ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވާން ފަށައިފިއެވެ.

އެ މަސައްކަތް ފެށުމަށްޓަކައި އިއްޔެ ވަނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައެވެ. އެގޮތުން މިހާރު ޕްރޮޖެކްޓް ސައިޓަށް ވެހިކަލްތައް ވަނީ ގެންގޮސްފައެވެ.

ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮެޖެކްޓް ފަށަން ވެހިކަލްތައް އެރަށަށް - ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން، 40 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 200 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މި މަޝްރޫއަކީ 9.16 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާމާނު

    ކޮބާތަ އިބްތިހާލު ، އިންސާފު ލިބުނީތަ؟؟؟
    ޢޮއްބާލީތަ؟؟؟؟