ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ "ސިފްކޯ ހިޔާ" ގެ ފްލެޓްތައް މި މަހުގެ ފަހުކޮޅުގައި ހަވާލުކުރަން ނިންމައިފިއެވެ.

ސިފައިންގެ ފްލެޓުގެ މަސައްކަތްތައް އެންމެ ފުރަތަމަ ކުރީ ސެޕްޓެމްބަރު، 2013 ގައެވެ. އެ މަސައްކަތް ޑިފެންސް މިނިސްޓްރީން އޭރު މަސައްކަތް ހަވާލުކުރީ ނޫމަޑި ރިސޯޓު އެންޑް ރެޒިޑެންސްއާއެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާތީ އާއި މަޝްރޫއުގެ ސްޕީޑް ލަސްވާތީ އެއްބަސްވުން ބާތިލް ކުރިއެވެ.

އޭގެ ފަހުން އެ މަޝްރޫއު ހިންގީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، މުވައްޒަފުންނަށް މުސާރަ ނުދެވުމުން އެ މަސައްކަތް ކުރިއަކަށް ނުދިޔައެވެ.

އެހެންވެ، ސިފައިންގެ ފްލެޓްތައް ނިންމަން އެންމެ ފަހުން ހަވާލު ކުރީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް"އާ އެވެ.

ސިފްކޯއިން ފްލެޓް ލިބިފައިވާ މީހަކު "ވަގުތަށް" ބުނި ގޮތުގައި މިދިޔަ ޖުލައި މަހުގައި އެ ފްލެޓްތަކަށް ވަދެވޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ މަސް ނިމުމުއިރުވެސް ފްލެޓްތައް ހަވާލުކޮށްފައިނުވާ ކަމަށެވެ. އެ ފްލެޓްތައް މި މަހުގެ ފަހުކޮޅުގައި ހަވާލުކުރުމަށް މިނިސްޓްރީއިން ނިންމާފައިވާ ކަމަށް ބުންޏެވެ.

އަދި ފްލެޓް ލިބުނު މީހުންނަށް މައުލޫމާތު ދިނުމުގެ ސެޝަންއެއް މިރޭ ކަޅުތުއްކަލާ ކޮށީގައި 8:30 ގައި އޮންނާނެ ކަމަށް އަންގާފައިވާ ކަމަށާއި އެ ޝެޝަންގައި ފްލެޓާއި ބެހޭ އިތުރު މައުލޫމާތުތައް ހިއްސާކުރާނެ ކަމަށް ވެސް އެ މީހާ ބުންޏެވެ.

"ސިފްކޯ ހިޔާ" ގައި ހިމެނެނީ ލަގްޒަރީ ފެންވަރުގެ ތިން ކޮޓަރީގެ ފްލެޓުތަކެކެވެ. މި މަސައްކަތް ނިމޭއިރު ހުންނާނެ ގޮތުގެ "މޮކަޕް ރޫމެއް" ފްލެޓްތައް ލިބޭ މީހުންނަށް މިދިޔަ އަހަރު ދައްކާލާފައިވެއެވެ.

ސިފައިންގެ ފްލެޓްތައް ވެރިކަމާއި ހަވާލުވާތާ ފުރަތަމަ އަހަރު ދުވަސް ތެރޭގައި ނިންމުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަކަރެ

    ތިވެސް ޔާމީންގެ މަސައްކަތް ދެއްތޯ ސޯލިހު ހެދިތަނަކައް މީހަކައް ފައިވެސް ދިއްކޮއްލެވޭވަރެއް ނުވޭ ދެއްތޯ އެހެންވީމަ މާމުތް އެއްޗަކައް ފައިންއެރޭނީ ޗޯރޭއައް ލޮލް

    17
    1
  2. ސާސް

    ނުވާނެ ތިމީހުންނަކަށް ތިކަމެއް ، ވަރުބަލިވެއްޖެ އިންތިޒާރު ކޮށްކޮށް. މި ސަރުކާރު ވެއްޓިގެން ދާނީ ނުނިމި ހުރި ފުލެޓްތަކުގެ ސަބަބުން ކަމުގެ ޢަލާމާތްތައް ފެންނަން ފަށައިފި ، އެންމެ ފުލެޓަކަށްވެސް އެންމެ މީހަކުވެސް ނުވެއްދި އިންތިޚާބަށް ކުރިމަތިލާން ޖެހުމަކީ ލަދުވެތިކަމެއް. .

    19
  3. ފެލްކަތީބު

    ގައިމު ތިޔަތަނަނީ ވެރިކަމަށް އަރާފަ 1 އަހަރު ތެރޭ ހަވާލުކުރަން ބުނިތަނެއް ނިންމާފަ، ހަވާލު ކުރަނީ.. ނިމެނީ..ކިޔާލަ ކިޔާލާ 5 އަހަރު މި ނިމެނީ، ތިވެސް ވާނީ ސިފައިންނަށް ވައުދު ވެފަ ނުފުއްދުނު ވައުދަކަށްތާ...! ބަލާ މިހަރުވެސް އާކައިވްތައް ނޫސްތަކުގެ ފެންނާނެ.

    13
  4. Anonymous

    ކޮންއިރަކުން ނޯ ދެން ޕޮލިސް ފްލެޓް ޙަވާލު ކުރަނީ

    12
  5. ސޯލިބޭ

    މަބުނީތިހެނެއްނޫން. މަބުނީ ވެރިކަން ނިމޭ ފުރަތަމަ އަހަރު ފުލެޓްތަކަށް ވައްދާނެވާހަކަ.

    6
    1
  6. ޒުލޭޚާ

    ތިޔަ ވިދާޅުވާ މިމަސް އަންނާނެބާ

  7. ސޯލްޖަރ

    މިސަރުކާރު ވެރިކަމަށް އައިސް މާރިޔާ ސިފައިންނާ ބައްދަލްކޮށް ފުރަތަމަ ބުނީ 6މަސް ތެރޭ ނިންމާނަމޭ. މިހާރު އިވޭ ހިރާމަވެރި ހަބަރަކީ ކުލި ބޮޑުކުރާނެ ވާހަކަ. ޢަޅުގަނޑުމެން 92000 ރުފިޔާ އެޑްވާސްކޮށް ދެއްކީ އެކި މީހުންގެ އަތުން ދަރަންޏަށް ނަގަގެން އެ ހާވަރު ދެއްކީވެސް އެއިރު ބުނެފައިވަނީ ކުއްޔަކީ 7200ރުފިޔާކަމަށް. 7200 ރުފިޔާ ޥުރެއް ބޮޑަށް އެއްމެ ރުފިޔާ އެއްވެސް ބޮޑު ކޮށްގެން ނުވާނެ.

  8. ޮޗޯރޭ

    ނެތްވާކަށް އަދި، ތީދައްކާ ދަޅައެއް އަދި އެސަރަޙައްދު އޮތީ ގޮންޑެއްހެން