ފާއިތުވި ދެދުވަސް ތެރޭގައި ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ވަނީ ހަތަރު މީހަކު ނިޔާވެފައެވެ. ކޮވިޑުން ދިފާއު ވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ވެސް ބަލީގެ ނުރައްކާ އޮންނާނެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް މަތިން ހަނދާން ނައްތާލެވޭކަށް ނެތެވެ. ކޮވިޑަށް ފައްސިވާ ހައިރިސްކް މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން އެންމެ ފުރިހަމަ އަށް ރޭވިފައި ހުންނަ މަންޒަރެއް އަދިވެސް ނުފެނެއެވެ. މިއީ ވެސް ކޮވިޑް މަރުތައް އަދިވެސް އިތުރުވަމުން އަންނަ އެއް ސަބަބެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންނާއިއެކު އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 1029 އަށް އަރާފައެވެ.

ރާއްޖެ އިން މިއަދު 106 މީހުން ކޮވިޑަށް ފައްސިވިއެވެ. މިއަދު ވަނީ 4284 މީހުން ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދަކީ މިމަހު އެންމެ ގިނަ ބަޔަކު ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %2.47 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު