އަނގައިގެ ތެރެއަކީ ވަރަށް ސާފުތާހިރުކޮށް ގެންގުޅެން ޖެހޭ ތަނެކެވެ. ނަމަވެސް ތަފާތު ވައްތަރުގެ ކާ އެއްޗިއްސާއި ބޯ އެއްޗެހީގެ ސަބަބުން އަނގައަށް ތަފާތު ބަލިތައް ޖެހެއެވެ.

މިގޮތުން ކެވޭ ބައެއް ތަކެތީގެ ސަބަބުން އެންމެ ބޮޑު އެއް ގެއްލުމެއް ވަނީ ދަތްޕިލައަށެވެ. ދަތްތަކުގައި ރިއްސުމާއި ދެ ދަތް ދޭތެރެއަށް ކައި އެއްޗެހި ވަނުން ނުވަތަ އިންފެކްޝަން ފަދަ ކަންތައްތައް ވުމުގެ ސަބަބުން ދަތުގައި ރިއްސައެވެ.

މިގޮތަށް ރިއްސާ ރިއްސުމަކީ ބައެއް ފަހަރަށް ވަރަށް އަވަހަށް ރަނގަޅުވާ ކަމެެއް ނަމަވެސް ބައެއް މިފަހަރަށް މި ތަދު ދިގުލައިގެން ގޮސް ބޮޑު ވޭނަކަށް ވެސްވެއެވެ.

މިފަދަ ކަމެއް ކުރިމަތިވުމުން އެންމެ ރަނގަޅީ ވީ އެންމެ އަވަހަކަށް ޑޮކްޓަރެއްގެ ލަފާ ހޯދައި ފަރުވާ ހޯދުމެވެ. ނަމަވެސް މިފަދަ ތަދުތަކަށް ގޭގައި ވެސް ފަރުވާދެވިދާނެއެވެ.

ދަތުގައި ރިއްސާނަމަ ގޭގައި ދެވިދާނެ ބައެއް ފަރުވާ:

ލޮނު ފެނުން އަނގަ ދޮވުން

މިއީ ކަރުތެރެ ސާފުކުރުމަށާއި، ކެއްސުމަށާއި އަދި ދަތުގައި ރިހުމަށް ވެސް އެންމެ ކުރީޒަމާނުއްސުރެ ދެމުން އަންނަ ފަރުވާއެވެ. މި ފެނުން އަނގަ ދޮވުމުން ބެކްޓީރިއާތައް ނައްތާލައެވެ.

އިނގުރު އުނގުޅުން

އިނގުރުން ޕޭސްޓް ކޮޅެއް ތައްޔާރު ކޮށްލުމަށް ފަހު ރިއްސާ ހިސާބުގައި އުނގުޅާލާށެވެ.

ފިނިފެން ޖެއްސުން

ސާފު ތުވާއްޔަކަށް އައިސް އެޅުމަށްފަހު ދެކޮލުގައި ޖައްސާށެވެ. މިގޮތަށް ކަންތައް ކުރުމުން ތަދުވާ މިންވަރު ކުޑަވެ، ތަދު ފިލާލެއް އަވަސްވާނެއެވެ.

މީގެއިތުރުން ކަރަންފޫ ތެލަކީ ވަރަށް މުހިންމު އެއްޗެކެވެ. ކޮޓަން ބަޑެއްގައި ތެޔޮފޮދެއް ޖެއްސުމަށް ފަހު ރިއްސާ ހިސާބުގައި އުނގުޅާލާށެވެ. މީގައި ހިމެނޭ އެންޓި ބެކްޓީރިއަލް އަދި އެންޓި އިންފްލެމޭޓަރީގެ ސަބަބުން ރިހުން ރަނގަޅުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު