ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ ފެއިލްވެފައިވާ ސަރުކާރެއް ކަަމަށާއި، މި ސަރުކާރަށް ދެވޭނީ "އެފް" ރިޕޯޓެއް ކަަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، މިއަދު ހަވީރު އިިދިކޮޅު ކޮންގްރެސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އާދަމް ޝަރީފް ވަނީ މި ސަރުކާރުން ނުކުރެވި ހުރި ވަރަށް ގިނަގިނަ ކަން ކިޔާލަދެއްވާ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅުއްވާފައެވެ. އެ ޕްރެޒެންޓޭޝަންގައި 50 ޕޮއިންޓް ފާހަގަކޮށްފައި ވެއެވެ. އަދި އެ 50 ޕޮއިންޓަށް މާކްސްވެސް ދީފައި ވެއެވެ.

"އަޅުގަނޑުމެން މި ސަރުކާރަށް ދޭނީ "އެފް" ރިޕޯޓެއް، އެއްވެސް ނަތީޖާއެއް ސަރުކާރުން ނުނެރެވުނު، ރައްޔިތުން ތިބީ މާޔޫސްކަމުގައި، މި ސަރުކާރު އޮތީ ފެއިލްވެފައި".

އެ ޕްރެޒެންޓޭޝަނަށް ފަހު އާދަމް ޝަރީފް ވިދާޅުވީ> މި ނިމިގެންދާ ސަރުކާރުގެ ފުރަތަމަ ތިން އަހަރަކީ މުޑުދާރު ތިން އަހަރު ކަމަަށެވެ.

"ހަމަ ހަގީގަތުގައިވެސް ތާހިރު ނޫން މޫޑުދާރު ތިން އަހަރުކަމަށް އަޅުގަނޑުމެން ކަނޑައަޅައިފިން، މިއީ ރައްޔިތުންގެ ގިނަބަޔަކު ގަބޫލުކުރާގޮތް، ނިމިގެން މިދާ ތިން އަހަރަކީ މުޑުދާރު ސާފްތާހިރުކަމެއް ނެތް، ތިން އަހަރު". އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރިފް ވިދާޅުވީ، މިއީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ކުރި ތިން އަހަރެއް ނޫން ކަމަށާއި ވީ ގެއްލުން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރައީސް ސޯލިހްގެ ސަރުކާރުގެ ތިން އަހަރުގެ ނަތީޖާއަށް ބަލާއިރު، ބޭރުގެ އިންވެސްޓަރުންގެ އެއްވެސް އިތުބާރެއް ރާއްޖެއަށް ނެތްކަމަށާއި، ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލުނު އެތައް ބައެއްގެ މަގުމަތިވިއިރު، އެ މީހުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދެވިފައި ނުވާ ކަަމަށެވެ. އަދި މަސްވެރިން ބާނާ މަހަށް އަގު ނުލިބުނު ކަމަށާއި، ދަނޑުވެރިން ބާނާ ތަކެއްޗަަށް ރަނގަޅު މާކެޓެއް ލިބިގެން ގޮސްފައިނުވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ހަރުމުދާތަކާއި، ކުންފުނިތައް ވިއްކައި، ރާއްޖެ ބަނގުރޫޓުގެ މަގަށް މިސްރާބު ޖަހާފައިވާ މަންޒަރު ފެންނަމުންދާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައްވެސް އިންތިހާއަށް ރާއްޖޭގައި މަތިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ރޭޕްގެ މައްސަލަތަކާއި، ޖިންސީ ގޯނާގެ މައްސަލަތަކާއި، ކުޑަކުދިންނަށް ބޮޑެތި ނުރައްކާތައް ކުރިމަތިވެގެންދާއިރު، އެފަަދަ އަަމަލުތައް ހިންގާ ފަރާތްތަކަށް ސަރުކާރުން ފުރުސަތު ދީގެން ރާއްޖޭގެ ދޮރާށިތަކުން ނުކުމެގެންދާ މަންޒަރުވެސް ފެންނަމުންދާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިތުރަށް އާދަމް ޝަރީފް ވިދާޅުވީ، ގޮތްނޭނގޭ މަރުތައް މީގެ ކުރިއާ އަޅާބަލާއިރު، ވަަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

"އެކަންކަމާއި ގުޅޭގޮތުންވެސް ސަރުކާރުން ބަހެއް ބުނެލައި، ވާހަކަދައްކަތަން ނުފެނޭ". އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދި މަސްތުވާތަކެތި އެތެރެ ކުރާ މިންވަރު 200 ކިލޯ އަށް މައްޗަށް އަރާފައިވާ ކަމަށާއި، މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ފްރާޑާ އައިނު

  ކަލޭމެންނަކީ ހުސް ވަގުން !

  3
  7
 2. ލލ

  ޤައުމުގެ ކަންކަން ފާލުން ނެއްޓި ބޮއްސުން ލަމުން ގޮސް ހުރިހާ ކަމެއް ބޮއްސުންލާ ގާދޫކޮލުން ބޭރުވަނީ !

 3. އަލްޖިބްރާ

  " އޭ " ރިޕޯރޓް ލިބުނު މީހުން ވެރިކަމުން ބަޑުވަތަށް ބިންމައްޗައް ވެއްޓި ވެލިކަމުން ދަނީ ކީއްވެތަ ؟

  1
  1
 4. Anonymous

  ޔޫ ރިޕޯޓެއްވެސް ނުލިބޭނެ އޭގެ ފަހުގަ އެއްނު އަދި އެއްފައް ދާނީ.

 5. Anonymous

  އެފް އެއް ވެސް ނޫން
  ޔޫ ރިޕޯޓު

 6. ޓިނުވަގު

  ސުކޫލު ހަދައިގެން ނަންވަނީ އަންނި