ދިރިއުޅޭ ރަށުން ބޭރުގައި ހާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް، ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ދިރިއުޅުމުގެ ހަރަދުތައް އަންނަ އަހަރު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އިސްލާމްދީނުން ފެންނަން އޮތީ، އިޖުތިމާއީ އަދާލަތާއި ހަމަހަމަކަމާއި، މެދުމިނުގެ އެންމެ މަތިވެރި އުސޫލުތައް ކަމަށެވެ. އިސްލާމް ދީނުން ފެންނަން އޮތީ ބައިބައިވުމާއި ވަކިވަކިވުމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިސްލާމީ އަހުލާގު ދައުވަތު ދެނީ، އޯގާތެރިކަމާއި ލޯތްބާއެކު އެކުވެރިވެ، އެއްބައެއްގެ ގޮތުގައި އުޅުމަށް." ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިސްލާމް ޓީޗަރުން ވިދާޅުވާ ގޮތުން، ކީރިތި ގުރްއާނުގެ އިލްމަކީ، ވަރަށް ތަނަވަސް ދާއިރާއަކަށް ފެތުރިފައިވާ އެއްޗެއް. ނަމަވެސް، އެ އިލްމުތަކުގެ ބޭނުން ހިފޭ ތަނެއް އަޅުގަނޑުމެންގެ ތެރެއަކުން ނުފެނޭ. އަޅުގަނޑަށް ގަލުކުރެވޭ ގޮތުގައި، ގުރްއާން ޓީޗަރުންނާއި، ޙާފިޒުންނާއި އިމާމުން އުފެއްދުމަށްވުރެ، ކީރިތި ގުރްއާނާބެހޭ މަރުކަޒުގެ ދައުރު މާ ފުޅާވާންވެއްޖެ."

ރައީސް ވިދާޅުވި ގޮތުގައި އެންމެ މުހިންމު ކަމަކީ ކީރިތި ގުރުއާނުގެ އިލްމުތައް ފެތުރުމެވެ. ގުރުއާންގެ އިލްމީ ކަންޒަރުން އަޅުގަނޑުމެންގެ ސިކުނޑިތައް މުއްސަނދިވެގެން ދާނީ ކީރިތި ގުރުއާންގެ އިލްމީ ދިރާސާތައްކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ޒަމާނުގެ އިލްމީ ހޯދުންތައް ވެސް ކީރިތި ގުރުއާންގެ އިލްމީ ހަގީގަތްތަކުން އިތުރަށް ފުރިހަމަވެގެންދާނެ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"އެހެންވީމާ، އަޅުގަނޑަށް ވިސްނޭގޮތުގައި، މި މަރުކަޒުގެ ދައުރު މާބޮޑަށް އެބަ ފުޅާވާންޖެހޭ. ގުރްއާނާބެހޭ މަރުކަޒެއް ހުރުމުގެ ހަގީގީ ފައިދާ ލިބޭނީ އޭރުން." އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.

"މި ސަރުކާރުން އިރާދަކުރެއްވިއްޔާ، ގުރްއާނާބެހޭ މަރުކަޒު މިއަށްވުރެ ފުޅާކޮށް، ދީނީ އިލްމު ރާއްޖޭގައި ފެތުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަން، މިރޭ އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން."

ރައީސް ވިދާޅުވީ ޖަޒީރާ ތަރައްގީގެ އެންމެ މައި ތަނބަކީ ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ދީނީ އިލްމު އުނގަންނައިދީ ފެތުރުން ކަމަށެވެ.

"މިގޮތުން، މިހާރުވެސް އިތުރު ކަންތައްތަކެއް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން. މި އަންނަ އަހަރު ފެށިގެން އަންނައިރުގައި، ޙާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، ކޯސް ފުރިހަމަކުރުމަށް ބޭނުންވާ އެމީހުންގެ ދިރިއުޅުމުގެ ޚަރަދުތައް އިރާދަކުރެއްވިއްޔާ، ސަރުކާރުން ހަމަޖައްސައިދޭނަން." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ކަހަރިވައް

  ޢަރަބި ބަސް ނޭނގި ދިރާސާނުކުރެވޭނެ އެހެންވީމަ ސްކޫލުތަކުގަ ހުރިހާ ގްރޭޑެއް ގަވެސް ޢަރަބި ކިޔަވާވާދޭންޖެހޭ

  10
  2
 2. ކާފަބޭ2020

  ޙާފިޒުންތައްޔާރުކުރަންފޮނުވަނީ ދުނިޔޭންބޭރަށްތޯ؟ ތިޔަވަރުގެޚަރަދެއްކުރަން އިންޑިއާއިން އިތުރުލޯނުއެހީއެއް ފަހުންދައްކާގޮތަށް ނުހޯއްދަވާނަންތޯ؟ ބޮޑުއިންޓްރަސްޓަކާނުލާ ތިޔަކަހަލަކަމަކަށް އިންޑިއާއިންޚަރަދުކޮށްފާނެބާ؟؟؟؟؟

  2
  1
 3. މުރަކަ

  އެބަހޭލުންތެރިވޭ ދެން މިސްކިތްތަށް މަރާމާތު ކުރަށްވަން ސަރުކާރުން ފަށްޓަވާ އާންމުންނަށް ހޮޅުވާލި މިސްކިތު ފަންޑުކަނޑާލަށްވާ މިސްކިތްތަށްމަރާމާތުކޮށް އާބާތުރަ ފިލުވުމަކީ 100 ޕަސެންޓު މުސްލިމުގައުމެއްގެ ސޯލިހު ރައީސަކު ކޮށްދޭން ލާޒިމު ކަމެއް.

 4. ދަރަނި ދަންތުރަ

  މުނާފިގުން ކަންކުރާގޮތަށް ތިޔަ ކަންކުރާ ދުލުން ރިވެތި ބަސްބުނެފަ އަމަލުން އޭގެ އިދިކޮޅު ، މިސްކިތްތަކާ ގުރުއާނާ ބެހޭ މަރުކަޒު ވީރާނާވެ ނެތިފަނާވަނީ އިސްލާމް ދީނަން ފުރައްސާރަކޮށް ހަތިމަށް ކުޅުޖަހާ ހަދަނީ މިކަންކަން ސޯލިބޭގެ އިބޫ އަށް ރޭކާލާ ކަމަކަށް ނުވޭ

  5
  1
 5. ޙަދިސައިބު

  އިސްލާމްދީ ދަސްކޮށްނުދޭތޯ ޢައިރު މުސްލިމު ގައުމެއްގެއަޅުވެތިކަމަށް ނުދިއުމާއި ގައުމުވުއްކާނުލުމަށް، އަދި ރަލާއި އޫރުމަސް ބޭނުން ނުމުރުމަށް މާފުށި އަދި ފުލިދޫގައި ފުލޯޓިން ބާ ހަދައިގެން ރާބީއިރުވެސް އެކަން ނުހުއްޓުވަންތޯ އިސްލާމްދީން ދަސްކޮށްދެނީ!

 6. އެދުރުބެ

  ސަރުކާރުން ތިކުރީ ވަރަށް ލާދިނީކަމެއް! ވާގޮތަކީ........
  - ޢަލީ ރަމީޒް-

 7. މުޙައްމަދު

  މަޑުމަޑުން އެބަ ރަނގަޅުވޭ

 8. ހަވާސާ އިބޫ

  އެމްކިޔޫ އޭގެ ވެރިޔާ ގަބޫލުނުކުރޭ ދިވެހިބަހުން ގުޜުއާނުގެ ޑިގުރީ ހެދިދާނެކަމަކަށް ޑރ.ގެނަން ކުރިއަށްލައިގެން މަވަރެއްނެތިގެން އުޅޭ އެމްކިއޫއޭގެ ވެރިޔާ ބުނަނީ 8 އަހަރުންނޭ ގުރުއާނުގެ ޑިގުރީ ނެގޭނީ ބޭނުމަކީ ގުރުއާނާއި އިސްލާމްދީނަށް މީހުން ފޫހިކުރުވުން މިބޭފުޅާއަކީވެސް ލާދީނީ ފިކުރުގެ ބޭފުޅެއްބާ؟ ނޫނީ ވަޒީފާގެ ދަހިވެތިކަން ބޮޑީބާ؟ ރާއްޖޭގެ ގުރުއާން އިންސްޓިއުޓުރތަކުން އާދޭސްކުރާއިރުވެސް ގޮތަދޫނުކުރޭ!

 9. ައަބުޅޯ

  ފޮނި ބައިސާ ކެނޑުނީމައި ޤުރްއާނުގެ ތަޢުލީމު ފުޅާ ކުރެވޭނެ.
  ބަލަގަ ނިމިދިޔަ 3 އަހަރު އަލަށް ފެށި ޤުރްއާނުގެ މަތީ ލެވެލްގެ ކޯހެއް ނޯންނާނެ.
  ޤުރްއާނަށް އިސްކަންދޭ މިންވަރު ފެންނާނީ ޤުރްއާނާބެހޭ މަރުކަޒު ބާލާލި މީހަކަށް
  އެތަނުގައި ތިބީ ސިޔާސީ ދެ އުޅިއެއްނުވާ 3 ބުރާންތިލާފައި.
  ކޯހެއގެ ކަންތައް ރާވައި ހިންގާނެ ތަޢުލީމީ މީހަކު ނުހުނާނެ.
  އަތޮޅުތެރޭގެ މަރުކަޒުގެ ގޮފިތައް ވަނީ ހުއްޓިފައި
  މޮޅު ބައިސާ ކެނޑޭތޯބަލާތި