އުތުރުގެ ރަށެއްގައި އާއިލާ މީހެއްގެ ފަރާތުން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެެެވެ.

މި މައްސަލަ ފެންމަތިވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

"ވަގުތު"އާ ވާހަކަދެއްކި އެރަށު އިސް ބޭފުޅަކު ވިދާޅުވީ، އެ މައްސަލަ ބެލުމަށް މިއަދު ހުކުރުގެ ކުރިން އެ އަތޮޅު ޖެންޑާ ޔުނިޓްގެ ބޭފުޅުންނާއި ފުލުހުން އެރަށަށް ގޮސްފައިވާ ކަމަށެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައި ވަނީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖެކެެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލަ ފުލުހަށް ހުށަހެޅުނީ މި މަހުގެ 12 ވަަ ދުވަހު ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު