ދީން ދަސްވަންދެން އޮރިޔާމާ ރަށުތެރޭގައި ހިނގަން ދިވެއްސަކު ގޮވާލައިފިއެވެ.

ދިވެހި ފިރިހެނަކު އާއްމުކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ އެމީހަކަށް ދީން ނޭނގޭ ކަމަށް ވަންޏާ ދީން ދަސްވަންދެން ޖެހޭނީ ރަށުތެރޭގައި ހުރިހާ އެއްޗެއް ބާލައިގެން ހިނގައި، ދީން ދަސްކުރަން ކަމަށެވެ. ދީން ދަސްކުރުމަށް ފަހު ދެން އެމީހަކު އުޅެން ޖެހޭ ގޮތް އެނގޭނީ އެމީހަކަށް ކަމަށް ވެސް ވީޑިއޯ އާއްމު ކުރި މީހާ ބުނެފައި ވެއެވެ.

ދީން ދަސްވަންދެން އޮރިޔާމާ ހިނގަން ދިވެއްސަކު ގޮވާލި މީހާ އާއިމެދު އަދި މިހާތަނަށް ފުލުހުން އެއްވެސް ފިޔަވަޅެއް އެޅިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ދީން ދަސްވަންދެން އޮރިޔާމާ ހިނގަން ދިވެއްސަކު ގޮވާލި އިރު ތަކުރާރުކޮށް މިސްކިތައް ކުޑަކަމު ދިޔަ މީހަކު މިއަދު މިސްކިތަކަށް އަރައި ހަތިމަކަށް ކުޅު ޖެހި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އޭނާގެ ފަރާތުން އިސްލާމްދީނާއި އިދިކޮޅު އަމަލުތަކެއް ފެންނަމުން ދަނިކޮށް އޭނާ ބަންދުން ދޫކޮށްލުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށާއި ސަރުކާރަށް އަމާޒުވެފައެވެ.

އިސްލާމްދީނާއި އިދިކޮޅު އަމަލުތައް ހިންގާ މީހުންނާއި މެދު އެކަށީގެންވާ ފިޔަވަޅެއް ސަރުކާރުން އަޅަމުން ނުގެންދާ ކަމުގެ ތުހުމަތު ވަނީ ވަރަށް ބޮޑަށް ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އަހުމަދު

    ލާދީނީ ސަރު ކާރު..

    95
    3
    • ދޯދި

      ރާއްޖެ އިސްލާމް ވީ ދުވަހާ ގުޅުވައިގެން ހިންގާ ޖަރިމާ ތަށް

      29
  2. ލޮލް

    އެމްޑީޕީ ވެރިކަމަށް ގެންނަން ވޯޓު ދިން ހުރިހާ އެންމެނަށް މަރުޙަބާ!!

    100
    6
  3. ޢަހަންމާ

    ލާދީނީ ސަރުކާރުން ފިޔަވަޅެއް ނާޅާނެ

    99
    3
  4. މޮޔަވެބަލަ

    ބޭފުޅާ ކޮންމެހެން ދީން އެނގެންދެން އޮރިޔާމުން މަގުމަތީގަ ދުވުމުގެ ބޭނުމެއް ނެތް..ތި ހުރި ރަށެއްގަ ހުރި އެންމެ ދިގު ރުކަށް އަރާ މަންކީއެއްހެން އެލުވިގެން އޮވެބަލަ..އޭރުން މާ ގިނަ މީހުންނަށް ފެންނާނެ..އަދި "ދީން ދަސްކުރާ މީހާ"މިހެން ބޮޑު އަކުރުން ލިޔެފަ އޮތް ބޯޑެއް ކަރުގަ އެލުވާލަންވާނެ..

    74
    2
  5. ގައުމީ

    މީއެބުނާ ގައުމީދޫނި ހިމާޔަތްކޮއްފައިތިބޭ ބަޔެއް ކީއްތޯ ކުރާނީ މާތްﷲ މިނުލަފާމީހުންގެ ކިބައިން މިގައުމު މިނިވަން ކުރައްވާށި އާމީން

    107
    2
  6. މިތުރާ

    ތީސި ކުޑި ހަމަޖެހޭ މީހެއްނޫން، ގުޜާދޫ އަށްގެންދޭ،

    42
    8
  7. ދިވެހިން

    ގަހުގަންބުރަށް ބޮޑުވި މީހަކަށް އެގޭނީ ކޮންދީނެއް

    45
    1
  8. ކާފަބޭ2020

    މިއީ އަނެއްކާކޮންފިކުރެއްގެ ޝއތނއބާ؟

    58
    1
  9. ރައްޔަތުމީހާ

    ކަލޭ ފޮޓޯ ފެނުނީމަވެސް އެބަޖަހައޭ އެފާޑު.

    38
    2
  10. އަދުރޭ

    މިސަރުކާރާ ރައްޔިތުންނާ ދޭތެރޭގައި ފިތުނަ އުފައްދަން އުޅޭ މީހެއްތީ / މީނާއަކީ ޔާމީނަށް ގޮސް ހުސްވެފަ ހުރިމީހެއްތީ

    13
    67
    • ޙިޓް

      ކަލޭތުގޮވަނީ އަވަގުރާން

      12
  11. ދނކޔ ނހނ

    އެއީ ބުރާންޗެއް

    31
  12. ހަސަނާ

    މިމީހުން ފާޅުވަމުން މިދަނީ ސަރުކާރުގެ މަތީ މަގާނުތަކުގަތިބި ޢިސްލށމްދީންގަބޫލް ނުކުރާބައިގަޑުގެ ވާގިލިބިގެން ޕޮލިހުންނަކައްވެސް ތިކަންހުއްޓުވުމުގެ ބާރެއް ގާޒީންނަކައްވެސް ތިކަމައްހުކުމެއްކުރުމުގެ ބާރެއްވެސް ނޯވެ. މުއައްސަސާ އެއްހުރިއްޔާ އެތާގެ ބާރު ވަނީ ދީނުގެ އަދުއްވުނއގެ އަތްމަތީގަ ހުރިހިތާމައެއްގެ ބޮޑުކަމާ އެވެ.

    46
    1
  13. އަހްމަދު

    ފުރަތަމަ ބަލަންވީ އތ އެހުރީ ހަމައިގަތޯ.

    24
  14. ާއަޙްމަދު

    މީހާ ބަލައިލުމުން ހީވަނީ ބޯ އެއްޗެއްގެ ސަބަބުން ކިޔޭ ނުކިޔޭ އެއްޗެއް ނޭގޭ ހާލުގަ ހުރި ބތއނހން.

    23
  15. ރަދީފް

    ކަލޭ ނިކަން މަށަށް .......

  16. ރަދީފް

    ކަނޑުކޮހެއް ދޯ.

  17. ކައުންސެލަރު

    ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ! ލާދީނީ!

    10
  18. ވާދޫ

    މީ ކިހިނެއް ކޮން ދީނެއް ދަސްކުރަން އުޅޭ މީހެއް؟ ހަމަގައިމުވެސް އިސްލާމްދީން ދަސްކުރަން އެއްވެސް އިންސާނަކަށް މިފަދަ ނިކަމެތި ހަޑި ލަދުވެތި ދަށުދަރަޖައަކަށް ވެއްޓޭކަށް ނުޖެހޭ....

    10
  19. އާދޭސް

    ތިމީހާގެ ވަނަވަރު ހޯދާ މީނާއާއިގުޅޭ ނަމްބަރެއް ލިނިބިދާނެތަ.
    ކަމާބެހޭ ފަރާތްތަކުން/ އިސްލާމިކް މިނިސްޓްރީއިން މީނާއަށް ދީން ނޭގޭނަމަ އޭނާއަށް އެކަމުގެ މައުލޫމާތުދީ....

    10
  20. ބަދޫރާ

    މިސަރުކާރުން ލާދީނީ އަމަލު ހިންގާ ބަޔަކަށް ފިޔަވަޅެއް ނުވެސް އަޅާނެ... ޓިކްޓޮކްގައި ދިވެހިން ބަރަހަނާވަނީ.... ދީނަށް ފާޅުގައި ފުރައްސާރަކުރުން ދަނީ އިންތިހާއަށް ބޮޑުވަމުން.... މިކަންކަމަށް އިޞްލާޙެއް ގެންނާނެ ބަޔަކު ވާނެބާ؟؟؟؟

    14
    1
  21. ނިލް

    އިންޑިޔާއިން ޖައްސާ ސްޓަންޓް. އިންޑިޔާ އައުޓް

  22. ******

    ދީން އެނގުމުން ވެސް އޮރިޔާމާ އުޅޭ މީހުން މަދެއްނޫން!! ބައެއް ފަަހަރު މީހުނަށް ހީވަނީ ބޮޑު ހެދުމެއްލީމަ ދީނަށް ވަދެވުނީއޭ، އެހެޔޮ ނަމާދު ނުކުރިއަސް، ރޯދަ ނުހިފިއަސް (އެއްމެންގެ ވާހަކަ އެއްނޫން، އަދި މި މީހާ މި ބުނި ވާހަކަ ރަނގަޅެއްވެސް ނުކުރަން)

  23. ގަމާރުވިއަސްބޮޑުވަރު

    ދުނިޔޭގަ އެބައުޅޭ އެއްވެސް ދީނަކަށް ނުއުޅޭ މީހުން. އެމީހުންވެސް ތިބެނީ އެކަމު ހެދުން ލައިގެން. ހެދުން ލުމަކީ ހަމައެކަނި އިސްލާމް ދީނާ ބެހޭ ކަމެއްނަމަ މުސްލިމުން ނޫން އެހެން އެންމެން ތިބޭނީ ހެދުންނުލައެއްނު. އެމެރިކާއަށް ގޮސް ތިހެން އޮރިޔާމާ ހިނގަން އުޅެބަލަ. އެމީހުން ދީނަށް ބަލާފައެއް ނޫން ހައްޔަރުކުރާނީ.

  24. ބިސް

    މިވެސް ޚަބަރެއްތަ؟ އެކަހަލަ ޖާހިލުން ދައްކާ ވާހަކަ ނުލިޔެ ތަންކޮޅެއް އިލްމީ އެއްޗެއް ލިޔުން މާ ރަނގަޅުވާނެ