ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފްލެޓް ލިބުނު ކަމުގެ ލިޔުން ދިން ފަރާތްތަކުގައި އޮތް އެކަމުގެ ލިޔުން ވަގަށް ނަގަން މިސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ބޯހިޔާވަހިކަމުގެ މައްސަލައިގައި އަޑުއުފުލާ ޖަމިއްޔާއެއް ކަމަށްވާ ކޮމަނާސް އިން ތުހުމަތުކޮށްފިއެވެ.

އެޖަމިއްޔާގެ ރައީސް މިދުއަމް ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިން ފްލެޓް ލިބި މިސަރުކާރުން ފްލެޓް ޖަހައިގަތް މީހުން އަތުގައި އޮތް ހަމަ އެކަނި އެއްޗަކީ ސްލިޕް ނޫނީ ލިބުނު ކަމުގެ ލިޔުން ކަމަށެވެ. އެ ފްލެޓުތައް ޖަހައިގަތީ މި ސަރުކާރުން ކަމަށާއި އެ ފްލެޓުތައް ޖަހައިގަނެގެން ފަސް އަހަރު ހޭދަ ކުރީ މިސަރުކާރުން ކަމަށެވެ.

މިހާރު އިދިކޮޅު ހުރިހާ ކެންޑިޑޭޓުން ދީފައި އަތުލި ފްލެޓުވެރިންގެ ހައްގު ހޯދައިދޭނެ ކަމަށް ބުނުމުން އިންތިހާބަށް ވިއްސަކަށް ދުވަހަށް ވެފައި ވަނިކޮށް ސްލިޕްކޮޅު ނުވަތަ ލިޔުން ސަރުކާރާއި ހަވާލު ކުރުމަށް ސަރުކާރުން އެދުނު ނަމަވެސް ނަމަނަމަ އެެއްވެސް ފަރާތަކުން މިކަން މިހެން ނުކުރުމަށް ގޮވާލާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދުއަމް ވިދާޅުވީ އަތުގައި ފަސް އަހަރު ބާއްވާފައި އޮތް އެލިޔުން ކޮޅުވެސް އަތުލުމަށް ފަހުން ގެއްލުވާލަފާނެ ކަމަށާއި ނުވަޔަ ވަގަށް ނަގާފާނެ ކަމަށެވެ. "މީ ނޭވާލާ ހޮޅިންވެސް ވައްކަން ކޮށް އެކަން ނުބެލުނު ބައެއްކަން ދަންނާށެވެ. ހަގީގަތަކީ ފްލެޓު ދިން މީހުން ގެޒެޓު ކުރީ ސަރުކާރުން ކަމެވެ. ކުރީ ލިސްޓުގައި ފްލެޓު ލިބި މިސަރުކާރުން ފަހުން އުނި ކުރި އެންމެން މިސަރުކާރަށް އެނގޭނެއެވެ. ވީމާ މީހުން އަތުގައި އޮތް ސްލިޕް ކޮޅު މިވެރިންނާއި ހަވާލު ކުރާކަށް ނުޖެހެއެވެ. އެ ނުދިނަސް އެމީހުން ސަރުކާރަށް އެނގޭނެއެވެ." މިދުއަމް ވިދާޅުވިއެވެ.

މިދުއަމް ވިދާޅުވީ ލިޔުން ނުވަތަ ސްލިޕްގެ އަސްލު ހަވާލުނުކޮށް ވީމާ ސްލިޕުގެ ކޮޕީއެއް އަދި ލިސްޓުން އެމީހެއްގެ ނަން ފާހަގަކޮށް އޭގެ ކޮޕީއެއް ސަރުކާރާއި ހަވާލު ކުރާށެވެ. "ނަމަނަމަ ސްލިޕު ކޮޅު އެވެރިންނަށް ދޫކޮށް ނުލާށެވެ." މިދުއަމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ފްލެޓާއި ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލު ކުރި ފަރާތްތަކަށް ގޮތްތަކެއް ހަމަޖައްސައިދޭން ކުއްލި ގޮތަކަށް ނިންމައި، އެފަރާތްތަކަށް ދޫކޮށްފައިވާ ލިޔުން ހުށަހެޅުމަށް ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިއްޔެ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ކުރީގެ ސަރުކާރުން އެންމެ ފަހު ވަގުތު ފުށިދިއްގަރު ފަޅުންނާއި އެ ނޫން ތަންތަނުން ބޯހިޔާވަހިކަން ދޭނެ ކަމަށް ބުނެ ލިޔުން ދީފައިވާ ފަރާތްތަކަށް ގޮތްތަކެއް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

ނަމަވެސް އެކަމުގެ ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މޮޔަ ބައެއް ހުވާ ކަނޑުން ފަޅުން ބިންދޫކުރީޔޯ އެލިބުނު މީހުންވެސް ހަމަ ބުރާންތިވެފަ މިއަދި ހިއްކާފައޮތް ތަނެއްވެސް ނޫނޭ، ހިއްކާފަ ލޭންޑް ޔޫސް ޕްލޭން ހަދަންވެސއ ދެތިން އަހަރު ނަގާފާނެ.ހިއްކޭނީއެއްވެސް ނޫން

    17
    1
    • އިއްސެ

      ބަލަ ގެޒެޓް ލިސްޓު އޮންނާނެ ނުން އަދި އެލިސްޓް އެބަ އޮތޭ އެކިމީސްމީހުންގެ އަތުގައި މުއީޒްގެ އަތުގައިވެސް އެލިސްޓް އޮބައޮތެއްނޫން އެލިސްޓަށް ބަލައި ދޭންވީނު އިހްލާސްތރިކަން ހުރިއްޔާ

  2. .

    އެސްޓީއޯ މުވައްޒަފުން ނަށް ވެސް ފުލެޓު ދިން.. އެގްރިމެންޓު ވެސް ހެދި ޔާމީނު ސަރުކާރު ގައި..ޑައުންޕޭމެންޓް ވެސް އޭރު ދެއްކި ފަހުން އަމުރު އެމްޑީ އަކަށް އައިސް ފުލެޓު ތައް ބޮޑެތި އަގުތަކުގަ ވިއްކާލީ...ހަމަ ކާލީ!! މިހާރު ރެނާޓަސް ކިޔާ ބަޔަކު އެހަދަނީ އެތަން.. ފައިސާ ހުރި މީހުން ނަށް ވިއްކާލީ! މުޢިޒު މިކަން ހިގާދިޔަ ގޮތް ބައްލަވާލައްވާ. އަދި ފުލެޓު ކުރިން ލިބުނު މީހުން ނަށް އިންސާފު ހޯދެއްވާނެ ކަމަށް އުންމީދުކުރަން..

    22
    1
    • ހުވަދޫ އަލިބެއްޔާ

      އެސް.ޓި.އޯ ފްލެޓް ލިބުނު.. ޑައުން ޕޭމަންޓް 3 ލައްކަ 50 ހާސް.. ކޮންތާކުން އެހާ ބައިވަރެއް އަހަރުން ފަދަ ނިކަމެތިން ހޯދާނީ..