ދުވަސްވީ މައްސަލައެއް ސެކްޝަންގައި ނުބާއްވަން ވެގެން ސިވިލް ކޯޓުން މައްސަލަ ބޭރުކޮށްލި އެ ކޯޓުގެ ގާޒީ އަލީ ނަސީރު މަގާމު މެޖިސްޓްރޭޓެކަށް ދަށްކޮށް ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްއަކަށް މިއަދު ބަދަލުކޮށްފިއެވެ.

އޭނާގެ މަގާމު ދަށްކުރަން ނިންމައި އެކަން ޖޭއެސްސީން އިއުލާންކުރީ މީގެ ހަފްތާއެއް ކުރިންނެވެ.

ޖޭއެސްސީން ވިދާޅުވެފައިވާ ގޮތުން އަލީ ނަސީރު ވަނީ ސިވިލް ކޯޓުގެ ދެ ގަޒިއްޔާއެއްގައި ހިމެނޭ ހަސްމުން، އެ ދެ ގަޒިއްޔާ އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް، އޭގެ ތެރެއިން އެއް ގަޒިއްޔާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް މިވަގުތު ނެތްކަމަށް ކަނޑައަޅައި، ގަޒިއްޔާގެ ދައުވާ ފޯމު ބާތިލްކޮށް ހުކުމްކޮށްފައި ވަނީ އެ ގަޒިއްޔާގެ މައުލޫއަށް ހުކުމްކުރުމުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް އޭނާގެ ސެކްޝަނުގައި ނުބޭއްވުމުގެ މަގްސަދުގައިކަން އެ ކޮމިޝަނުން ކުރި ތަހުގީގުން ސާބިތުވެފައި ކަމަށެވެ.

‎ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ފައިސަލާކޮށް ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަގްސަދުގައި މައްސަލައިގެ ހަސްމުން އެދިފައި ނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ޙުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ އަދުލުއިންޞާފު ގާއިމްކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފު އަދި ފަނޑިޔާރުގޭގެ މުޤައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއީޒުގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުޞަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާފަދަ ކަމެއްކަމަށް ވެސް ޖޭއެސްސީ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތ

    މައްސަލާގައި ހިމެނޭ މީހުން މީހަޒިރުވާން އެތަކެއް ފަހަރު ޗެޓް ފޮނުވާ ހާޒިރު ނުވުމުން މައްސަލަ ބޭރުކުރަން ޖެހޭ މިއީ ޒާތީ ކަމެއް ނާޒިމް ސައްތާރުގެ ވަކާލާތު ކުރި ރިސޯޓް މައްސަލަ އޭނާ އާއި އެއްކޮޅަށް ނުނިމުނީމާ ... އަހަރެންނަށް މިކަން ވަރަށް ރަނގަޅަށް އެނގޭ ކޯޓް މުވައްޒަފުން ގާތު އަހާލަބަލަ މިހާރު ޖޭސީ އަކީ ކެނެރީގޭ ބަދިގެ

  2. ޖެސީ

    ޖޭސީ އަކީ ދޮގުހަދާ މަކަރު ހަދާތަނެއް މީހުންގެ އަބުރު ނަގާލާ ބަލަ ގާޒީންގެ އޯޑިއޯ ތަކުގެ ސައްހަކަން ބެލިއްޖެތަ؟

  3. Anonymous

    މިގައުމުގަ ވަރަށް އިންސާފުން ކަންކަންދަނީ.