22:25

އިތުރު 141 މީހުން ކޮވިޑަށް ފައްސިވެއްޖެ.

20:51

ސްލޮވޭނިއާގައި ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހި އުމުރުން 20 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ

20:43

ގދ. ތިނަދޫން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެ އެރަށުން، މި ބަލި ޖެހުނު މީހުންގެ އަދަދު 1000 އަށް އަރައިފި.

19:47

ށ. މާއުނގޫދޫން ކޮވިޑް-19ގެ ވޭދަނަތައް ފެނި ރަށް ބަންދު ކޮށްފި

19:17

އެމެރިކާގައި ހަތަރު އަހަރުގެ ކުއްޖަކަށް ކޮވިޑް-19 އިން ދިފާއުވުމަށް ދެމުން އަންނަ ވެކްސިންގެ ޑޯޒެއް ދީފި

19:02

ޖަޕާނުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދަށަށް ދިއުމާއެކު، އެގައުމުގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި

18:24

ޗައިނާގެ އުތުރުގައި ގެކޮވިޑް-19 އަށް ފައްސިވެފައިވާ ބުޅާތަކެއް މަރާލައިފި

16:25

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19ގެ ވާރުތަކުރުމުގެ ބާރުގަދަ، ނުރައްކާތެރި ޑެލްޓާ ވޭރިއެންޓުގެ ވޭދަނަތައް ރަޝިއާގައި އިތުރުވެއްޖެ

15:59

ޔުނައިޓެޑް އެއާލައިންސްގައި މަސައްކަތް ކުރަމުންދިޔަ އެމެރިކާގެ 600 އަށް ވުރެ ގިނަ މުވައްޒަފުން ވެކްސިން ފުރިހަމަ ކޮށްފައިނުވާތީ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި

12:59

ކޮވިޑް-19 އާ ގުޅިގެން ލަންކާ ބަންދުކޮށްފައި ބޭއްވުމަށްފަހު ފަތުރުވެރިންނަށް އަނެއްކާ ވެސް ލަންކާ ހުޅުވާލައިފި.

08:32

ސްރީލަންކާގެ ފުރަބަންދު ހުކުރު ދުވަހު އުވާލާނެ ކަމަށް ބެލެވޭ.

ކޮވިޑް-19 އަށް މާލެ އިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވުމަށް ފަހު ސެޕްޓެމްބަރ މަހު ވަނީ އަދަދުތައް އިތުރުވާން ފަށާފައެވެ.

ސެޕްޓެމްބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3467 އަށް އަރާފައެވެ. އޭގެތެރެއިން 2044 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ސެޕްޓެމްބަރ މަހު ފައްސިވެފައި ވަނީ 1117 މީހުންނެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ސެޕްޓެމްބަރ މަހު ވަނީ 306 މީހުން ފައްސިވެފައެވެ.

އޮގަސްޓް މަހު މާލެ އިން ފައްސިވީ 883 މީހުންނެވެ. އޮގަސްޓް މަހު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވީ 2342 މީހުންނެވެ. އޮގަސްޓް މަހު ރިސޯޓްތަކުންނާއި ސަފާރީތަކުން 455 މީހުން ފައްސިވިއެވެ.

އޮގަސްޓް މަހު މާލެ އިން ދުވާލަކު އެވްރެޖްކޮށް ފައްސިވީ 28 މީހުންނެވެ. ނަމަވެސް ސެޕްޓެމްބަރ މަހު އެއަދަދު ހުރީ 40 ގައެވެ.

މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު މާސްކް އެޅުން ފިޔަވައި ކޮވިޑުން ރައްކާތެރިވުމަށް މާލޭގައި އިތުރު ފިޔަވަޅުތަކެއް އަޅާފައެއް ނެތެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު