މ. މުލީގައި ތަރައްގީކުރާ "މީމު އެއާޕޯޓު"ގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެެވެ.

މީމު އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ މި ދިޔަ ފެބްރުއަރީ މަހުގެ 28ގަ އެވެ. އެއީ 221 މިލިއަން ރުފިޔާ އަށެވެ.

މި އެއާޕޯޓު ހެދުމަށް 14 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި އެއާޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއްގެ އިތުރުން ޓެކްސީވޭއަކާއި އޭޕްރަނެއް ހަދާ ގޮތަށް ވަނީ ނިންމައިފައެވެ. މި ހުރިހާ މަސައްކަތް ކުރާނީ އެމްޓީސީސިންނެވެ.

މީމު އެއާޕޯޓްގެ މަސައްކަތް ކުރިއަށް - ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން މިއަދު ބުނީ، މީމު އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއަރޕޯޓް ފަޔަރ ބިލްޑިންގ ގެ ފައުންޑޭޝަން ބީމްގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި މި މަސައްކަތް މި ހަފުތާތެރޭ ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފައިވާއިރު، ދެން ފެށުމަށް ހަމަޖެހިފައިވަނީ ފަޔަރ ބިލްޑިންގ ގެ ކޮލަމްތަކުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

މީމު އެއާޕޯޓްގެ މަސައްކަތް ކުރިއަށް - ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން 1،812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނީ އެމްޓީސީސީންނެވެ.

މި އެއާޕޯޓް މަޝްރޫއު ނިންމުމަށް ހަމަޖެހިފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމާ

    މީމުއެއާރޕޯޓެއްނޫން ރަނގަޅުގޮތަކީ މުލީއެއާރޕޯޓް. ހުރިހާރަށަކަށްވެސް ހުންނާނީ އެރަށެއްގެ ނަމުން އެއާރޕޯޓަށް ނަންދީފައި.