ދުނިޔެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ގިނަވެ އަނެއްކާވެސް ކޮވިޑްގެ ބިޔަ ރާޅެއް އަންނަނީ އުފެދެމުންނެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ބައެއް ގައުމުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅުތަކާއި ދެކޮޅަށް ރައްޔިތުން ގެންދަނީ ވަރުގަދަ މުޒާހަރާތައް ވެސް ކުރަމުންނެވެ.

ފިނި މޫސުމާއި އަދި އާއަހަރުގެ ޗުއްޓީ އާއި ދިމާކޮށް ހުޅަނގުގެ ގައުމުތަކުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ރާއްޖޭގެ ހާލަތައް ބަލާއިރު މިއަދަކީ ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިމަހުގެ އެހެން ދުވަސްތަކާއި އަޅައި ބަލާއިރު މަދު ދުވަހެކެވެ.

މިހާރު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދަކީ 1984 އެވެ. މިއަދަކީ ނޮވެމްބަރ މަހުގެ 05 ވަނަ ދުވަހަށް ފަހު ރައްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ މަދުވި ދުވަހެވެ. ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 16 މީހުންނަށެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 90821 އަށް އަރައެވެ. އޭގެތެރެއިން 88576 މީހުން މިހާތަނަށް ކޮވިޑުން ރަނގަޅު ވެފައިވެއެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 248 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިޔާލު

    ވަގުތު ނޫސްއަށް ތި ރާޅެއް ތި އަރަނީ.. ކޮން ކޮވިޑެއްތަ؟