އެސްއޯ ފުލުހުންގެ ކުރީގެ ކޮމާންޑަރު ސައިފާއި އިތުރު ފުލުހަކު ހައްޔަރުކޮށްފިއެވެ،

ފުލުހުން ވިދާޅުވީ ތަޙްޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ދެފުލުހުން މިރޭ ހައްޔަރުކޮށްފައިވާ ކަމަށާއި އިތުރު މައުލޫމާތު މިވަގުތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.

ސައިފް ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުން ދިޔަ ގ.ކިނބިމާގެއަށް ގިނަ އަދަދެއްގެ ފުލުހުން ވަދެއެވެ. ނަމަވެސް މިރޭ ހައްޔަރުކުރި ދެވަނަ ފުލުސް މީހާ ހައްޔަރު ކުރީ ކޮންތަނަކުން ކަމެއް ނޭނގެއެވެ.

ސައިފް މިރޭ ހައްޔަރުކޮށްފައި މިވަނީ ފެބްރުއަރީ 01 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރު ނެރުމުން އެސްއޯ ފުލުހުންނަށް ކޮމާންޑް ކުރަން ސައިފް މަސައްކަތް ކުރި ކަމަށް މީސް މީޑިއާގައި ވާހަކަދެކެވިފައި ވަނިކޮށެވެ.

ފެބްރުއަރީ 01 ގައި ސައިފް ވަނީ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ފުލުހުންނަށް ކޮމާންޑް ކުރަން މަސައްކަތް ކޮށްފައި ކަމަށާއި ނަމަވެސް އޭނާގެ ކޮމާންޑަށް ތަބާނުވެ ބައެއް ފުލުހުން އޭނާގެ ގަޔަށް ޕެޕަސްޕްރޭ ޖެހި ކަމަށް މީސް މީޑިއާގައި ބައެއް މީހުން ބުނެފައި ވެއެވެ. އެރޭ ޕެޕަސްޕްރޭގެ އަސަރު ކޮށްގެން ސައިފް ވެއްޓިފައި އޮއްވާ އިދިކޮޅު ސަޕޯޓަރުން އޭނާ އަށް އެހީވި މަންޒަރު ނޫސްވެރިންނަށް ވެސް ފެނިފައި ވެއެވެ.

ބައެއް މީހުން ބުނާ ގޮތުގައި ސައިފަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ވަރަށް ގާތް މީހެކެވެ. އަދީބު ނައިބު ރައީސް ކަމުން ވަކިކުރިފަހުން ސައިފް ވަނީ އެސްއޯ އިން ވަކިކޮށް އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަހަށްދޭބަލަ

    އޭޖީ އޮގީހުން އިސްތިއުފާ ދިނީ އެއީ ކޮލޭޓްރަލް ޑެމޭޖް ވެފައިވާ ވަޅު ބުރި ތަކެއް އެމެން ޕަބްލިސިޓީ ހޯދަން ވެގެން ކައްކާ ގޭސް ގަނޑު ގަނޑޭ ދުނިޔޭގެ އިންސާނީ ނަސްލުގައި ވެސް ފުރަތަމަ މިސްޓޭކް ހެދީ ތިމެން ނޫންތޭ ދެން ތިމެން ބުނާ ގޮތަށް މަމެން ހަދަން ޖެހޭނެ ކަމަށް ބުއްދީގެ ހަަމަ ތަކުން މަމެން ޖެންޓުލްމެނުންނަށް އެއްގޮތަކަށް ވެސް ގަބޫލު ނުކުރެވެއޭ ތަމެން މަހަށް ދޭބަލަ ދެން. މަަހަށް މަހަށް މަހަށް ދޭބަލަ..

  2. ތިއްތި

    އަތަށް ގޮވަނީ، ފަޔަށް ގޮވަނީ، ތިޔޮށް ގޮވަނީ......

  3. ތުއްތަފާ

    އަދީބު ދިޔުމުން ގެއްލުނު އާރާ ބާރު އަދި އެ ލައްޒަތު ގެއްލުމުން އިދިކޮޅާ ގުޅިގެން މަސައްކަތްކުރާތާ ކިތައްމެ ދުވަހެއް.

  4. ޝޫޒަން

    ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ކޮލެރާ ބޮޑުފަނީގެ އަސަރު ނައްތާލަންޖެހެ، އެންމެ ފުރަތަމަވެސް ސްޕްރީމް ކޯޓުތެރެ ސާފުނުކުރުމުގެ ނަތީޖާ މި ފެންނަނީ، ލުނބޯހުތްކިބައެއް ކިތަންމެ ވަރަކަށް ފެލިޔަސް އެއިން ނުކުންނާނީ ހަމަހުތް. 30 އަހަރުވަންދެން ގެންގުލހުނު ބަޔަކަށް ދެކޮޅަށް ހުކުމެއް ނެރެން އުނދަގޫވާނެ. ޢެންމެ ފުރަތަމަވެސް އެތަންތަން ސާފުނުކުރެވުމު ނަތީޖާ މިަދހު މި ފެނނަނޔ.

  5. ހުސަންބެ

    އަތަށް ފަޔަށް ގޮވަނީއޭ ކިޔާފަ ކޮމެންޓް ކުރާނެ ކަމެއްނެތް، ނަޝީދު ކަހަލަ ކޮސް މީހެއްނޫން މިހާރު ވެރިކަމުގެ ހުރީ، ކިތަންމެ ވަރަކަށް ޕްރެޝަރ ކުރިޔަސް ޔާމީންގެ ޢަޒުމަކަށް ގުޑުމެއް ނާންނާނެ އިންޝާﷲ، މިހާރު ޔާމީން އަށް ގޮންޖަހާފަ ސަރުކާރުން ނިކުމެގެން މިދަނީ ރައްޔިތުން ކުރިމަތީ އެބޭފުޅާގެ އގުވައްޓާލަން ވެގެން ތިމާމެންނަށް މާމޮޅެއްވާނެކަމަށް، ފަހުން ހިތަށް އަރާނެ މީ ކޮސްކަމެކޭ މިކުރެވުނީ، ފަނޑިޔާރުންނަށް ލިބުނު ކެހި ވަކިދެރަތަ.

  6. ބަލާބަލަ

    ފުލުހުންގެ ތެރޭގައި ހަމަ ނުޖެހުން އުފައްދަން އެސްއޯގެ ކުރީގެ ކޮމާންޑަރަކު މަސައްކަތްކުރާ ނަމަ އެކަން ޖެހޭނެ ސީރިއަސް ކޮށް ބެލެން. ކެނެރީގެ ނަޝީދަށް މިރާއްޖޭގެ ރައްޔިތުން ވޯޓް ދީގެން ވެރިކަން ހަވާލު ނުކުރުމުން އޭނާ އަށް ޔަގީން ވެއްޖެ މިހާރު އޭނާ އަށް ދެން ރާއްޖޭގެ ރައްޔިތުން ދުވަހަކު ވެސް ވޯޓެއް ނުދޭނެ ކަން އޭނާ މިރާއްޖޭގެ ރައީސް ކަން ކުރަން. އެހެން ވެގެން ދަ ރާއްޖެތެރޭން އީގޯ ސިންޑްރޯމް ޖެހިފައިވާ މީހުންނަށް ޑްރަގް ކާރޓެލް މެން މާލެ އަށް ގެނެސްގެން ޖީއެމްއާރުން ނަގާފައިވާ ކަޓްގެ ފައިސާ ބޭނުން ކޮށްގެން އޭނާ އެބަލަނީ މިގައުމަށް ގައްދާރުވެވޭނީ ކޮން ގޮތަކުން ތޯއޭ. އެއްގޮތަކަށް ވެސް އެކަން ވިޔަދީގެން ނުވާނެ ހޯމް މިނިސްޓަރާއި އަދި ޕޮލިސް ކަމިޝަނަރު. ޕީޖީ ވެސް ވަނީ ކަޓް ފައިސާ ނަގައިގެން އޭނާ ގެ އެމްޕްލޯޔަރ އަކީ އޭޖީ އޮފީސް ކަމަށްވާއިރު އޭޖީ އޮފީހަށް ވެސް ނޭގި ފުލުހުންގެ ތެރޭގައި ހަމަ ނުޖެހުން އުފައްދަން މަސައްކަތް ކޮށްފައެވެ. މީ ފެންނާން ހުރި ހަގީގަތެވެ. ޕީޖީ ވެސް އެވަނީ ބަގާވާތެއް ކޮށްފައިތޭ

  7. ބަކުރު

    ޕެޕަސްޕްރޭ ޖެހީމާ އޭނާ ވަނީ ހަރުގެ ތެރެއަށް. މަހުލޫފު ބައްދައިގަތްތަން ފެނުނު. އެތާހުރި މިނަރަލްވޯޓާ ފޮށިތައް ކަނޑައި، ސައިފް ފެންވެރުވި. މިހިރީ ކަންތައްތައް ރާވާލާފަހުރި މިންވަރު.