މިއަދު ރާއްޖެ އިން އިތުރު 45 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ މިއަހަރުގެ ޖަނަވަރީ 10 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދަކީ ޖުލައި މަހުގެ 09 ވަނަ ދުވަހަށް ފަހު އަތޮޅުތެރެއިން އެންމެ މަދުބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު މާލެ އިން ފައްސިވީ 14 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވީ 27 މީހުންނެވެ. ރިސޯޓްތަކުން އިތުރު ހަތަރު މީހުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 3449 މީހުންނެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %1.30 މީހުންނެވެ.

މިއަދު 68 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. މިހާރު 1208 މީހުން ކޮވިޑް ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން 16 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 1168 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 85977 އެވެ. އޭގެތެރެއިން 84519 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 237 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ.