އިންޑިއާގެ ނުފޫޒުން ރާއްޖެ ސަލާމަތް ކުރުމަށް ދަ ކޮމަނާސް އިން އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އެންޑޯސް ކޮށްފިއެވެ.

ދަ ކޮމަނާސް އަކީ ގެދޮރުގެ މައްސަލައިގައި އަޑު އުފުލުމުގައި އެންމެ ހަރަކާތްތެރި އެއްޖަމިއްޔާ އެވެ. އެޖަމިއްޔާ މަޝްހޫރުވެފައި ވަނީ ކޮތަރުކޮށި ޖަމިއްޔާގެ ނަމުންނެވެ. ޖަމިއްޔާގެ މެންބަރުންގެ އަދަދު ހަހާހަށްވުރެ ގިނައެވެ.

ދަ ކޮމަނާސް އިން ނެރުނު ބަޔާނެއްގައި ބުނީ އާންމުންނާއި ގުޅުން ހުރި ކަންތައްތައް، ހާއްސަކޮށް ބޯހިޔާވަހިކަމާއި ގުލޭ ސިޔާސަތުތަކާއި ބެހޭ ގޮތުން އެޖަމިއްޔާގެ ފަރާތުން ގިނަ ކެނޑިޑޭޓުންނާއި ވާހަކަ ދަައްކާ ވަނީ މަޝްވަރާ ކޮށްފައި ކަމަށެވެ.

ރާއްޖޭގައި ޒަމާނުއްސުރެ އޮތް ބަންޑާރަ ބިން ހިލޭ ބެހުމުގެ ސަގާފަތަކީ ހުރިހާ ރަށެއްގައިވެސް ކުރުން ހުއްޓާލަން ޖެހޭ ބޯދާ، އަދި އޭގެ ފައިދާއަށް ވުރެ ގެއްލުން ބޮޑު ސިޔާސަތެއް ކަން އެއީ ފުރަތަމަ ދުވަހުން ފެށިގެން ޖަމިއްޔާ އިން ގަބޫލު ކުރާ އަދި ވަކާލާތު ކުރަމުންދާ ސިޔާސަތެއް ކަމަށް ދަ ކޮމަނާސް އިން ބުނެއެވެ.

އަދި މީގެ އިތުރުންވެސް ބޯހިޔާވަހިކަމުގެ ދާއިރާއަށް ގެންނަން ޖެހޭ އަދި ތައާރަފު ކުރަން ޖެހޭ ވަރަށް ގިނަ އެހެން ސިޔާސަތުތަކާއި ގުޅޭ ގޮތުން ވެސް ޖަމިއްޔާ އިން ދަނީ ސިޔާސީ ޕާޓީތަކާއި ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރަމުން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ދަ ކޮމަނާސް އިން ބޭއްވި ބައްދަލުވުން - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން މުހައްމަދު
ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ދަ ކޮމަނާސް އިން ބޭއްވި ބައްދަލުވުން - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން މުހައްމަދު

އެކަންކަމަށް ބަލާލާއިރު ގޯތި ބެހުމުގެ ސިޔާސަތު ނުވަތަ ސަގާފަތް ހުއްޓާލަން ވައުދުވާ ސިޔާސީ ކެނޑިޑޭޓެއް ނެތްކަމަށާއި ވީމާ އެކަމާއި ގުޅިގެން އާންމުންގެ ޖަމިއްޔާގެ ބޯޑު، އެޑްވައިސަރީ ބޯޑު އަދި ކޮންގްރެސްގައި ވަނީ މަޝްވަރާކޮށް ވޯޓު ނަގާފައި ކަމަށް ދަ ކޮމަނާސް އިން ބުނެއެވެ. ކުރެވުނު މަޝްވަރާތަކަށް ފަހު ނެގުނު ވޯޓުގެ ތާއިދާއިއެކު އާންމުންގެ ޖަމިއްޔާއިން ފާސްކުރެވުނީ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަކުގައި އެއްބަސް ނުވެވޭ ބައެއް ނުކުތާތައް ހުރިކަމުގައިވިޔަސް ގައުމީ މަސްލަހަތު އިސްކުރުމަށް ކަމަށް އެޖަމިއްޔާ އިން ބުނެއެވެ.

މިގޮތުން ބަލާލާއިރު ގައުމެއްގެ ގޮތުގައި ރާއްޖެއަަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފާއިތުވި ފަސް އަހަރު ބޭރުގެ ގައުމަކާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގަމުން ގެންދާ ސިއްރުވެރި ގުޅުމާއި އެއާއި ގުޅުން ހުރި ކަންކަން ކަމަށް ކޮމަނާސް އިން ބުންޏެވެ.

"އަސްކަރީ އެެތައް އެއްބަސްވުންތަކެއް އަވައްޓެރި އިންޑިއާއާއެކު ހަދާ އެ އެއްބަސްވުންތައް ސިއްރުކޮށް އާންމުން ވާނުވާގައި ތިބިއިރު، ލޮލަށް ފެންނަމުންދާ މަންޒަރަކީ އެގައުމުގެ ސިފައިންނާއި އެގައުމުގެ ނުފޫޒު ސަރުކާރުގެ ހުރިހާ ގުނަވަންތަކަކަށް ކުރަމުން ގެންދާ މަންޒަރެވެ. ބޯހިޔާވަހިކަމުގެ ދާއިރާއަށް ބަލާލި ކަމުގައި ވިޔަސް ފަސް އަހަރު ފާއިތުވެގެން ދިޔައިރު އެންމެ ފްލެޓެއްވެސް ހުޅުމާލެ ސަރަހައްދުގައި އަޅާ ނިންމާނުލެވުނު އެއް ސަބަބަކީ އިންޑިއާގެ ކުންފުންޏަކާއި އެކު ނޫން ގޮތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ހިންގުމުގެ މިނިވަންކަން ދިވެހި ސަރުކާރަށް ނެތުމެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަަށް ހަމަޖައްސާ ލޯނާއި އެހެނިހެން މާލީ ފަންޑުތަކުގެ ރޭޓު ބޮޑުވެގެން އުޅެނީވެސް އެ މާލީ އެހީތެރިކަން އަދި ލޯނުތައްވެސް އިންޑިއާ ނޫން ގައުމެއްގެ މާލީ އިދާރާއަކުން ނެގުމުގެ މިނިވަންކަން ދިވެހި ސަރުކާރަށް ނެތުމެެވެ. ގައުމުގެ މިނިވަންކަމާއި ބާރު މިހާރު މިފެންނަ ގޮތަށް ބޭރުގެ ވަކި ބައެެއްގެ އަތްމައްޗަށް ގޮސްފިނަމަ ބޯހިޔާވަހިކަން އަދި އިޖްތިމާއި އެހެން އެއްވެސް މައްސަލައެއްވެސް ދިވެހި ސަރުކާރަކަށް ހައްލު ނުކުރެވޭނެއެވެ. އެކިއެކި ގައުމުތަކުގެ، އެކިއެކި ބައްރު ތަކުގެ މާލީ ވުޒާރާ ތަކާއި ބޭންކް ފަދަ ތަންތަނާއި ވާހަކަ ދައްކާ މަޝްވަރާ ކުރުމުގެ މިނިވަންކަން ނެތްނަމަ، ބޯހިޔާވަހިކަން ހައްލު ކުރުމަށް އަޅަންޖެހޭ އިޖްތިމާއި ބޯހިޔާވަހިކަން ފޯރު ކޮށްދިނުނުގައި އެންމެ ފަސޭހަ، އެންމެ އަވަސް އަދި އަގު އެންމެ ކުޑަ ގޮތް ސަރުކާރަކަށް ހޯދާ ނުދެވޭނެއެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ދަ ކޮމަނާސް އިން ބޭއްވި ބައްދަލުވުން - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން މުހައްމަދު
ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ދަ ކޮމަނާސް އިން ބޭއްވި ބައްދަލުވުން - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން މުހައްމަދު

ގައުމުގެ މިނިވަން ކަމާއި އިސްތިގުލާލު ބައެއްގެ މުށުތެރެއަށް މިހާރު އޮތްގޮތަށް ގޮސްފައި އޮންނަހާ ހިނދަކު ބޯހިޔާވަހިކަމުގެ ދާއިރާގަައި އަޅުގަނޑުމެން ގެންނަން ބޭނުންވާ ސިޔާސަތުތައްް ތަންފީޒު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި ގައުމެއް ނެތީއްޔާމު ބޯހިޔާވަހިކަމެއް ނޯންނާނެ ކަމަށް އެޖަމިއްޔާ އިން ބުންޏެވެ.

ވީމާ މިހުރިހާ ކަމަކަށް ނަޒަރު ހިންގާ ވިސްނާ އަދި މަޝްވަރާކޮށް ދަ ކޮމަނާސްއިން ފާސްކޮށްފައި ވަނީ، ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަށް ބަލާލާއިރު އެއްގަލަކަަށް ނޭރޭ ބައެއް ކަންތައްތައް ހުރިކަމުގައި ވިޔަސް، ފެށުނީއްސުރެ އިންޑިއާގެ ނުފޫޒުން ރާއްޖެ މިނިވަންކުރަން އަޑުއުފުލަމުން އައިސްފައިވާ ޕާޓީތައް ކަމަށްވާ ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެނޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު އެންޑޯސްކޮށް، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ތާއިދުކުރުމަށް ކަމަށް ދަ ކޮމަނާސްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ މަހުގެ 09 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޙެހެހ

    ގޯތި ދިނުމަކީ އެންމެ ރަނގަޅު ސިޔާސަތު ، އެކމަަކު އިންސާފުން ، އެއީ ފްލެޓެއް މިލިބެނި އުމުރުން 45 އަހަރުން މަތިވެ ދަރިންތަކެއް ލިބޭފަހުން ، ލިބެނީ 2 ކޮޓަރި ނޫނީ 3 ކޮޓަރި ، އަންހެން އަދި ފިރިހެން ދަރިން ތިބޭނަމަ ތަން ފުލްވީ ، ދެން އެތަނުން ދަރިއަކު ޒަވާޖީ ހަޔާތެއް 20 އަހަރުގާ ފަށާފަ އަނެއްކާ ވި ފްލެޓަށް ސަލާންޖަހަންތޯ ، އެކަމަކު ބިން ލިބުނީ 3 ނުވަތަ 4 ޖެނެރޭޝަން އުޅެވޭވަރަށް ހަދާލެވޭނެ ،

    18
    3
  2. ކަންމަތި

    ކަމަނަ ޕާޓީ ކޮތަރު ކޮށި ،މި ގުރޫޕޫ ވަރުގަދަވެގެން ކުރެވުނު ކަމެއް ނުދެކެން، ،ކަރާޓީ ކުޅެންތަ؟

    9
    22
  3. ވަތަނަބެ

    މި އީ ކުލަބް ޖަމްޢިއްޔާތައް ހިްނގުމުގެ ޤަވާއިދާޢި ޚިލާފުކަމެއް. އެއްވެސް ޖަމުއިއްޔާއަކަށް ސިޔާސީ މީހަކު އެންޑޯސް ނުކުރެވޭނެ ފަރުދީ ގޮތުން ތާއީދުކުރުމަކީ އެހެންކަމެއް މިހެން ޖަލްސާއަކުން ނިންމައިގެން ކުރެވޭނެކަމަކަ ނުފެނޭ. މަވެސްމީ ހމމުއިއްޒުއަށް ތާއީދުކުރާމީހެއް އެކަމު ނުރަނގަޅުކަމެއްވީމަ ހިއްސާކޮށްލީ

    15
    16
  4. ކަމަނަ

    ކިތަންމެ ކަންބޮޑުވިޔަސް ހަޤީގަތެއް ނޫން ކަނބުލޮމެންނައް އެގިފަ ތިވަނީ
    އެކަބުރުން އިބޫ ހޮވޭނެ %55

    7
    32
  5. ގުމުރީ

    ކޮމަނާރސް އޭކިޔައިގެން ހުޅުމާލެ އަށް ވެރިވެގަނެގެން އުޅޭ ކުޅަނދުތަކެއް....

    9
    22
  6. ބިން މުހައްމަދު

    ގައުމައްދިމާވެފަމިވާ ހާލަތުގަ ކޮންމެހެންވެސް ކުރަންޖެހޭކަމެއް. އަޅުގަނޑުވެސް ސަޕޯޓްކުރާ ޕާޓީއެއްނޯންނާނެ ނަމަވެސް އިންޑިއާގެ ނުބައި ވަކިތަކުން މިގައުމު ސަލާމަތްކުރެވެންއޮތް ގޮތަކަށް ވިސްނާފަ ވޯޓްދޭނީ. މިވަގުތު މުއިއްޒު ހޮވިގެން ކުޑަވެސް އުއްމީދެއްއޮތީ.

    31
    2
  7. ވިސްނާ

    ދިވެހި ދައުލަތަށް ނިސްބަތްވާ އެންމެންގެ މަސްއޫލިއްޔަތެއް ރާޢްޖޭގައިތިބި އިންޑިއާ ސިފައިން ބޭރުކުރުމަކީ. ޑރ މުޢިއްޒަށް ތާޢީދުކުރާ ރައްޔިތުންގެ އެކަނި ކަމެއްނޫން. ކީއްވެތޯ މިހާރު މިހިރަ ވެރިމީހާ މިކަމާއި ނޫޅުއްވަނީ. ވޯޓް ހޯދަން ދިވެހިންކައިރިއަށް ވެރިކަންކޮށްދެއްވަނީ އިންޑިއާއަށް.

    27
    2
  8. Anonymous

    ސާބަހޭ ދަރިފުޅުމެންނޭ.
    "ދިވެހި ބިންމީ އުފަންމަގޭބިން.
    ލެވުނުފުރަތަމަ ނޭވާ މަގޭބިން
    . އެބިމަކަށް އެންމެ ފަހުގެ ވިންދާ
    ދޫކޮށްލަދޭނޭ ނޭވާ މަގޭބިން"
    ދިވެހިންގެ ރާއްޖެ ދިވެހިންނަށް.
    ދިވެހިންގެ ރާއްޖެ މީގެ ކުރީގައި ވެސް ބެލެހެއްޓީ ދިވެހި ސިފައިން

    15
    1
  9. ނުވޭސް

    މިމީހުންގެ ކަންތައް ވަރަށް ގާތުން ބަލަންޖެހުނީ
    ދެން އެއްމެ އަވަހަށްވެސް ރަޖިސްޓްރީ ކުރަންވީ ޖަމުއްޔާއަކީ ކުލިނުދައްކާ ހުރި ފުލެޓްތަށްބަލާ އެތަންތަނަށް ދިވެހިކޮންމެ ރައްޔިތަކަށްވެސް ވަދެ ބޭނުން ކުރެެވޭނެގޮތް ހަމަޖައްސާ ދޭނެ ޖަމުއްޔާއެއް. މިހެންމިދެންނެވީ ކުލިދައްކަން އެއްބަސްވެ ފްލެޓް ހޯދާފައި ކުލިނުދެއްކުމަކީ އެފްލެޓް ހޯދިމީހާ އެކޭ ފްލެޓް ނުލިބި ނިދާނެތަނެއް ނެތް އެހެން ދިވެހިމީހާޔާ އެއްހަމައެއްގައި ހުރިމީހެއް ބޭނުންޖެހިފައިވާ ކޮންމެ ދިވެއްސަކަށްވެސް އެތަނަށްވަދެވެންޖެހޭނެ

  10. ދޮންއަބުދުއްރަހްމާން ބެ

    މީ ވަރަށް ބޮޑެތި ވާހަކަ ދައްކާ ، ތިމާމެންގެ މަގުސަދަކީ ކޮބައިކަން ނޭނގި އުޅޭ ގުރޫޕެއް.. ޖަމިއްޔާގެ އަސާސީ ގަވައިދާއި ހިލާފަށް ސިޔާސީ މީހުން އެންޑޯރސް ނުކުރެވޭނެ. ހިޔާ ސަރަހައްދުގައި ގަދަވެގެން އާރބަންކޯގެ ވެރިންނާއި ގުޅާލައިގެން ތިމާމެންނަކީ ހިޔާ ސަރަހައްދު ގެ ކައުންސިލަރުން ކަމަށް ހެދިގެން އަމިއްލަ ފައިދާއަށް އުޅޭ ގުރޫޕެއް..

    2
    3
  11. މިދުއާމް ޖަމިއްޔާ

    ފްލެޓް ލިބި، އެތުގައި އުޅެމުން އެހެން މީހުނަށް ތަނެއް ލިބުމާއި ދެކޮޅު ހެދުމަށް ވުރެ ހުތުރު ކަމެއް ނެތް! މިދުއާމްގެ 50 ވަރަކަށް މީހުންގެ ޖަމިއްޔާއިން ބޭނުންވާ ގޮތަކަށް ނޫން ކަން ހިގަންވާނީ! ތިލެވަލް އަށް ވިސްނަންޔާ މުސްތަގުބަލަށް ވިސްނާފަ މިދުއާމް ނޭވާނުލާ ހުރޭ، މުސަްތަގުބަލުގަ އުފަންވާ މީހުނަށް އޮކްސިޖަން ދޭން!