ކޮވިޑް ފެސިލިޓީން ފޯނެއް ވަގަށް ނެގި މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ވީޑިއޯއެއް އާންމު ކުރުމަށް ފަހު ބުނީ ވީޑިއޯއިން ފެންނަ މީހާއަކީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުގެ ވަގުތެއްގައި މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީން ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެފައިވާ މީހެއް ކަމަށެވެ.

މިހާތަނަށް އައިިއިރު ފުލުހުން ކުރި މަސައްކަތުން އެއީ ކާކު ކަން ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު