ކ. އަތޮޅު ރަށްފަޅުހުރާގައި ހިންގާ ޕަޓީނާ މޯލްޑިވްސްގައި ކޮންކްރީޓް ބްލޮކެއް ދަށުވެ ބިދޭސީއަކު މަރުވެއްޖެއެވެ.
މަރުވެފައި ވަނީ ބަންގްލަދޭޝް މީހެކެވެ. އޭނާގެ އުުމުރަކީ 30 އަހަރެވެ.
އެ ބިދޭސީ މީހާ ގެންގޮސްފައި ވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.
އޭޑިކޭ ހޮސްޕިޓަލްގެ މެނޭޖަރ އައްފާލް ވިދާޅުވީ، އޭނާ ހޮސްޕިޓަލަށް ގެނައީ އިއްޔެ މެންދުރުގެ ވަގުތެއްގައި ކަަމަށާއި، ގެނައިއިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ޕާޓިނާ މޯލްޑިވްސްގައި ކޮންކްރީޓް ބްލޮކެއް ދަށުވެ ބިދޭސީއަކު ނިޔާވެފައިވާ ކަމަށް އިއްޔެ މެންދުރު ފަހު 15:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި ހާދިސާގައި ދިވެހި ދެ ފިރިހެނަކަށްވެސް އަކި ވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
"މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަަލަމުން". ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފްވަގޮތް ވަނީ ނުވެފައެވެ.
ދިވެހި ދެމީހުން ހައްޔަރު ނުކޮއް ތިތިބީ ކީވެތޯ...؟؟
މަރު ނުވިޔަސް އޭޑީކޭއަށް ނުކުރޭވެނެ އެއްވެސް ކަމެއް. އެއީ އެއްވެސް ކަމެއް ވާތަނެއްތަ
ޢަގުހެޔޮކޮއް ކުރަންއުޅެނިކޮއްއަސްލުއަތައްގޮވީ ކޮންކުރިޓް ޝީޓެއްގެ ދަޝުނުވާނެ އެއްޗެއްގޮވުމުގެ ހާދިސާއެއްނުހިނގާ ހުރެފަކާއެއް .