ފަރުވާ ކުޑަކުރި ފެމިލިޓީ ކޯޓުގެ ގާޒީއަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަނު (ޖޭއެސްސީ)ން އަޅައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ، ފެމިލީ ކޯޓަށް ހުށަހުޅުނު މައްސަލައެއް ބަލައި ހުކުމްކުރުމުގައި، މައްސަލަ ބެއްލެވި ގާޒީ އަބްދުﷲ އަދީބު ފަރުވާކުޑަކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އެހެންކަމުން ގާޒީ އަދީބުގެ މި އަމަލަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.4 އަދި 6.5 އާ ހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ، ޖޭއެސްސީގެ 1-32 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން، ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގާނެ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ޖޭއެސްސީން މިހާރުވެސް ދަނީ ގިނަ ފަނޑިޔާރުންނަށް ފިޔަވަޅު އަޅައި، ފަނޑިޔާރުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް ބަލަމުންކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ޖޭއެސްސީން ވަނީ ފަނޑިޔާރުންތަކަކެއް ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، ފަނޑިޔާރުންތަކެއް ވަކިވެސްކޮށްފައި ވެއެވެ.'

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކައްނެލި އޮޑި

    ޢަރަބިއަކުރު ނުދަންނަމީހަކު ކަމުގައިނުވާތީ،

  2. ހުސެން

    ބޮޑު ކަހީނު އެހެރީ ޖުޑިޟަރީ އަތް ބާނައިގެން.ކެނެރީގޭ ބޮޑު ބޯވަ

    8
    1
  3. ސސ

    ޖޭއެސްސީ އަކީ އެމްޑީޕީގެ ސިޔާސީ އެކްޓުވިސްޓުން ތިބެގެން ގޭސްއަބުރާ ޖުޑިޝަރީ ހަލާކު ކުރާތަނެއް !

    6
    1
  4. މޮޔަސޮރު

    ކ.ގުރައިދޫގައިވެސް އެބައުޅޭ ފިޔަވަޅު އަޅަންޖެހޭ ޤާޒީއެއް

    3
    2
  5. ލޯކަނު ސޮރު

    ކެނެރީ ޖުޑިޝަރީ ؛؛ ކިނާރާއެއް ނުލިބޭ އޮޔާދާ ގާނޫން ،.

    4
    1
  6. ލލ

    ޢިސްލާމް ދީނަށް ފުރައްސާރު ކުރާ މީހުނާއި ދޭތެރޭ ފިޔަވަޅު ނޭޅި ހަމަ އެކަނި ފަޑިޔާރު މަނިކުފާނާއި މެދުގައި ފިޔަވަޅު އެޅުން އަދި މުޅިން އިންސާފު ވެރިޔަކީ ނޫން!