ދިރިއުޅުމަށްޓަކައި ގޯތި ގެދޮރު ކުއްޔަށް ދޫކުރުމަށް ހުއްދައެއް ނަގަން ލާޒިމުކޮށް، ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓްރީ ކުރާ ގޮތަށް ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ހުށަހަޅުއްވާފަައިވާ ބިލު ފާސްކުރީ 48 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ބިލުގައިވާ ގޮތުން، ދިރިއުޅުމަށްޓަކައި އެއްވެސް ތަނެއް ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި އެ ތަނެއް ހުންނަ ސިޓީއެއް ނުވަތަ ރަށެއްގެ ކައުންސިލަށް ހުށަހަޅައި އޭގެ ހުއްދަ ދިނުމުންނެވެ. އެ ހުއްދަ ނުލިބި ކުއްޔަށް ދޫކުރުމަކީ މަނާ ކަމެއް ކަމަށް ބިލުގައިވެއެވެ.

ކުއްޔަށް ދޫކުރަން ސިޓީ ނުވަތަ ރަށު ކައުންސިލަކުން ހުއްދަ ދިނުމަށް ފަހުގައި ހުއްދަ ދޫކުރާ ތަންތަނުގެ ދަފްތަރެއް އެކުލަވާލައި އެ ކައުންސިލަކުން އެ ދަފްތަރެއް ބަލަހައްޓަން ޖެހޭނެއެވެ. ހުރިހާ ކައުންސިލްތަކުގެ ދަފުތަރު މަރުކަޒު ކުރެވިފައިވާ ދަފުރަތެއް މިނިސްޓްރީގައި އޮންނަން ޖެހޭ ކަމަށް ބިލުގައިވެއެވެ.

ކުއްޔަށް ދޫކުރާ ތަންތަނުގައި ހުންނަން ޖެހޭނެ އަސާސީ މިންގަނޑުތަކެއް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެ ގޮތުން އެ ތަނެއްގައި ނިދައި ކައިބޮއި ހެދޭނެ ވަސީލަތްތައް ގާއިމުވުމާއި ފެނާއި ނަރުދަމާއާއި ކަރަންޓުގެ ހިދުމަތް ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ގާއިމު ވެފައިވުން ހިމެނެއެވެ.

މީގެ އިތުރުން ކުއްޔަށް ދޭ ތަނުގެ އަކަފޫޓުގެ ނިސްބަތުން ގިންތިކުރެވި އެ ތަނުގެ ބޮޑުކުޑަ މިނަށް ބަލައި އެ ތަނެއްގައި އެންމެ ގިނައިން ދިރިއުޅެވޭނެ މީހުންގެ އަދަދެއް ކަނޑައަޅާފައި އޮންނަން ވާނެ ކަމަށް ވެސް ބިލުގައިވެއެވެ.

ޓެނަންސީ ބޯޑުގެ ބާބު އުނިކުރުން

މަޖިލީހަށް ފުރަތަމަ ބިލު ހުށަހެޅުނުއިރު، ބިލުގައި ޓެނަންސީ ބޯޑުގެ ނަމުގައި ބޯޑެއް އެކުލަވާލަން އޮތެވެ. ކުރިން ބިލުގައި ކުއްޔަށް ދޫކުރާ ތަންތަނުގެ ދަފްތަރު އެކުލަވާލުމާއި އެ ތަންތަން މޮނިޓާ ކުރުމުގެ ޒިންމާ ދީފައި އޮތީ އެ ބޯޑަށެވެ.

ނަމަވެސް މި ބިލު ދިރާސާ ކުރި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ވަނީ އެ ބޯޑުގެ ބާބު އުނިކޮށް، އެ ބޯޑަށް ހަވާލުކޮށްފައިވާ ހުރިހާ ޒިންމާތައް މިނިސްޓްރީގެ ދަށަށް، މިނިސްޓަރު ޒިންމާވާ ގޮތަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ފައްކާ

    މުއްސަނދިންނަށް ފްލެޓް ބޮޑުއަގުގަ ފަގީރުންނަށް އިތުރަށް ފަގީރުކުރުމުގެ ބިލެއް... ވަކި އަދަދަކަށް މީހުން އުޅުން ލާޒިމެއް ނުކުރެވޭނެ.. ކުއްޔަށްދޭފަރާތަކުން ވެރިފަރާތެއް ދިން އަގެއް ވިއްޔާ ދީގެން ތިބެނީ... ފަގީރުން އިތުރަަށް ބިކަވުން

    38
    2
    • އަސްލުވާގޮތް

      ރަނގަޅު ވާހަކައެއް.. އަގުހެޔޮކޮށް ވަކި ވަރަކަށްް ފުލެޓު ވިއްކަން ޝަރުތުކޮށް އެސްޖޭ އަދި އާރު ސީ ސީ ފަދަ ކުންފުނިތަކަށް ދިން ބިންތަކުގަ ފުލެޓު އެޅުމުގެ ކުރިން އެތަންތަން ކުންފުނީގެ މުވައްޒަފުންނަށާ ތިމާގެ މީހުންނަށާ ޕާޓީ ކުދިންނަށް ދީ ނިންމައިފި އިއުލާނުވެސް ނުކޮށް.. އެޗުޑީސީ ނިދާފަ އޭސީސީ އަޅައެއް ނުކާ ރިހާކުރު ފުޅިއެއްގެ މައްސަލައަކަށް ނުވާތީ މަޖިލީހުގަ ނެތް އެކަމާ އެއްޗެއް ބުނަންކެރޭ މީހަކު.. ނޫސްވެރިންވެސް އެހާލުގަ..މިހާރުވެސް ބިމާބެހޭ ޤާނޫނުގެ ދަށުން މަނާކަމެއް ކުއްޔަށް ދޭ ތަނެއްގެ ގޮތުގައި ރަޖިސްޓްރީނުކޮށް (ހުއްދަނެތި) ކުއްޔަށް ދިނުމަކީ.. އަދި އިތުރު 100 ޤާނޫނުވެސް ހަދަން ޖެހޭތަ.. ފުރަތަމަ މިހާރު އޮތް އެތި ތަންފީޒު ކޮށްބަލަ..

  2. ލޯނުބެ

    ސާބަހޭ މި ނާގާބިލު ސަރުކާރުން މާލެ މީހުންނަށް ކިހިނެއްހަދަން ކަމަށް ތިއުޅެނީ.

    44
    • ގޯނިބޭ

      ލޯނުބެއަށް ހާދަ އެއްޗެއްނޭގެޔޭދޯ؟ މީގައި އޮތީ ހަމައެކަނި މާލޭ މީހުންގެ ވާހަކައެއްނޫނޭ.

      2
      3
  3. އަބްދޫ

    ގެދޮރު ކުއްޔަށް ދީގެން ލިބޭ ފައިސާއިން ޓެކްސް ނެގުމުގެ ފުރަތަމަ މަރުހަލާ ރާވަލީ. ދެން ކުއްޔަށް ދީގެން ލިބޭފައިސާއިން ޓެކްސް ނަގަން ފާސްކުރާނެ. ކުލީގެ ފައިސާއިން މިހާރުވެސް ޓެކްްސްނަގާ އެއީ މިރާއިން ފާހަގަކުރެވިފާ ހުރި ތަންތަނުން. ކުއްޔަށް ދޭތަނެއްގެގޮތުގަ ރަޖިސްތްރީ ކޮށް ދަފްތަރެއްހެދުމުން އެތަންތަނަށް މީރާ އިން ވަންނަން ފަށާނެ. މިއީ ގައުމު ދަރަނި ވެރިވުމުން ރައްޔިތުންނަށް ލިބޭ އިތުރު ބޮލު ރިހުމެއް. ކުލީގެ ފައިސާ ނަގައިގެން ރާއްޖެއިން ބޭރުގަ އުޅެން އުނދަގުވާނެ. ބޭނުިންވަރަކަށް ކުލި ހަދައިގެން ޓެކްސް ދައްކައިގެން ގެ ކުއްޔަށް ހިފާ މީހުން މަދުވާނެ.

    28
    1
  4. ޙހހހ

    ކުއްޔަށް ދެވޭ އަގެއްވެސް ހަދަންޖެހޭ ، ތަނުގެ ފެންވަރުން އަގަށްބަދަލު ގެނެވިދާނެ

    23
    9
    • ހުސޭނުބޭ

      އެންމެ ފޮޅުވަތެއްވިޔަސް ރަގަޅު ވާހަކައެއް. ކުލި ކޮންޓްރޯލް ނުކޮށް ތޮކަން ކުރަން ހެޔޮނުވާނެ!

  5. ޥާނުވާ

    ރަނގަޅު ނިންމުމެއް

    1
    4
  6. ޢާމިރު

    ޢެތަނަކީ މީހުންނަށް ދިރިއުޅެވޭތަނަކަށް ވެސްވާންޖެހޭ.

  7. މިތުރާ

    އިންސާނުން އުޅެން ކަމުނުދާވަރުގެ ތަންތަންވެސް ހުންނަނީ ކުލީގެ އަގު މަތިވެގެންގޮސް އުޑަށް އަރާފަ، ވާރޭވެހެންނާ ސީލިންގް އިންވާރޭ ބޮލަށް، ނޫނީ މަތީގެ ފާހާނާ އިންބޭނުން ކުޜާފެން ބޮލަށް، ދަންވަރުގަޑީގަ ކަތުރުފަނި ގެކޮޅިވަރު އޮންނަނީ، އެކަކު ނޫނީ ދެމީހުންނަށް ކޮޓަރި ކުލިދެވޭވަރެއްނުވޭ އަގުބޮޑުކަމުން، ރަށްރަށުމީހުން ދަރިންގޮވައިގެން ދިޔަގޮތައް އެތަންތަނުގަ ތާށިވެފަ، ރަށްރަށުމީހުން ޖެހެނީ އަބަދުމާލެ އަރަން އެކިކަންތަކުގަ މަޖުބޫރުވެގެން،،ރަށްރަށު މީހުން ބަކަވަނީ ނުހައްގު ބޮޑުކުލިދީ

  8. ބާރައް ކުރިޔައް

    މީގެން އިނގޭ އެއްޗަކީ ޑިމޮކްރަސީއަކިއަޅުވެތިކަން ތިޔަ ދިމާކުރަތީ ކިޔައެއްޗެއް އައިމާ މިވީގޮތަކި ހަމަ އެކަނިމަލޭގެމީހުން ގޯތީގެމަހުރޫމް ކޮއް ފުލެޓް ވިޔަފާރި ސަރުކާރުންފެއްޓީ ދެން އަސްލުޑިމޮކްރަސީ އައީމާމިވީގޮތަކީ ދަރިއެއްގެނަން މުއައްސަސައަކައް ކިޔާފަ ޖިއެސްޓީގެނަމުގައި ކުރާމަސަތްކަތުންނާއި ގައިންތާހިރުވެލަން ބޭނުންކުރާފެނުންނާއި ކާބޯތަކެތިންނާއި ކޮއްލަފޯނުކޮލުން ވެސް ޓެކްސް ނަގާ އަޅުވެތިކޮއް ފުލެޓްވިޔަފާރި ފުޅަކޮއް ކޯޕްރޭޝަނެއްގެ ދަށައް ހިބައިއިން ބިންތައްދީގެން ފުލެޓް ވިޔަފާރި ޖެހީމެކުހައް ދެންމިއައި ޑިމޮކްރަސީގައި މިޖެހުނީ ލިބޭ އަމްދަނީޔައްވެސް ޓެކްސް ދައްކަން އަނެއްކާމިއައީ ގެދޮރައްވެސް ޓެކްސްދައްކަން ނަންވާނީ ފިރުއައުނުގެ އަޅުވެތިކަން ރައްޔިތުން ވިސްނަންވީ 2023 ގަވޯޓްދޭއިރު މިމީހުންނާއި ދޭތެރޭގައި

    • އިބިލީސް ބުރޯ

      2023 ގަ ވޯޓު ދޭއިރު ކިތައްމެ ވަރަކަށް ވިސްނައިގެން ދިނަސް، ވެރިކަމަށް ދެން އަންނަ މީހަކު ނުވަތަ ޕާޓީ އަކުން ޓެކްސް ނެގުމެއް ހުއްޓާއެއް ނުލާނެ.
      މިސާލު:2008 ގަ އެމް.ޑީ.ޕީ އިން ނަގަން ހަމަޖެއްސި ޖީ.އެސް.ޓީ ހަމަ ދެން ވެރިކަން ކުރި ކޮންމެ މީހަކުވެސް ނަގަމުންދިޔަ.
      މީ އެކަމު ވަރަށް ބޮޑުވެއްޖެ ކަމެއް. މުލަކު މެމްބަރަސް އަދި ކޮންމެ ރަށެއްގެ މެމްބަރަސް މި ބިލު ލުން ގޯސް.
      ކޮންމެ ސަރުކާރެއްގެވެސް ވިސްނުމަކީ ރައްޔިތުން ފެލުން. ފެލާނެ އިތުރު ގޮތް ހޯދުން. ބަޔަކު ތަނެއް ކުއްޔަށް ހިފާނަމަ އެބަޔަކު ބަލާފަ ތަނުގެ ފެންވަރާ އަގަށް ވިސްނާފަ ހިތްހަމަ ޖެހިގެން ހިފާނެ. ޢެއީ އެހެންމީހަކު ބަލަން ޖެހޭ ކަމެއް ނޫން. ޢަދި ބަޔަކު ކުއްޔަށް ދޭ ތަނެއްގަ 1 މިލިއަން މީހުން ތިބެންބޭނުންވިޔަސް އެއީވެސް ހަމަ ތިބޭ މީހުންގެ ކަމެއް. ރައްޔިތުންގެ ބާރެއް މިހާރު ނުހިނގާނެ ކޮންމެ ބަޔަކު ވެރިކަން ކުރިޔަސް.
      ޢިބުރާހިންބެއާ ފަޒުނާއްތަޔަށް ވަރަށް ސަލާން.

  9. ސަވްދާން

    ރައްޔިތުން ފެލައިން ސަރުކާރު ހިންގަނީ ،،،،،

  10. ފެކުޓްރީ

    މަސައްކަތް ނުކޮށް ކުލިން ދިރިއުޅޭ ބަޔަކު އުޅޭ , ނިކަމެތިން ނިކަމެތި ވަނީ މުއްސަދިން މުއްސަދި ވަނީ

    3
    1
  11. މުހައްމަދު

    ސާބަސް ލާރިހޯދެންހުރިގޮތަކަށް ރާވާވާލަނީ، ޚާޢްސަކޮށް މާލޭ މީހުންނަށް ނުއުފުއްލޭ ވަރުގެ ބުރައުްފުލުވާ މާލޭމީހުންގެ މަށްޗަށް ވެރިވެގެނެވިފައިވާ ވަރު އިތުރުކޮށް އެމީހުން ބިކަކޮށްލާނީ މިޤައްުމުގައި މިއުޅެނީ ބޯފެންފޮދަށްވެސް ފައިސާދައްކައިގެން ކިހިނެތް ބާ މިވަރުން ރައްޔިތުން ދިރިއުޅޭނީ ކުނިންފެށިގެން ހުރިހާ ޚިދުމަތަކަށް ފައިސާ ރައްޔިތުމީހާ އަތުން އެބަނަގާ ރައްޔިތުން ނިކަމެތިވިވަރަކަށް އިްންތިޚާބު ތަކުގައި ފަސޭހަވެ ޚަރަދު ކުޑަވާނެހެން ހީވަނީތަ

  12. ބޯގޯސް

    ކަނޑައެޅިފައިވާ އަދަދަށް މީހުން އުޅެނިކޮށް މީހަކު ވިހާފިނަމަ އިތުރުވިކުއްޖާ ގޭގައި ނުގެންގުޅެވޭނެ.

    • ޙުއްދަ ނެތި ދިރިއުޅުން

      ސުރުޚީ ކިޔާލުމުން ހީވީ މިހާރު ހުއްދަނެތި ދިރިއުޅެވެން ވެސް ނެތްހެން