ތ.ކަނޑޫދޫ ސްކޫލް އަދި ތ.މަޑިފުށި ސްކޫލްގައި ކުލާސްރޫމްތަކެއް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މިއަދު އެ މިނިސްޓްރީގައި މިކަމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑިފުށި ސްކޫލް އިމާރާތްކުރުމަށް ހަވާލުކުރެވިފައި ވަނީ ޓްރައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި އެކުއެވެ. އަދި ކަނޑޫދޫ ސްކޫލް އިމާރާތްކުރުމަށް ހަވާލުކުރީ ޓީމް 3ބީ އާއިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިޔާ ޕޮލިސީ އެގްރެކްޓިވް، އިބްރާހިމް އިސްމާއިލް އަލީ ވިދާޅުވީ މަޑިފުށި ސްކޫލްގެ ކުލާސްރޫމް އިމާރާތުގެ މަސައްކަތް ކުރުމަށް އެފަރާތުން ހުށައަޅުންވާފައި ވަނީ 2،285،329.39 (ދެ މިލިޔަން ދެ ލައްކަ އަށްޑިހަ ފަސް ހާސް ތިން ސަތޭކަ އޮންތިރީސް ރުފިޔާ ތިރީސް ނުވަ ލާރި) އަށް 120 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

ފައުންޑޭޝަން އާއި ޕްރައިމަރީ އަދި ސެކަންޑަރީ ލެވެލް އަށް ކިޔަވައިދޭ އެ ސްކޫލްގައި މިހާރުވެސް 198 ދަރިވަރުން ކިޔަވަމުންދާ ކަމަށާއި މިއަހަރުގެ ނޮވެމްބަރ މަހު އިމާރާތުގެ މަސައްކަތް އެއްކޮށް ނިމި 2019 ވަނަ ދިރާސީ އައު އަހަރު އެ އިމާރާތުގައި ކިޔަވަން ފެށޭނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އަދި ކަނޑޫދޫ ސްކޫލްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 3 ކުލާސްރޫމެއްގެ މަސައްކަތް ކަމަށާއި އެއީ 1،720،111.46 (އެއް މިލިއަން ހަތް ލައްކަ ވިހި ހާސް އެއް ސަތޭކަ އެގާރަ ރުފިޔާ ސާޅީސް ހަ ލާރި) އަށް ކަމަށެވެ. މި އިމާރާތުގެ މަސައްކަތް 87 ދުވަހުގެ ތެރޭގައި ނިންމާލެވޭއިރު މިއަހަރުގެ އޮކްޓޫބަރ މަހު އިމާރާތުގެ މަސައްކަތް އެއްކޮށް ނިމި 2019 ވަނަ ދިރާސީ އައު އަހަރު އެ އިމާރާތުގައި ކިޔަވަން ފެށޭނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

މަޑިފުށި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ސީނިޔާ ޕޮލިސީ އެގްރެކްޓިވް، އިބްރާހިމް އިސްމާއިލް އަލީ އަދި ޓްރައިސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ ވަހީދެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

އޭގެ އިތުރުން ކަނޑޫދޫގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ސީނިޔާ ޕޮލިސީ އެގްރެކްޓިވް، އިބްރާހިމް އިސްމާއިލް އަލީ އަދި ޓީމް 3ބީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުހައްމަދު މިރުޒާއެވެ.

މިއީ މި ސަރުކާރުން ތައުލީމީ ދާއިރާއަށް ގެންނަ ބޮޑު އިންގިލާބީގެ ތެރެއިން އެޅޭނެ ރަނގަޅު ފިޔަވަޅެކެވެ. އަދި މި ސަރުކާރުން ވަނީ ތައުލީމީ ދާއިރާއިން ގިނަ ބަދަލުތަކާއި ދަރިވަރުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވާލާފައި އެވެ.

ކިޔުންތެރިންގެ ހިޔާލު