ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ޕީޕީއެމްގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތް އެ ޕާޓީން ނިންމުމެއް ނިންމި ކަމަށް ބުނާ ވާހަކައަކީ ދޮގެެއް ކަމަށް އޭނާ ވިދާޅުވެއްޖެެއެވެ.

ޕީޕީއެމް އިން ބުނީ އެ ޕާޓީން 2024 ގެ ނިޔަލަށް ބާއްވާ އިންތިހާބުތަކުގައި ނަހްލާ އަށް ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކުރަން ނިންމީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް އެ ޕާޓީން ނުބުނެއެވެ.

ޕީޕީއެމް އިން ބުނި ގޮތުގައި ނަހުލާ ވަނީ އެ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށެވެ.

އެކަން ދޮގުކޮށް ނަހުލާ ވިދާޅުވީ، ޕީޕީއެމް އިން އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ނޫސްތަކުން ރިޕޯޓްކޮށްފައިވާ ވާަހަކަތަކާއި ގުޅިގެން އޭނާ އިދިކޮޅު ވަގުތީ ލީޑަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ)އާ ވާހަކަދެއްކި ކަމަށާއި، އަދުތޭ ވިދާޅުވިކަމަށް ރިޕޯޓްކޮށް ދައްކާފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށް ވިދާޅުވި ކަމަށެވެ.

ނަހުލާ ވިދާޅުވީ، ޕީޕީއެމްގެ އަސާސީ ގަވާއިދުގައިާ ސުލޫކީ މައްސަލައަކަށް ވަނީ ކޮން ކަހަލަ ކަންތައްތަކެެއް ކަމާއި އެޅޭނީ ކޮން ކަހަލަ ފިޔަވަޅެއް ކަން ވަރަށް ސާފްކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

"ޕީޕީއެމްގެ އަސާސީ ގަވާއިދާ އަޅުގަނޑު ހިލާފު ވެފައެް ނުވާނެ އަޅުގަނޑު މިދަނީ ވަގުތުވީ މިންވަރަކުން ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވަމުން، މުޒަހަރާތަކާއި ޖަލްސާތަކުގައިވެސް ބައިވެރިވަން"

ނަހުލާ ވިދާޅުވީ އޭނާއަކީ ޕީޕީއެމް މީހެެއް ކަމަށާއި، ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި އިހްލާސްތެރި މަސައްކަތް ކުރުމުގައި ދެމިހުންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ސާބަހޭ ނަހުލާ ދެގޮތެ އްނުވެ އިޙްލާސްތެރިކަމާ ވަފާތެރިކާ އެކު ރޔާމީންގެ ފަހަތުގަ ދެހުންނަ އްޗޭ.. އެހެން ސިޔާސީމީހުން ހަދާހެން ގޮނޑިލިބުނީމަ ކޮޅުކޮޅަށް ނުދުވެ އެ އްގޮތެ އްގަ ހުރީމަ ރަ އްޔިތުންގެ އިތުބާރު އޮންނާނީ..މާޒީން ފިލާވަޅުލިބި ސާބިތުކަމާ އެކު ޕޕމގަ ދެމިހުންނާތި..

    16
    4
  2. Anonymous

    💕✌💘

    11
    1
  3. ރީނދޫ ޕާޓީ

    މީނަ މިހާރު އަހަރަމެން ގެ މީހެއް

    2
    5
  4. ނާހް

    އެހާ ދޮން ރީތި ކުދިންނާއި ދޭތެރޭ އެހެން އަދި ފިޔަވަޅު އެޅޭތަ!؟

    1
    2