އިންޑިއާގެ ޓެމިލްނާޑުގެ ރެފިއުޖީ ކޭމްޕްތަކުން ފިލައިގެން، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ރެފިއުޖީންގެ ބަޔަކު އަތުލައިގަނެ ރާއްޖެ ސަރުކާރާ ހަވާލުކުރިކަމުގެ މައުލޫމާތު އަދި މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ހުކުރު ދުވަހު، މަދޫރާއި އާއި ޓްރިޗީގެ ކޭމްޕްތަކުން ފިލި ލަންކާގެ 85 މީހުންގެ ތެރެއިން 59 މީހުންނަކީ ރެފިއުޖީންނެވެ. އެ މީހުން އަތުލައިގަތީ ދަތުރުކުރަމުން ދިޔަ ފެރީ ޑިއާގޯ ގާސިޔާ ކައިރިއަށް ފެރީ ހުއްޓިފައި ވަނިކޮށް އެމެރިކާ ސިފައިންނެވެ

ޓެމިލްނާޑުގެ ފުލުހުން ބުނީ އެ މީހުން މަސައްކަތްކުރީ ކެރެލާއިން ސައުތް އެފްރިކާއާ ދިމާލަށް ދަތުރުކޮށް ކެނެޑާއަށް އެތެރެވެ، އެ ގައުމުން ހިމާޔަތް ހޯދަންށެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖެއާ މޮރީޝަސްއާ ދެމެދަށް އިންޑިއާ ކަނޑަށް ފެރީ ހުއްޓުނެވެ. އެ މީހުން އަތުލައިގަތީ ޑިއަގޯ ގާސިޔާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނެވެ.

އޭގެ ތެރެއިން ގިނަ މީހުންގެ އަތުގައި ސައްހަ ޕާސްޕޯޓްވެސް ނެތް ކަމަށް ރާއްޖޭގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އާއްމު އުސޫލުން ކަނޑުގެ ސަރަހައްދު ބަލަހައްޓަނީ ސިފައިން ކަމަށްވާތީވެ، އެމްއެންޑީއެފް މީޑިއާގައި ނޫސްވެރިން ސުވާލު ކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމުގެ މައުލޫމާތު ދެއްވާނީ ފުލުހުން ނުވަތަ ހޯމް މިނިސްޓްރީން ކަމަށެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލަށް އެކަމާއި ގުޅޭ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. "އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް އެބަކުރަން" ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

އަތުލައިގަނެވުނު މީހުންގެ މައުލޫމާތު ދިވެހި ސަރުކާރުން، ޓެމިލްނާޑުގެ ކަމާ ބެހޭ ފަރާތްތަކާއި އަދި ލަންކާގެ ސަރުކާރާ މިހާރު ވަނީ ހިއްސާކޮށްފައި ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ޓެމިލްނާޑުގް ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިންޑިއާ ފުލުހުން ބުނެފައިވާ ގޮތުން އެ ގައުމުގެ 108 ކޭމްޕެއްގައި ލަންކާގެ 68 ހާހަށްވުރެ ގިނަ ލަންކާ ރެފިއުޖީން އެބަތިއްބެވެ. ލަންކާ މީހުން ފިލީ މިދޔަ މަހުގެ ކުރީކޮޅުއެވެ. އެ މީހުން ކެރެލާއަށް ގޮސް 50 ލައްކަ އިންޑިއާ ރުޕީސްއަށް ބޯޓެއް ގަނެފައިވާ ކަމަށް ބައެއް ރިޕޯޓްތައްް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މޫސަ

  އިތުރުފުޅު ހައްދަވަނީ ދިވެހިފުލުހުން ކަމެއް ނުވަތަ އިންޑިއާގެ މިޑިއާ ކަމެއް އަދިނޭނގޭ އެނގޭ ކަމަކީ މިކަމާގުޅެގޮތުން މިދެބައިމީހުންކުރެ ކޮންމެވެސް އެއްބަޔަކު އިތުރުފުޅު ހައްދަވާކަން
  މިކަންތައްވެސް ފަޅައިއެރީމާ ކޮންމެވެސް އަނދުނެއް އަޅައިގެން ނުވަ ދޮންބިލަތްގަނޑަކުން ދުފާންދީފަ ރައްޔިތުންނަށް އޮޅުވާލާނެ
  އިބޫ ސޮހޮލުގެ ސަރުކާރަކީ ސަކަރާތެއް ވާނީވެސްއެހެންތާދޯ ވެރިކަމުގައި ހުރީ ހަމަ ސޮހޮލެއް

 2. ފަރީދު

  އިތުރުފުޅު ހައްދަވަނީ ދިވެހިފުލުހުން ކަމެއް ނުވަތަ އިންޑިއާގެ މިޑިއާ ކަމެއް އަދިނޭނގޭ އެނގޭ ކަމަކީ މިކަމާގުޅެގޮތުން މިދެބައިމީހުންކުރެ ކޮންމެވެސް އެއްބަޔަކު އިތުރުފުޅު ހައްދަވާކަން
  މިކަންތައްވެސް ފަޅައިއެރީމާ ކޮންމެވެސް އަނދުނެއް އަޅައިގެން ނުވަ ދޮންބިލަތްގަނޑަކުން ދުފާންދީފަ ރައްޔިތުންނަށް އޮޅުވާލާނެ
  އިބޫ ސޮހޮލުގެ ސަރުކާރަކީ ސަކަރާތެއް ވާނީވެސްއެހެންތާދޯ ވެރިކަމުގައި ހުރީ ހަމަ ސޮހޮލެއް

 3. ނޭނގޭނެ

  ދިވެހި ފުލުހުންނަކަށް ސިފައިންނަކަށް އެއްޗެއް ނޭނގޭނެ. އެމެރިކާ މީހުން އެމީހުން އަތުލައިގަނެފަ މިތަނުގަ ތިބޭ އިންޑިއާ ސިފައިންނާ ހަވާލުކޮށްފަ މިގައުމާއޭ އެމީހުން ހަވާލުކުރީ ބުންޏަކަސް މިގައުމުގެ ފުލުހުންނަކަށް ސިފައިންނަކަށް ނޭނގޭނެ ވާނުވާއެއް. މިތަނުގަ ތިބޭ އިންޑިއާ ސިފައިންނަކީ މިތަނުގެ ވެރިން މިހާރު.