މިއަދު ވެސް ރާއްޖެ އިން އިތުރު 182 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 24 މީހުންނެވެ. ނަމަވެސް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ވެސް 124 މީހުން ފައްސިވިއެވެ. ރިސޯޓްތަކުން ވެސް މިއަދު 34 މީހުން ފައްސިވިއެވެ.

މިއަދު 4656 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %3.91 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ކޮވިޑް ބަލި މީހުންގެ އަދަދު ވެސް އަންނަނީ ގިނަވަމުންނެވެ. މިހާރު ކޮވިޑް ޖެހިފައި 2000 މީހުން އެބަތިއްބެވެ. މިއަދު ކޮވިޑުން ރަނގަޅުވީ 257 މީހުންނެވެ. ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން 26 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަގެންދެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް އެންމެ ގިނަ ބަޔަކު ފައްސިވީ އައްޑޫ ސިޓީންނެވެ. އައްޑޫން މިއަދު ވެސް 41 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 88817 އަށް އަރައެވެ. ކޮވިޑުން ރަނގަޅުވެފައި ވަނީ 86559 މީހުންނެވެ. ކޮވިޑް ޖެހިގެން މިހާތަނަށް 245 މީހުން ރާއްޖެ އިން ނިޔާވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު