ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެއާޕޯޓްގައި ދުއްވާފައިދިޔަ ކާރެެއް ކޮންޓްރޯލް ނުވެ ގޮސް، ވޯކްވޭ ފެންސް ފަޅާފައި ވޯކްވޭ މައްޗަަށް އަރައި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ވެފައި ވަނީ މިއަދު 3:28 ހާއިރުއެވެ.

މި އެކްސިޑެންޓްގައި ތިން މީހަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަދި އެ މީހުންނަށް އެއާޕޯޓްގައި ގާއިމްކޮށްފައިވާ ކްލިނިކްގައި ފަރުވާ ދިނުމަށްފަހު އެ މީހުން ވަނީ މިހާރު އޭޑީކޭއަށް ބަދަލުކޮށްފައެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ތިން ފިރިހެނަކަށެވެ. އޭގެ ތެރޭގައި ދެ ފަތުރުވެރިން ހިމެނެެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ ބަލަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ

    އިތުރަށް ބަލަމުންނެވެ..

  2. ވަސްކޮޑަގާމާ

    ކާރު ދުއްވީ ނުކުޅެދުންތެރިކަން ހުރިމީހެއްބާ؟ އަވަސް ޝިފާއަށް އެދެން

  3. އަހުމްދު

    އެއީ ދިރާގި ވެހިކަލްގެ ރޭންޖް ކެނޑުނީކަމަށް ވާނީ

  4. Anonymous

    ގެއްލުންވި ކާރުގެ ބަދަލު ބިލްތަކުންނާއި ޚިދުމަތްތަކުން ނުފެންނާނެކަމަށް ހީކުރަން.... ލޮލް

  5. ރައްޒާގު

    މިހާރު އެއޮތީ ކޮންޓްރޯލް ވެފަހެން ހީވަނީ