ރާއްޖޭގެ އެންމެ އުތުރާއި މެދު ތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ ހއ އިން ފެށިގެން ކ އަތޮޅާއި ހަމައަށެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާގޮތުގައި މިއަދުގެ 17:00 ފެށިގެން މިރޭ 23:00 އާއި ހަމައަށް ބޯކޮށް ވާާރޭވެހުމާއެކު ގުގުރާއި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

އަދި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    އިންޑިޔާ ކަންޑުގައި އުފެދޭ ތޫފާނާއި ނަގޫ ރޯޅީގެ އަސަރު މިހާރު ރާއްޖެޔަށް ކުރަމުން ދަނީ ! ޔާ ﷲ ތޫފާނާއި ނަގޫ ރޯޅިން އަޅަމެން ސަލާމަތް ކުރައްވާށި !