ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ބުނީ ރައީސް ސޯލިހް ހދ. ކުޅުދުއްފުއްޓަށް ކުރައްވާ ދަތުރުފުޅަކީ މި އަހަރު ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އޭގެ ފަހުގައި، މިހާރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެން އެ ގައުމުގައި ކުރިއަށްދާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގެ ބޯޅަ ދަނޑުގައި ޓާފް އަޅައި ރަސްމީކޮށް ހުޅުއްވައިދެއްވަނީ ރައީސްއެވެ. އަދި ދަނޑު ހުޅުވުމަށް ފަހު ކުޅުދުއްފުށިން ހޮވާލެވޭ ޓީމަކާއި ރާއްޖޭގެ ގައުމީ ޓީމު ބައްދަލުކުރާ މެޗެއް ވެސް އޮންނާނެއެވެ.
ކުޅުދުއްފުށީގައި މިރޭ އޮންނަ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވައެވެ. މި ޖަލްސާގައި ޒުވާނުންގެ ގައުމީ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް މިދިޔަ ހަފުތާގައި އއ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގެންފައެވެ.
ވަޒީރު މައުސޫމް މިއަދު މާލެގައި، ފަހަރެއްގައި ކުޅުދުފުށްޓަށް، މާދަމާ ދުބާއީއަށް އަދި ޖެހިގެން އަންނަދުވަހު ލަންޑަނަށް، އޭޝިޔާއިން މެދުއިރުމަށްޗަށް އަދި ޔޫރަޕަށް 4 ވަރަކަށް ދުވަސްތެރޭގައި ދަތުރުކުރާނެ!!!!!!!!!!!!!!!
ރައްޔިތުން ހަނާވަނީ، ވެރިން އުދުހޭނީ
ބަލަ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ބޮޑު ހަރަދު ކޮށްފަ ދަތުރު ކުރުމަށް ވުރެ މަގުމަތީގައި ކުނި ހޮވައިގެން ކައި ބޮއި އުޅޭ ޒޫވާނުން ތެދުމަގަށް ގެންދަން ހަރަދު ކުރުން މާ އައުލާކަން ބޮޑު. ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަށް ފަހިކޮށްދިނުން މާ ސައްހަކަން ބޮޑު.
ރައީސްސޯލިހު ކުޅުދުއްފުށްޓަށް ވަޑައިގަންނަވަނީ އެރަށު ބޯޅަދަނޑުގައި ޓާފް އަޅާދޭށޯ މިޚަބަރުގައި ލިޔެފައި އެބައޮތް. ބޭނުންވަނީ ތިޔަކަހަލަ އަމިއްލަ އަށް ރައްޔިތުންނަށް މަސައްކަތް ކޮށްދޭ ރައީސެއް.
ރައްޔިތުން އަނގަޔާ އަތާ ދިމަނުވިޔަސް ސޯލިބޭ ހަމަ އަޗާ ތަޅަނީ ދެފައި އެއްތާނުޖައްސާ ހަޒާނާ ދަވާލާ ތިހިރީވާ ވެރިއެއް ދިވެހިންނަން ލިބިފަ ސަހަރޯ ހީވޭ
ގޮަސްދާނެއެއްނު.. މަށަށް ކޮން ކަމެއް
ކަލޯ އިބުރާހިމާ ދައުލަތުން ތިހުރިހާ ޚަރަދެއް ތިކުރަނީ
ރައްޔިތުން އުޅޭ ހާލު ބަލާލިންތަ ؟ އަނގަޔާ އަތާ ދިމާކުރަން އައި މީހުން އެ އާއި އިދިކޮޅު - 2023 ހަނދާން ނައްތާލާ
ރަށެއްގަ މަގުބައްތި ޖެހުން. މަގުގައި އަނދާފަ ހުންނަ ހޮޅިބުރިއެއް ބަދަލުކުރަންވީމަ ނުވަނީ ކައުނސިލް ތަކަށްބަޖެޓް ނުދޭތީ. ދެން އިނޑިޔާ އިން ލޯނަގައިގެން މިކަން މިކުރަނީ.
އެކަމަކު ރައީސް މީހާ ދުވާލަކު ދެއިރު ކާބޭހެއްހެން ރާއްޖޭން ބޭރަށް އެބަދޭ 30 މީހުން 40 މީހުންގެ ގާފިލާއަކާއެކު. ގައުމުގެ ހަލާކު މި އިއްބެއަކީ.