ހުޅުމާލޭގައި އަންހެނަކު ދުއްވާފައި ދިޔަ ސައިކަލެއްގައި ޖައްސައި ފިލަން އުޅުނު މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 15:40 އެހާކަންހާއިރުއެވެ.

މަންޒަރު ދުށް މީހަކު "ވަގުތަށް" ބުނީ، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު އެކްސިޑެންޓް ވެފައިވަނީ އުމުރުން އެއް އަހަރުގެ ކުއްޖަކު ގޮވައިގެން އެކުއްޖާގެ މަންމަ ދުއްވާފައި ދިޔަ ސައިކަލުގައި ކަމަށެވެ.

"ފަހަތުން އައި ސައިކަލު ޖެހުމާ އެކު ދެ މީހުން ވެސް ވިއްސައިގެން ގޮސް ޖެހުނީ ކާނު ގަނޑުގައި" މަންޒަރު ދުށް މީހާ ބުންޏެވެ.

މި ހާދިސާގައި އަންހެން މީހާގެ ބޮލަށް ކޮންމެ ވެސް ވަރެއްގެ އަނިޔާތަކެއްވި ކަމަށާއި އެހެން ނަމަވެސް އެމީހާއަށް އެހީވުމުގެ ބަދަލުގައި 'ޑިއުޓީ' އަށް ދާން ލަސްވެގެން އުޅޭ ކަމަށް ބުނެ އެތަނުން ދިއުމަށް ސައިކަލުން ޖެއްސި މީހާ ބުނެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެމީހާ ދާން ވެގެން އުޅެނިކޮށް އެތަނުގައި ތިބި މީހުން އޭނާ ހުއްޓުވާ ފުލުހުންނާ ހަވާލު ކުރީ. އެއީ އެމްއޭސީއެލްގެ ޔުނިފޯމު އަޅައިގެން ހުރި މީހެއް" އޭނާ ބުންޏެވެމ

އޭނާ ބުނީ، އަނިޔާވި އަންހެން މީހާއާއި ކުޑަކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެތަނުގައި ހުރި އަންހެނަކު ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަލޯ

    ދައުލަތުގެ ކުންފުނިތަކާ އޮފީސްތަކުގަ އުޅެ ބައެއް މުއައްޒަފުންނަށް ރީތި އަދަބު އަޚުލާޤު ދަސްކޮށްދޭން އެބަޖެހޭ. ބައެއް ކުންފުނިތަކުގެ މުއައްޒަފުން ޔުނިފޯމްގައި ތިބެ ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާ ގަވައިދާ ޚިލާފަށް ބާރަށް ސައިކް ދުއްވުމާ، ވަންވޭ އިދިކޮޅަށް ދުއްވުން ވ ޢާންމު. ކުންފުންޔަށްވެސް ލަދު ކަންކަން މި ހުންނަނަނީ