މިއަދު ރާޢްޖެ އިން އިތުރު 122 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 78 މީހުން ފައްސިވިއެވެ. މިއަދު އަތޮޅު ތެރެއިން ފައްސިވި މީހުންގެ އަދަދު ވަނީ އިއްޔެ އާއި އަޅައި ބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައެވެ. އިއްޔެ އަތޮޅުތެރެއިން ފައްސިވީ 36 މީހުންނެވެ. މިއަދު މާލެ އިން 38 މީހުން ފައްސިވިއެވެ. ދެމީހަކު ރިސޯޓްތަކުން އަދި ހަތަރު މީހަކު ސަފާރީއަކުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 4119 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %2.96 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ސެޕްޓެމްބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3372 އަށް އަރާފައެވެ. އޭގެތެރެއިން 1983 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ސެޕްޓެމްބަރ މަހު ފައްސިވެފައި ވަނީ 1085 މީހުންނެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ސެޕްޓެމްބަރ މަހު ވަނީ 304 މީހުން ފައްސިވެފައެވެ.

މިހާރު ރާއްޖޭގައި 1564 މީހުން ކޮވިޑް ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން 16 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއަދު ވަނީ 109 މީހުން ކޮވިޑުން ރަނގަޅު ވެފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 84484 އަށް އަރާފައެވެ. އޭގެތެރެއިން 82676 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެ އިން 231 މީހުން ނިޔާވެއްޖެއެވެ.