އިދިކޮޅު ކޯލިޝަނުން މިދިޔަ ހަފްތާ ތެރޭގައި ބާއްވަން ތާވަލު ކުރި ބޮޑު ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ގޮތަށް ނިންމައިފިއެވެ.

އިދިކޮޅުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބާއްވަން އުޅުނު ޖަލްސާ ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

މިނިވަންކަމުގެ ދިފާއުގައި ދިވެހިންގެ ނަމުގައި ބާއްވަން އުޅޭ ޖަލްސާއާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް އިން ބުނީ، މި ޖަލްސާ ކާނިވާ ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ.

އަދި މި ޖަލްސާއަކީ ރާއްޖޭގެ މިއަދު ކަންކަމާއި ހަވާލުވެ ތިބި ފަރާތްތަކުން ގައުމީ ސަލާމަތަށް ނުރައްކާާ ވާކަހަލަ ސިއްރު، ގޮތް ނޭނގޭ އެތައް އެއްބަސްވުންތަކެެއް ހަދާތީ އެކަމާއި ގުޅޭ ކަންބޮޑުވުން ހާމަކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް އިދިކޮޅުން ބުނެެއެވެ.

އިދިކޮޅު ބޮޑު ޖަލްސާއަށް އެހެން ސިޔާސީ ޕާޓީތަކަށްވެސް ދައުވަތު ދީފައި ވެއެވެ.

"ނަމަވެސް އެއްވެސް ސިޔާސީ ޕާޓީއަކުން މިކަމުގައި ބައިވެރިވެފައެެއް ނުވޭ". އިދިކޮޅުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮންދި ބާއި

    މި މީހުން ބާއްވާ ބޮޑު ޖަލްސާ ގައި އަހަރަމެން ވެސް ބައިވެރި ވާ ނަން!

    6
    3