އަލިކިލޭގެފާނު މަގުން ދުއްވާފައި ދިޔަ މުދާ އުފުލާ ވޭނެއް ކޮންޓްރޯލުން ނެއްޓި ކެފޭއެއްގެ ތެރެއަށް ވަދެއްޖެއެވެ.

މި އެކްސިޑެންޓުގައި ހުދު ކުލައިގެ އެ ވޭން ވަދެފައި ވަނީ މިސްޓާ ސަބް ކެފޭގެ ތެރެއަށެވެ. މި އެކްސިޑެންޓުގައި ކެފޭގެ ބިއްލޫރިގަނޑު ވަރަށް ބޮޑަށް ތަޅައިގެން ގޮސް ވޭނުގެ ކުރީކޮޅަށް ވެސް ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކެފޭގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައި. --- ފޮޓޯ: އެމްވީ ކްރައިސިސް

ނަމަވެސް މި އެކްސިޑެންޓުގައި އެތަނުގެ ތެރޭގައި ތިބި ދެ މީހުންނަށް ކުދި އަނިޔާވެފައިވާ ކަމަށެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އަލިކިލޭގެފާނު މަގާއި ލިލީ މަގުގެ ކަންމައްޗަށްވާ ގޮތަށް ހުންނަ އެ ކެފޭގެ ބޭރުން މަގުގައި ހަރުކޮށްފައި ހުރި މަގުމަތީ ދެ ނިޝާން ބޯޑެއް ވެސް ވަނީ ހޮޅިދަނޑިއާއެކުގައި ވެއްޓިފައެވެ. އެ ކެފޭގެ ބޭރުގައި ހުރި ފުލުހުންގެ ބެރިކޭޑްތަކެއް ވެސް ވަނީ ފުނޑުފުނޑުވެފައެވެ.

މި އެކްސިޑެންޓް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވޭން

    ވޭން ވަދެ އޮތީ ބަދިގެ ކަބަނޑު ތެރޭގައި

    • ކަބަޑު

      "ކަބަނޑު" އެއީ މީހެއްގެ ބަނޑުތެރޭގައި އޮންނަ އެއްޗެއްތަ؟

  2. ދަރަނި ދަންތުރަ

    ތިއޮތީ ވޭން ތެރެޔަށް ކެފޭ ވަދެފަ ...

  3. ހުސޭނުބޭ

    ތިވެސް ބަނޑުހައިވެގެން ސައިބޯލަން ކެފޭއަށް ޖައްސާލިކަމަށްވާނީ!

  4. ވިސްނާ

    ބޭރު މީހުނައް އިމްތިހާނާ ނުލައި އަދިވެސް ލައިސަންސް ދެވޭތޯއުޅެންފެނޭ

    25
    • ޜަސް

      އަސްލުވެސް ...ބޭރުކިޔައި ފިއްޔާ އޯކޭވާނެ..ހުރިހާކަމެއް ދަންނާނެ..ދިވެއްސެއް ވިއްޔާ ޑިގުރީ ސެޓުފިކެޓް އޮންނަން ޖެހޭ .

      15
      • ރައްޔިތުމީހުން

        ބޭރުމީހުން މި ބުރިޖް ހައިވޭގައި ޕިކަޕް އަދި ވޭން ދުއްވަނީ ވަރަށް ނުރައްކާކޮން..

        ދެން އުޅޭނީ އަޑުގަދަ ސައިކަލް އަދި މޮޅު ކާރު ދުއްވާ ދިވެހިން.. ގަޔަށް ދވޭތީ ދުއްވާ ހެން ހީވާނީ..

  5. ގައުމު

    ވޭންތިއޮތީ ކެފޭއެއްގަ

  6. Anonymous

    މިހާރު މާލެ ތެރޭ ވޭން ޕިކަޕް ފަދަ ވެހިކަލްތައް ދުއްވަން ތިބެނީ ގިނައިން ބިދޭސީން އެމީހުން އަސްލު ވަރަށް ހަޔާތްކުޑަ ދުއްވާލެއް

  7. ކެފޭ

    ކެފޭގައި ވޭންއަޅައިފި

  8. ށުމަން

    ދުއްވަން އިނީ ވިސާ ނުދައްކާ ބަންގާޅީ އެއް! ނަހުލާ ކައިރީ ބުނެބަލަ ނިކަން ރަގަޅަށް ލައިސަންސް ދީފަ ބަހައްޓާށޭ!

  9. ބިންގޯ

    ފުލުހުންގެ ބެރިކޭޑް ތައްވެސް ވޭން އާއެކު ކެފޭތެރެޔަށް ވަދެގެން ނުދޭބާ