ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއް ސަލާމަތް ކުރަން މަސައްކަތްކުރަނިކޮށް "ޒުވާން މަސްވެރިޔާ" ހަސަން ސާޖިންގެ ފައި ބިންދައިގެންގޮސް އިތުރު އަނިޔާތައް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއް ނަގިލި ކަހާލައިގެން ގޮނޑުދޮށަށް ލެއްގުމުން އެހެން ދޯންޏެއްގެ އެހީގައި ސަފާރީ ފުން ކުރުމުގެ މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ދޯނިން ސަފާރީގައި ޖަހާފައިވާ ވާ ކަނޑައިގެންގޮސް ސާޖިންގެ ފައިގައި ޖެހިގެން ކަމަށް މަސްވެރިންގެ ހަބަރުތައް ގެނެސްދޭ މަސްވެރިން އެމްވީއިން ބުނެފައިވެއެވެ.

މަސްވެރިން އެމްވީއަށް މައުލޫމާތު ދެމުން ސާޖިން ބުނީ ދޯނީގައި ސަފާރީގާތަށް ގޮސް ސަފާރީގައި ވާޖަހާފަ ދަމާލި ތަނުން ވާ ކަނޑައިގެން އައިސް ފައިގަ ޖެހުނީ ކަމަށެވެ.

މިހާދިސާއަށްފަހު ފުރަތަމަ ސާޖިންއަށް ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލްގައި ކަމަށް މަސްވެރިން އެމްވީގައި ބުނެފައިވެއެވެ. ނަމަވެސް، އިތުރު ފަރުވާއަށް އޭނާ މިހާރުވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމަށް ބުނެއެވެ.

ސާޖިންގެ އާއިލާއިން މަސްވެރިން އެމްވީއަށް މައުލޫމާތުދިން މީހަކު ބުނީ ވީއެންމެ އަވަހަކަށް ސާރޖަރީކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާކަމަށާއި އެހެންކަމުން ސާރޖަރީ ކުރުމަށް ތައްޔާރުވަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޯކާ 1

    އަވަސް ޝިފާއަށް އެދެން )) ތީއަޅުގަނޑުވެސް އުޅެން ބޭނުންވި ދާއިރާ އެހެނަސް ،.،،،،

    14
  2. م د

    ޒުވާން މަސްވެރިޔާ ސާޖީން އާއި އެންމެހައި ބަލި މީހުނަށް އަވަސް ޝިފާޔަކަށް އެދެން !