ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފާއިތުވި ތިން އަހަރު، ވަކި މީހަަކަށް ވަކިގޮތެއް ހެދުމުގެ ސަގާފަތު ބާރަށްް ކުރިއަށް ދިޔަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ބާ ކައުންސިލްގެ އެކްސްކޯ މެންބަރު ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

ޑރ. އަނާރާ މިގޮތަށް ވިދާޅުވީ، ރައީސް ސޯލިހް ސަރުކާރަށް ތިން އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އޭނާއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މެންބަރެކެވެ. އަނާރާ ވަނީ އެންމެ ފަހުން ބޭއްވި މަޖިލީހުގެ އިންތިހާބުގައި މަކުނުދޫ ގޮޑީ ކާމިޔާބު ދިފާއު ކުރެވޭތޯ މަސައްކަތް ކުރައްވާފައެވެ. އެހެން ނަމަވެސް އެކަން ވަނީ ނާކާމިޔާބުވެފައެވެ.

މިއަދު ރައީސް ސޯލިހްގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރާއިރު، ޑރ. އާނާރާ ވިދާޅުވީ، ފާއިތުވި ތިން އަހަރު ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ސަގާފަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

"ރައްޔިތުންގެ މެދުގައި އިންސާފާއި ހަމަހަމަކަން ގާއިމްކުރުމަށް މަސައްކަތް ކުރަން ވަނީ ޖެހިފައި" އަނާރާ ކުރެއްވި ޓްވީޓްގައި ވެއެވެ.

އަނާރާ މިފަދަ ގޮތަކަށް ޓްވީޓްކޮށްފައިވާއިރު، މިފަހަކުން އޭނާ އުޅުއްވީ ސިޔާސީ ކަންކަމާ ވަރަށް ދުރުގައެވެ. އަދި މިއީ ދުވަސްތަކެއް ފަހުން އަނާރާ ސިޔާސީ ވާހަކައެއް ދެއްކެވި ފުރަތަމަ ފަހަރެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މަޖިލީސް އިންތިހާބު ނާކާމިޔާބުވެވަޑައިގެންނެވި ފަހުން އޭނާ ސިޔާސީ ކަންކަމާއި ވަރަށް ބޮޑަށް ދުރަށް ޖެހިވަޑައިގެންނެވި ކަމެވެ. އަދި ބޮޑަށް އިސްކަން ދެއްވީ އިތުރަށް ކިޔަވާ ވިދާޅުވުމަށްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ގަހުރަމާނުން

    މިއީ ފިސާރި ތެދެއް،ަކަސްޓަމްސް އަކީ މީގެ ނަމޫނާ މިސާލެއް.އެތާގައި މީހަކަށް ލިބެންޖެހޭ އެސިސްޓެންޓް ކޮމިޝަނަރ ކަންވެސް ނުދީ ބޮޑޭ އަދި މާންޑޭ އަދި މާނިއު އާއި އެކު މަސީހު ދިގުދައްމަނީ. ކޮމިޝަނަރ ގެ ގަހުރަމާނުން ނަށް މެޑަލް.އަދި ޕޮރޮމޯޝަން މަތމައްޗަށް.

    35
    1
  2. ލލ

    ސަތޭކަ ޕަސެންޓް ރަގަޅުވާހަކައެއް ! ސާބަހޭ ޑރ އަނާރާ ތިޔަބުނީ ފިސާރި ރަގަޅު ހައްޤުބަސް !

    18
  3. Anonymous

    މިހާރު ތިވިދާޅުވީ 100% ވާހަކައެއް، އަނާރާ ކަމަނާ ރ.ޔާމީނު ވެރިކަމުން ވައްޓައި އިބޫސާލިހު ވެރިކަމަށް ގެންނަން ފޫގަޅާފައި ދުވިއިރު ކުޑަކޮށްވެސް ނުވިސްނުނީބާއޭ ހިތަށްއަރަނީ އެއްވެސް އިލްމެއް ޙިލްމެއް ނެތް މީހެއްގެއަތަށް ގައުމުދޫކޮށްލީމަ ކަންތައް ވާނެގޮތް؟؟ ބޭއިންސާފުން ވަކިމީހަކު ފުރޭމްކޮށް ވަކިމީހަކު ރަނުން ޒީނަތްތެރިކުރުން އެކަންޏެއްނޫން، އެހެނިހެންކަންތަކަށް ބަލާއިރުވެސް މިސްރާބެއްނެތި ދަތުރުކުރާ އޮޑިއެއް ފަދަ، ރައްޔިތުންގެ ބެއިތުލްމާލުން ބޭކާރު ޚަރަދުކޮށް ގައުމު އިނދެ ޖައްސާލި ވެރިކަމެއް، ކޮންމެ މަހަކު ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެވެނީ ފައިސާ ޖަހައިގެން. މިއީ ހަގީގަތް.

    37
    1
  4. ތުއްތު

    ސިވިލްސާވެންޓުން އަނގަމަތީ ޓެޕްއަޅައި ތަފަތުކުރަނީ

    34
    1
  5. އަދާލަތު

    ތިމާމެން ގެ ނާގާބިލް ކަމުން ގެނައި ނާގާބިލް ސަރުކާރޭ މި އޮތީ ވެރިކަމާގެން ފެންބޮވާގެން ކަރުތާފެނަށް އަޅާފައި! ދެންވެސް ތި މީހާމެންނަކަށް ނުވިސްނޭނެ! ތި މީހާމެން މާދަމާ ވެސް ގަނެލާނެ! ގައުމު ފަނާކޮށްފަ ތިބި ޝައިޠާނުންތަކަކަށް ވެރިކަން ދޫކޮށްލީ! ފުރޭތަތަށް މިހާރު އެތިބީ ތިޔަމީހާމެންނަށް ބޭނުންގޮތެއް ހަދާލާފައި! ދެންތިބެ އަނގަ ހާވާހާވާލާ! ބޯން އުޅުން ބޮނޑި ތި އޮތީ ބޮވިފައި.. ލާދީނީ ބަޔަކާއެކިު ތޔަ މީހާގެ އަދޭލަތު ޕާޓީ ވެސް ހަނާވެދިޔައީ! އަދި ވެސް ތިޔަ މީހާމެން ﷲ އިރާދަކުރެއްވިޔާ އިމްތީހާނު ކުރައްވާނެ! ހުރިހާ މުނާފިގުކަމެއްގައި ތިޔަ އަދާލަތުބައިވެރިވެ ޔާމީނު ވެރިކަމުން ދުރުކުރީ! ތާހިރުވެއްޖެ އެއްނު މިއަދު!

    15
  6. ހަނާ

    ވަރަތާހިރު ތެދެއްތީ....

    13
  7. އަލީ

    މިއީ ވެސް ފިސާރި ކަމަނާއެއް. ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން ފިރިމީހާ ލައްފާ ފޮތެއް ލިޔެގެން ޕީއެޗްޑީ ނަގައިގެން އުޅޭ ކަމަނާއެއް. ދެން ނަގާނީ ރައީސްމީހާގެ ގޮނޑިކަންނޭގެ. އެއްޗެއް ނޭގުނަސް ހެޔޮތާ ބޭނުން އެއްޗެއް ނެގެންޏާ.

    9
    1
  8. ގުޑގުޑާދޫނި

    އެކަމަކު އަނާރާވެސް ބައިވެރިވެގެން ހިތާހިތުން ގުޅުވައިގެން ގެނައި ވެރިކަމެއްމީ.ނޫންތަ؟ މިހާރު ކީކޭކިޔާކަށް. ރައީސްޔާމީން ވެރިކަމުން ބާލަން ފޫހަޅާފަހުރި އަނާރާވެސް. ލަދެއްނުގަނޭތެ މިހާރު އަނގަ ހުޅުވާކަށް.

    12
  9. ވާނުވާ

    ލޯބިވާ އަނާރާ ! ހުވަފެނެއް ފެނުނީތޯ؟؟