ރާއްޖޭގައި އަރިދަފުސް ރޯގާ ޖެހުނު މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން މިއަދު ވިދާޅުވަީ، ފާއިތުވި ތިން އަހަރާ އަޅާބަލާއިރު އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު މި އަހަރުގެ މިހާތަނަށް އިތުރުވެފައިވާކަމަށެވެ. އެ އޮތޯރީން ފާއިތުވި މަހުގައިވެސް ވަނީ އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ވަރަށް ބޮޑަށް ފެތުރެމުން ދާތީ ސަމާލުވާން އިލްތިމާސްކޮށްފަވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮގަސްޓް މަހު އެކަނި ވެސް އަރިދަފުސް ރޯގާ ޖެހިގެން 11،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ. މިއީ ޖުލައި މަހާއި އަޅައި ބަލާއިރު ތިންގުނަ އިތުރު އަދަދެއްކަން ފާހަގަ ކުރެވެއެވެ. ޖުލައި މަހު ޑޮކްޓަރަށް ދައްކާފައި ވަނީ 3،838 މީހުންނެވެ.

ހަލުވިކަމާއި އެކު އަރިދަފުސް ރޯނގާ ފެތުރެމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް އެންމެހާ ފަރާތްތަކުންވެސް ސަމާލުވުމަށް އެޗްޕީއޭއިން އެދިފައި ވެއެވެ. ރޯގާ ޖެހިއްޖެ ނަމަ، ކެއްސައި ކިނބިހި އަޅާއިރު ނޭފަތް ނިވާކުރުމާއި އާންމު ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމާއި އަދި އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އިލްތިމާސްކޮށްފައިވެއެވެ.

ފާއިތުވި ދުވަސްތަކުގައި ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވާތީ އައިޖީއެމްއެޗުން ވަނީ ހުން އައުމާއި ރޯގާ އަދި ކެއްސުންް ފަދަ އަލާމާތްތައް ފެންނަ މީހުންނަށް ހާއްސަ ފްލޫ ކްލިނިކެއް އާދީއްތަ ދުވަހު ހުޅުވައިފައެވެ. މި ފްލޫ ކްލިނިކް ހުންނާނީ އެފްއޭއެމްގެ ކުރީގެ އިމާރާތުގަ އެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށް އެތަނުން ހިދުމަތް ދޭނެ އެވެ.

އެޗްޕީއޭ އިން ވިދާޅުވީ، އާންމު އެހެން ބަލިތަކުގައި ޑޮކްޓަރަށް ދައްކާ މީހުންގެ ޢަދަދު މަދުވެފައިވާ ކަމަށެވެ. އެ އެޖެންސީ އިން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު މިދިޔަ ތިން އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް މަދެވެ. އަދި މިދިޔަ ޖުލައި މަހަށް ވުރެ މިދިޔަ މަހު ވެސް މަދެވެ.

 

ކިޔުންތެރިންގެ ހިޔާލު