށް ލިބުނު ހުޅުމާލޭން ގޯތި އެކަމްކު ފެނަކައިންނާއި ސްޓެލްކޯއިން ރިޝްވަތާއި އަދި ރިޝްވަތުގެ ގޮތުގަ ދޭ ވަޒީފާ ފެނިފަ ހުރީމަ އިބޫ އަށް ވޯޓެއް ނުދެވޭނެ

    45
    3
  4. އައްޔަ

    ހިކިފަސްތާކަށް އޮތީ އެއްކަލަ ޔާމީނު ހިއްކާދިން ތަންކޮޅު ދޯ! ދެން ބާކީ ގޯތިތައް ކަނޑާދެނީ ކަނޑުން!

    40
    1
  5. ނޫމަސް

    ކާކު ހިއްކައިދިން ބޮޑު ބިމެއް؟ ލަދު ކޮބާ

    36
    1
    • ބަސަން

      އޭނަ ލާރިންތަ ހިއްކީ؟

      6
      15
      • ވަސަން

        ރައްޔިތުންގެ ލާރިން ވެސް ކަމއެްްކޮއްނުދެވިގެން އުޅެނީ ކާކަށްތަ؟ އޭނ

        18
        1
  6. ކޮކާ

    ކޮން ރައީސެއް ހިއްކައިދިން ބިމެއް؟

    38
    3
  7. ޙެހެހ

    ބޮޑުވެގެންވާ ޖަރީމާއެއް ، ވުޖޫދުގައި ނެތް ބިންތަކެއް ހިމަނައިގެން ގުރުއަތުލުމަކީ ބޮޑުވެގެންވާ އޮޅުވާލުމެއް ، ކޮބާ ސްޕްރީމްކޯޓް މިކަން އިންސާފްކޮށްދި

    30
  8. ޙައްވަ

    ފޭސް ދޭއް ހިއްކީޔާމީނުގެ ޖީބުންހަރަދުކޮއްގެނެއްނޫން ރައްޔިތުންގެ ޓެކުސްފައިސާއިން

    5
    28
  9. ޅިޔަނުބެ

    ފްލެޓް ނުދެނީހޭ،. ބަލަ މާލޭ މީހުންނަށް ގޯތިދިނަސް ފްލެޓް ކަންތައް ހުއްޓިގެން ނުވާނެ. އެކުއެކީގަ ކުރަންވާނީ . ދެކަން އެއްފަހަރާ ނުކުރެވޭ ބަޔަކަށް ވޯޓެއް ނުލިބޭނެ. ވޯޓުގެ ކުރިން ފްލެޓް ނުދީފިއްޔާ ފްލެޓްވެރިން ނުދޭނެ ވޯޓެއް ލިސްޓްގަ ނަން އޮތަކަސް

    29
  10. ކާސިންބެ

    ހުސް ޖަރީމާ
    މީގެކުރިން ވެސް ގޯތި ދޫކުރަނީ އިންވެގެން ހުންނަ މަގުތައް ހަދައިގެން
    އެގޮތައް ދޫކުރާނަމަ އޯކޭ
    އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓެއް އޮވޭ މިސަރުކާރުން ހަމައެކަނި ޔާމީނުގެ ފަހަތުން ދުވުން މިސަރުކާރު ކުރާކަމަކީ

    21
  11. ކިޔުންތެރިއެއް

    ޗޯރޭއަށް ވޯޓެއް ނުދޭނަން. މީ ބޮޑު އޮޅުވާލުމެއްގެ ތެރޭ ކޮށްފައޮތްކަމެށް.

    23
    1
  12. ޑައެލޯގް

    ފޭސް 2 ހިއްކީ ޔާމީން ޖީބުންނޫންކަން އެގެއެވެ. ޢެހެންވެއްޖިއްޔާ ގޯތިދެނީވެސް އިބޫގެ ޖީބަކުންނޫން ކަލޭމެނަށް ނޭގެނީއެވެ

    21
    1
  13. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާ ދުރައްދޭ

    މިދިވެހިރާއްޖޭގައި އެމްޑީޕީ މަރައްދަމުން ނަސްލީއިމްތިއާޒް ފަތުރައިފި ކޮމެއްބަޔަކަށްވިއަސް ގާނޫނުގައި ރައްޔަތުންނައް ދޭއަސާސީ ހައްގުތައް އެއްވެސް ތަފާތުކުރުމެއްނެތި ފޯރުކޮށްދޭންޖެހޭ މުޅިރާއްޖޭގެ ހުރިހާސަރަހައްދަކުން ފުލެޓުލިބުނު ފަރާތްތަކަށްވެސް ހިލޭއެތަންތަށްދިނުމަށް ގޮވާލަން ވަގުތުން ވަގުތައް ހަމަޖައްސަން އެހެންނޫނީ ރާއްޖޭގެހުރިހާ އަތޮޅެއްގެރައްތަކުން ލިބޭހުރިހާއިންކަމު އެއަތޮލަކަށް ނެގުމަށް ބޮޑުތިލަދުންމަތިން އިހަވަންދިއްޕޮޅު ބޭރުބަޔަކައް ޓުރާންސީޓުބަދަރުހެދުމަދީފަ އެތަނުންލިބޭ ހުރިހާ ޑޮލަރެއް އަތޮޅުތެރެއްތަރަގީކުރަން ހަމަޖައްސާ އަވަސްކުރުމައްވެސް ގޮވާލަން މިސަރުކާރައް އަތޮޅުތެރޭ އެއްވެސް ރައްޔަތަކު ވޯޓުނުދިނުމަށްވެސް ގޮވާލަން

    3
    1
  14. ނަންނި

    ރައްރަށުމީވުނައް ގޯތިދެނީ ބިން އަތުލާފަކާ ނޫން އެކަމް މާލޭ މީވުނައް ގޯތިދެނީ އެބިންކޮޅު އަތުލާފަ ކޮބާ އިންސާފު .

    7
    1
  15. އަލިބެ

    ހުޅުމާލޭން ގޯތި ލިބުނީ ރައީސް ޔާމީން އެބިން ހިއްކާފާ އޮތުުމުންދޯ.

    6
    3
  16. ފާތުމަތު މާލެ

    ރައްރަށުމީވުނައް ގޯތިދެނީ ބިން އަތުލާފަކާ ނޫން އެކަމް މާލޭ މީވުނައް ގޯތިދެނީ އެބިންކޮޅު އަތުލާފަ ކޮބާ އިންސާފު

  17. Anonymous

    ރައްރަށުމީވުނައް ގޯތިދެނީ ބިން އަތުލާފަކާ ނޫން އެކަމް މާލޭ މީވުނައް ގޯތިދެނީ އެބިންކޮޅު އަތުލާފަ ކޮބާ އިންސާފު . މާ]ލޭން ކާބައިންގެ ތަންކޮޅު ދޫކޮށްލުންމީ ބުއްދި ހަމަޖެހޭ ވާހައެއް ނޫން ދޯ އިންސާފެއް ނެއް

  18. ޢަލީ

    މަށަކީ ގިރާވަރު ފަޅުވެރިއެއް. އެއްވެސް އުއްމީދެއްނެތް އެތަނުން ހިކިފަސްކޮޅެއްލިބި ކަރަންޓާއި ފެނާއި އަސާސީ ޚިދުމަތް ކުރިޔަށްއޮތް 10 އަހަރުގައިވެސް ލިބޭނެ ކަމަށް. ހުޅުމާލޭން ގޯތި ކަނޑައި ހުރިހާ ވަސީލަތެއް ހުރި ތާކުން ބިމާއި ރަޖިސްޓްރީ ދޭއިރު ގިރާވަރު ފަޅުވެރިޔަކަށް އަޅުގަނޑު ވުމަކީ ނުވަތަ އެތަނުގައި ވަންވެރި ވެވޭނެ އެއްވެސް ދުވަހެއްނޭނގި ހުރުމަކީ އަޅުގަނޑުގެ ބަދުނަސީބު ކަންތޯ ނުވަތަ ސަރުކާރުން ކަންކަން ކުރާ ދޯހަޅިކަމުން ދިމާވި ކަމެއްތޯ ބުނެދީބަލަ. މީވެސް އިންސާފުތޯ؟ ވޯޓާމެދު ދެވަނަ ވިސްނުމަކަށް ދާނެމިހެންވީމާ.