އުމުރުން 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

އަންހެނަކަށް އަނިޔާކުރުމުގެ ތުހުމަތުގައި ބުރާސްފަތިދުވަހުގެ ރޭ ދަންވަރު ހައްޔަރު ކުރީ 19 އަހަރުގެ ފިރިހެނެކެވެ.

މައުލޫމާތު އެނގޭ މީހަކު "ވަގުތު" އަށް ކިޔައި ދިން ގޮތުގައި އަންހެން މީހާ އަށް އަނިޔާ ކުރީ ހުޅުމާލޭގައި އެމީހުން ދިރިއުޅޭ ގޭގެ ލިފްޓު ދޮށުގައެވެ. ލިފްޓުން ނެރެގެން، މާލޭގައި ހުންނަ ފިރިހެންމީހާގެ ގެއަށް ގެންގޮސްގެން އަންހެން މީހާ އަށް އަނިޔާ ކުރި ކަމަށްވެއެވެ.

"ލިފްޓް ތިރިންވެސް ތަޅަމުން ގެންދިޔައީ، ތިރިއަށް ގޮސްފައި، އަމިއްލަ މީހާގެ ބޯވެސް ފަޅާލިއޯ ދޫކުރާށޭ ބުނީމަވެސް، ހެލްމެޓް، ދެން ސައިކަލަށް ގަދަކަމުން އަރުވައިގެން ގެންދިޔައީ ހުޅުމާލެ އިން މާލެއަށް ހެލްމެޓްވެސް ނާޅާ". އެމީހާ ކިޔައި ދިނެވެ.

އަންހެނުންނަށް އަނިޔާ ކުރުމާއި ގެވެށި އަނިޔާގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

ކިޔުންތެރިންގެ ހިޔާލު