މަސްތުވާތަކެތި ބޭނުންކުރާ މީހުނަށް ފަރުވާ ދޭ ރިހިބިލިޓޭޝަން ހިންގަން ބޭރުގެ ފަރާތްތަކާއި ހަވާލުކުރަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އެމްޑީޕީ މެންބަރު ހަސަން ލަތީފް އެދިވަޑައިގެންފިއެވެ.

ހަސަން ލަތީފް އެގޮތަށް އެދިވަޑައިގެންނެވީ މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސްގައެވެ.

ބަހުސްގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ހަސަން ލަތީފް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ޒުވާން ޖީލު ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަަމަށެވެ. އެހެން ނޫނީ ކުރިއަށް އޮތް ޖީލު ވެސް ސަލާމަތް ނުކުރެވޭނެ ކަމުގެ އުއްމީދު ކުޑަކަމަށް ވިދާޅުވިއެވެ. އެކަމުގައި ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުތަކެއް ގެނައުމުން މުހިއްމު ކަމަށް ވިދާޅުވިއެވެ. އެކަމަކު ރާއްޖޭގައި އިންސާނީ ވަސީލަތްތައް ހުރި މިންވަރުން އެއީ ދިވެހިންނަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ކުރަން ދަތިކަންކަން، ކުރަން ނޭނގޭ ކަންތައްތައް އަދި ކުރަން އުނދަގޫ ކަންތައްތައް އަބަދުވެސް ކުރަނީ ބޭރުގެ ފަރާތްތަކުގެ އެހީއާ އެކު. އަޅުގަނޑު މި ދަންނަވާ އެހީއަކީ ބޭރުގެ ފަރާތްތަކުން މި ތަނުގައި ރިހެބް ސެންޓަރުތައް ހިންގުމުގެ ވާހަކަ" ހަސަން ލަތީފް ވިދާޅުވިއެވެ.

އެއީ ކޮންމެހެނެވެސް އަވަހަށް ކުރަން ޖެހޭ ކަމެއްކަން ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށާއި އެ މީހުންގެ ކަންތައްތައް ބަލަން ހަވާލުކޮށްފައިވާ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އަށް އަންނަ އަހަރުގެ ބަޖެޓުގައި 129 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އޭގެ ތެރެއިން 117 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ މަސްތުވާތަކެތިން މީހުން ދުރުހެލި ކުރުވުމަށާއި މަސްތުގައި ޖެހިފައިވާ ފަރުވާ ދިނުން ފަދަ ކަންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ބޮލި މުލައް

    ރަނގަޅު އިންޑިޔާ މީހުނަށް ދޭންވާނީ އޭރުން ތިޔަ ވިޔަފާރި ފުޅާކުރެވޭނީ

    21
  2. Anonymous

    ނޫނޭ ތިޔަ ރެހެބެއްވެސް ހިންގާ ކަލެޔާ ނަޝީދާ ދެމީހުން.

    19
  3. އަބްދޫ

    ރިހިބިލިޓޭސަން ސެންޓަރު ތަކުގެ ސަބަބުން މަސްތުވާތަކެތި ނުހުއްޓުވި ކުރިޔަށް ދަނީ ކުށްކުރީމަ ކޮންމެ ކުށްވެރިަކަށް ކަނޑައެޅޭ އަދަބު ތަންފީޒު ކޮށްބަލަ އޭރުން ކުށާ ދުިރަށް ނީހާއަށްދެވޭނީ މަސްތުވާތަކެތި އެއީ ބައްޔެއްނޫން އަމިއްލަޔަށް ޖައްސާބަލި ރަނގަޅުކުރަން ފަރުވާކުރަންވާނީ ވެސް އަމިއްލަޔަށް. ބޭރު މީހުނަށް ފައިސާދީގެން ތިޔަ ތަންތަން ހިންގުމުގެ ބޭނުމެއްނެތް.

    23
  4. ސަހުލާ އަލީ

    ކަލޭ ބުނަންވީއެއްނުން ގެންނަން ޖެހޭ ބަޔަކުވެސް.

    ގައުމެއް ހިންގުމަކީ ހުރިހާކަމެއް އައުޓްސޯސް ކުރުމެއްނޫން. ގާބިލްކަން ނެތިއްޔާ ކުރެވޭ ވަރުބަޔަކާއއި ހަވާލުކުުރީމާ ނިމުނީ.

  5. ޑައެލޯގް

    އެއުޅެނީ އިންޑިޔާގެ އޮށް މިތާގައި އިނދަންވެގެންނެވެ.

  6. ގާދިރު

    ތިޔައުޅެނީ އަންނިއާ ކަލެއާ ދެބަފައިން ވެގެން އަނެއްލާރި ގަޑު ކާލާނެ ގޮތެއް ހޯދަން

  7. ޙަަަހަ

    ބޭރުން އެތެރެކުރާ އެއްޗެތި ބޮއިގެން އަމަލުވާމީހުންނަށް އަނެއްކާ ބޭރުމީހުން ފަރުވާދޭނވީތަ. ކަލޭމެން އައިފަހުން ދިވެހިންނަށް ކުރެވޭނެ އެއްވެސް ކަމެއްނެތިއްޔޭ ، ނުވައްޏާ އިސްތިއުފާދީބަލަ ، މިދާވަރުން މިމީހުން ކިޔާނެ ފިރިމީހާ މަސައްކަތް ބުރަކަމުން ގޭގައި ހުންނަވަގުތު މަދުވީމަ ، އަނބިމީހާ ކައިރީހުރެލަން ބޭރު ފިރިހެނެއް ބަހައްޓަން

  8. ޖާބެ

    ބިރަކާނުލާ މަޖާކުރުން މެކުހައް

  9. އަލީ

    ވިޔަފާރި އިތުރައް ތަރައްގީކުރުން ބޭނުމަކީ

  10. ާއެނޯ

    ބައެއް އަކުރުތަކާއި ފިލިތައް މިގޮޅީގައި ލިޔެވޭނެގޮތް ވެއްޖެއްޔާ ކިހާރަނގަޅު! މި ޖުމުލައިގައިވެސް ކ އާއި ر ނުލިޔެވުނު. ر މިލިޔުނީ އަرަބި ބަހުން.

  11. ހަސަނު

    ބޭރުމީހުން މަދީޔަ؟؟ ކޮންމެ ދިވެއްސަކަށް ތިންމީހުން އެބައުޅޭ ބަނގުލަދޭޝްމީހުން އެކަނިވެސް ..ދެންކޮބާ އަދި އިންޑިޔާ މީހުން..އެހެން ގައުމުތަކުގެ މީހުން...ހަސަނު ބޭރަށް ނިކުމެ ގޭގަތަ އޮންނަނީ ބޭރުމީހުން ނުފެންނަނީ؟؟؟

  12. ގައުމު

    ޢެމް.ޑީ.ޕީ ހިންގަން ބޭރު މީހުން ގެންނަންޖެހޭ.. ޗެއަރޕާރސަން މަގާމާއި ، ރައީސް ގެ މަގާމަށް ޔޫކޭ މީހުން ގެންނަން ޖެހޭ..

  13. ކުރުކުރު

    އަނބިމީހާ ކަންތައް ބަލަހައްޓަންވެސް ބޭރު ދެމީހުން ގެންނަން ޖެހޭ