15:01

ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ ރަަޝިއާގެ މޮސްކޯ ފުރަބަންދު ކުރުމަށް ނިންމައިފި

10:05

ކޮވިޑްގައި ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު 240 އަށް އަރައިފި.

09:22

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ގިނަ ބަޔަކު ކޮވިޑަށް ފައްސިވެއްޖެ.

ކޮވިޑް-19 އަށް މާލެ އިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި ވަނިކޮށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މާލޭގައި ފެށީ މިމަހުގެ 01 ވަނަ ދުވަހު އެވެ. ކޮވިޑުން ރައްކާތެރިވުމުގެ އެއްވެސް ފިޔަވަޅެއް ނެތި ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ދަނޑަށް ވަދެ ޓީމްތަކަށް ސަޕޯޓް ކޮށްފިއެވެ. ސްޓޭޑިއަމްގައި ގައިދުރުކަމެއް ނެތެވެ. މާސްކް އަޅައިގެން ތިބި މީހުންގެ އަދަދު ދާދި މަދެވެ.

މިހާރު ސާޗް ޗެޕިއަންޝިޕް ފެށިތާ ދެހަފްތާ ވެގެން ގޮސް ތިންވަނަ ހަފްތާ ފެށިފައި ވާއިރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ. މަސްދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި ދެދުވަހު މާލެ އިން ފައްސިވި މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވެއްޖެއެވެ. އެހެންކަމުން މިއީ މާލޭގެ ހާލަތު އަނެއްކާވެސް ގޯސްވަމުންދާ ކަމުގެ ނިޝާނެކެވެ.

މިއަދު ރާއްޖެ އިން ޖުމްލަ 95 މީހުން ކޮވިޑަށް ފައްސިވިއެވެ. އޭގެތެރެއިން 38 މީހުން ފައްސިވީ މާލެ އިންނެވެ. މިއަދަކީ އޮކްޓޯބަރ މަހު މާލެ އިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 55 މީހުން ފައްސިވިއެވެ. އިތުރު ދެމީހަކު ރިސޯޓްތަކުން މިއަދު ފައްސިވިއެވެ.

މިއަދު 3832 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. އޭގެތެރެއިން %2.48 މީހުން ކޮވިޑަށް ފައްސިވިއެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 1311 އަށް އަރައެވެ. މިއަދަކީ މިމަހުގެ 08 ވަނަ ދުވަހަށް ފަހު ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ މައްޗަށް ދިޔަ ދުވަހެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ކޮވިޑުން ރަނގަޅުވީ 63 މީހުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު އޮކްޓޯބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 1610 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 86419 އެވެ. އޭގެތެރެއިން 84856 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 239 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހހ

    މަނަދު އިން ގުޑުގުޑާ ދޫނި ފެނިއްޖެ މިހާރުވީ ސޮނޭވާ ޖާނީގަ