ރ. އުނގޫފާރުގައި އެމްޓީސީސީގެ ފަރާތުން ސާފު ކުރުމުގެ ހަރަކާތެއް ހިންގައިފިއެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އުނގޫފާރު ބާ ހިނަވާގޭގެ ތަޅާލެވިފައިވާ ގާތައް އުކާލައި ސާފު ކުރުމުގެ މަސައްކަތާއި ކުނިގޮނޑު ސާފު ކުރުމުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހު ނިންމާލާފައިވާ ކަމަށެވެ.

އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މީގެ ކުރިންވެސް އެކި މަޝްރޫއުތައް ހިންގާފައިވެއެވެ. އެގޮތުން ދާދި ފަހުން އެމްޓީސީސީން ވަނީ ލ. މުންޑޫގައި ސުނާމީގައި ބިމާ ހަމަވި ގެތަކާއި ގާތަށް ނަގައިދީ ސާފު ކޮށްދީފައެވެ. އަދި ގއ. ދާންދޫ އަލަށް އާބާދުވާ ސަރަޙައްދުގެ މަގުތައް ވެސް ސާފުކޮށްފައިވެއެވެ.

ށ. ބިލެތްފަހީގައި ކުނިގޮނޑަށް ދާން އޮންނަ މަގު ސާފު ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ދާދި ފަހުން ފަށައިފައެވެ.

މީގެއިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން އާޓިފިޝަލް ބީޗުގައި ވަނީ ރޭމްޕެއް ހަދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބިރާޤަމީ

    ތިރަށުމީހުން ކަންނެތްކަމުން ނުކެރޭ ރަށުތެރެކުނިކަހާލަންވެސް.. މުޅިންވެސް ކޮންމެވެސް ސަރުކާރުގެ ބަޔަކު ނުކުމެ ރަށްގޮޑުވީމަ ސާފްކުރަން ޖެހެނީ.. މުޅިޒޯންގެ މީހުން ބޭސްވެރިކަމަށް އަންނަރަށެއް.. ކުނިގޮޑަކަށްވީމަ ރީއްޗެއްނޫން.. މޭކަޕްކުރިއަސް އަދި ކަމަކުނުދާނެ.. އުޅޭ ތަންވެސް ރީތިކޮށްލީމަ އެންމެންނަށްވެސް ރީތިވާނީ.. ދެން މިހެންބުނީމަ އަވަހަށް އެންމެންވެގެން މަކާލާ..

    2
    1