ދުނިޔޭގެ ގިނަ ގައުމުތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، އަނެއްކާވެސް ކޮވިޑްގެ އިތުރު ރާޅެއް އުފެދިގެން ހިނގައި ދާނެކަމުގެ ކަންބޮޑުވުން ތަޖުރިބާކާރުން އަންނަނީ ފާޅުކުރަމުންނެވެ.

ހާއްސަކޮށް ޔޫރަޕްގެ ގިނަ ގައުމުތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމަކީ ބޮޑު ކަންބޮޑުވުމެކެވެ. ޔޫރަޕްގެ ގައުމުތަކަށް ކުރިއަށް އޮތީ ފިނިމޫސުން ކަމަށް ވުމުންނާއި ކްރިމަސް އާއި އާއަހަރުގެ ޗުއްޓީ ވެސް އަންނާނެތީ ގިނަ ބަޔަކު ގައިގޯޅިވެ އިތުރު ހަރަކާތްތައް ހިންގުމުގެ ފުރުސަތު އެބައޮތެވެ. އެކަމުގެ ސަބަބުން އިތުރަށް ކޮވިޑް ފެތުރިގެން ހިނގައިދާނެއެވެ.

ރާއްޖޭގެ ހާލަތައް ބަލާއިރު ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ކޮވިޑް ބަލި މީހުންގެ އަދަދު ވެސް އަންނަނީ ގިނަވަމުންނެވެ. މިހާރު ކޮވިޑް ޖެހިފައި 2000 މީހުން އެބަތިއްބެވެ. މިއަދު ކޮވިޑުން ރަނގަޅުވީ 257 މީހުންނެވެ. ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން 26 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަގެންދެއެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބުދުﷲ

    ކޮވިޑު އަށް ފަރުވާ ކުޑަ ކުރެވޭކައް ނެތް.

  2. ބާބޫ

    މައްސަލައަކީ އެޗް.ޕީ.އޭ އިން މާބޮޑަށް ދޫކޮށްލީމަ.......................ހާއްޞަކޮށް ރަށް ރަށަށް ބަލި ފެތުރުމަށް އޮތް ފުރުޞަތު އޮތީ ހުޅުވާލާފަ..............ހީވަނީ ބަޔަކު ގަސްދުގަ ހާވާފައި އޮތް ހަޑިއެއްހެން.................