އައްޑޫސިޓީ ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދުރަސާގެ ޓީޗަރަކު ދީނާއި ހިލާފު ވާހަކަތަކެއް ދަރިވަރުންނާއި ދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި މި މައްސަލަ މިހާރު ސްކޫލުން ބަލަން ފަށާފައިވާއިރު، އެފަދަ ގޮތަކަށް ދަރިވަރުންނާއި ވާހަކަ ދައްކާފައިވަނީ އެ ސްކޫލުގެ ގްރޭޑު އަށަކަށް ކިޔަވައިދެމުން އަންނަ އިންޑިއާގެ ޓީޗަރެކެވެ.

މި ހާދިސާއާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ދަރިވަރެއްގެ ފަރާތުން ސްކޫލުގެ އިސްފަރާތްތަކަށް އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެކަން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައި މިނިސްޓްރީއާއި ވެސް އެކަން ހިއްސާ ކޮށްފައިވާ ކަމަށެވެ.

"ތަހުގީގަށް ފަހު ސްކޫލުން ރިޕޯޓް ފޮނުވާނެ މިނިސްޓްރީއަށް. އެއަށްފަހު މައްސަލައާއި ގުޅޭ ފިޔަވަޅެއް އަޅާނެ" އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެޓީޗަރު ވަނީ  "ކަލާނގެ ވޮޑިގެން ނުވާ" ކަމާއި ގުރުއާނުގައި ވަނީ "ހިޔާލީ ވާހަކަތަކެއް" ކަމަށް ބުނެ ދީނާ ހިލާފު ވާހަކަތަކެއް ކްލާހެއްގައި ދައްކާފަ އެވެ. އަދި "ކަލާނގެ ވޮޑިގެންވާ" ކަމުގެ ހެކި ދެއްކުމަށް ވެސް އެ ޓީޗަރު ވަނީ ދަރިވަރުންގެ ކިބައިން އެދިފަ އެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަޙުމަދު

    މިއީ ވަރަށް ދެރަކަމެއް، މި ޤައުމުގެ ހަމަޖެހުމާއި އަމާންކަން ބިނާވެގެންވަނީ މަތިވެރި އިސްލާމްދީން ޤައުމުގައި އޮތުމުގެ ސަބަބުން. ވީމާ އިސްލާމްދީން ގެ ހުރުމަތް ނަގާލަން މަސައްކަތް ކުރުމަކީ ކުރެވިގެންވާނެ ކަމެއްނޫނެވެ. ރިޕޯޓް ލިބެންދެން މަޑުކުރާކަށް ނުޖެހޭނެ އޭނާ އެވާހަކަ ދެއްކި ކަން ތިޔޮތީ މިނިސްޓްރީ އަށް މިނިސްޓަރަށް އެނގިފައި ވީމާ ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅުއްވައި ދެއްވުން އެދެން.

    54
    1
    • މުސާރަ

      މިރާއްޖޭގައި މީހުން ކަތިލުމާއި ވައްކަން ކުރުމާއި، ވަރި ގިނަވުމާއި، ކުޑަ ކުދިންނާއި ބެހުން މިއީ ކިހިނެއް ވާކަމެއް. މިކަންކަން ކޮއްގެންތަ ގައުމުގައި އަމާންކަން ގާއިމު ކުރަނީ. މޮޔަ ނުގޮވާ. ދޮގު ހަދައިގެން އެއްވެސް ކަމެއް ހާސިލެއް ނުވާނެ

      6
      7
      • ނަން

        ބުރޯ 1990 ގަ ވެސް މިތާ ނޯވޭ ތިކަހަލަ ބިރުވެރި ކަމެއް އޭރު މިތާންގަ ނޫލޭ އެހެން ދީނެއްގަ މީހުނެއް

  2. ނަން

    ކޮން ބިރެއް ނަގާކަށް. އޭނައަށް ރީތި ދީން ދަސްކޮށްދީ އިސްލާމް ކުރުވާލަ ބަލަ. ނޫނީ ޚިތާނު ކޮށްލަބަލަ

    29
    3
  3. ނަން

    ތިވެސް ހަރުކަށި މީހެއް ނަމަ ވަގުތުން އުފުރާލީސް

    47
  4. ހހ

    އިންޑިޔާ އައުޓް

    60
    1
  5. ރާއްޖެތެރެ

    އިންޑިޔާ އައުޓް

    59
    1
  6. ހުސެން

    އިންޑިއާ މީހެއްތަ މިރާއްޖެ ޤާނޫނެއް ނުހިނގާނެ،ރޭވިގެން ހިންގޭ ކަމެއް މިއީ ،އެމްޑީއެން ސްޕޮނސާޑް އެމްޑީޕީ ލާދީނީސްޓުން އަޑީގައި ތިބެގެން ކުރުވާ ކަންކަން މިއީ .މިފަދަ އެއްވެސް މީހަކަށް ފިޔަވަޅެއް އެޅުނުތަ.މިކަމުގެ ހިތިރަހަ މިސަރުކާރަށް ފެންނާނެ.އަދި ލާދީނީ އެޖެންޑާ ހަލާކު ކުރައްވާށި އެންމެން ފަލީހަތްވެ ރައްޔިތުންގެ އަދަބު ދޭތަން ދައްކަވާށި.ޤާނޫނު ނުހިގާނަމަ ދެން ރައްޔިތުންގެ ބާރު ހިގާނެ

    47
    2
  7. ހުސެން

    އިންޑިއާ މީޙުންގެ މައްޗަށް މިރާއްޖެ ޤާނޫނު ނުހިގަނީތަ ނޫނީ އެމްޑީޕީ ސަރުކާރުން ނުހިންގަނީތަ.މިއީ ރޭވިގެން އެމްޑީއެން އާއި އެމްޑީޕީ ލާދިނީސްޓު ހަރުކަށިފިކުރުން ހިންގުވާ ކަންކަން.ރައްޔިތުން ޤާނޫނާ އަރާ ހަމަކުރުމުގެ ކުރިން މިކަން ސަރުކާރުން ހައްލުކުރަން އެބަޖެހޭ.އެހެންނޫނީ ރައްޔިތުން ކެކޭނެ.#އިންޑިއާ އައުޓް.އިންޑިއަން މިިލިޓަރީ އައުޓް

    46
    2
  8. ޙަަަހަ

    މިހާރު މާލެ ސްކޫލުތަކުގައިވެސް ދަރިވަރުންނަށް އެބަދޭ ޤައުމުތަކުގެ ސަޤާފަތާއި މައުލޫމާތުހޯދާ ވާހަކަދައްކަން ، އެކަމަކު ޤައުމުތައް ސެލެކްޓްކުރަނީ ސްކޫލުން ، މިއިންނަނީ ކުދިން ދަންނަ އެންމެ ޤައުމެއް ، ދެން ނޭނގޭ ޤައމުތަކެއް ، މީ ދެން ބޮޑުވަރު

  9. އުގުރި

    މިވެސް ވަރަށް ހީވޭ ކުރީ ސަރުކާރުގެ ކަމެއް ކަންހެއް.

    5
    2
  10. މުޝްތަސީރު ފަހްމީ

    މީގެން އެގެނީ ދިވެހިންނައް ނޭގެނީކަން. އެއީ ސްކޫލެއް. ސްކޫލް ގާ ކިޔަވާދޭނީ. ރަގަޅުގޮތާ ގޯސްގޮތާ ވެސް ހުށަހެޅޭނެ. ވާހަކަވެސް ދެކެވޭނެ. ޖަދަލުވެސް ކުރެވޭނެ. އޭރުން ކުދިންނައް ދަސްވާނީ. ގޯސްމަގުން ދާކުދިންނައްވެސް ރަގަޅުގޮތް ދަސްވާނީ.
    ދުނިޔޭގެ އާބާދީގެ ކޮންމެ 8 މީހަކުން 7 މީހަކީ މުސްލިމެއް ނޫން. ގަސްދުގަ ލޯކަނުކުރީމަ، ކަންފަތައް އުގުރި ޖެހީމަ، އަދި މަންމަން ކަމައް ހެދުނީމަ، ގަމާރު ޖާހިލުން ބޮޑެތިވާނީ!

    4
    21
    • ފުނަ

      ބަލަ ސޭކާ، ސުކޫލެއް ކަމަކު ކޮންމެ ޓީޗަރަކު ބޭނުންހާ މާއްދާއަކާ ބެހޭގޮތުން އަނގައެއް ނޭނެ. އަދި ސުކޫލެއްގަ ޓީޗަރަކު ކުދިންނަށް ސުވާލެއް ހުށަހަޅާފާނެ އެޔާ ގުޅުވައިގެން ރަނގަޅުގޮތް ބަޔާންކޮށްދޭން، އެކަމަކު ތިބުނާހެން ނުބައިގޮތެއް ނުކިޔަދޭނެ. ދިވެހިންނަކަށް ނޫން ސުކޫލު ނޭންގުނީކީ، ކަލޯއަށް.

      15
    • ނަން

      އެއީ ސްކޫލެއް މަޝްވަރާ މަޖުލީހެއް ނޫން ބަހުސް ކުރާކައް

  11. ހަސަން ރަށީޑު

    ދިވެހިން މިތިބީ ދެހާސް އަހަރު ފަހަތުގައި. ކަލޭމެން ބަލާބަލަ ދުނިޔޭގައި ހެދިފައިވާ ގިނަ ތިއަރީ ތަކަކީ ކަންކަމާ ސުަވާލު ކުރެވި އެކަމަށް މީހުން ވިސްނައިގެން ހޯދާފާ ހުރި އެއްޗެހި. ދިވެހިރާއްޖެ މިދަނީ ސޮމާލިޔާ، އަފްޢާނިސްތާން ދިޔަ މަގުން.

    1
    20
    • މާހިރާ

      ކަންކަމާ ފިކުރުކޮށް ސުވާލު އުފެދޭނަމަ، އެކަންކަމާ ބެހޭ ސުވާލު ކުރާނީ، އެކަމެއްގެ ޢިލްމު ލިބިފައިވާ މީހުންނާ. މިއީ، އިސްލާމް ދީނުގައި މިކަން އޮންނަގޮތް.

      15
    • ނަން

      އަހަރެމެން އަފްޢާނިސްތާން ދިޔަ މަގުން ދެން ވެސް ދާނީ
      އަފްޢާނިސްތާނަކީ ހުރިހާ ގޮތަކުން ވެސް މޮލު އެތައް މީހުނެއް އުފެދުނު ތަނެއް

  12. މުޙައްމަދު

    ފުލުހަށް ކުރިން ހުށަހެޅިފައިނުވިއަސް މިހާރު އެކަން އެގުމުން ބަޔަކުހުށަހަޅާތޯ ބެލުމަށް މަޑުނުކުރައްވާ އަވަހަށް މިކަން ތަޙްޤީގުކޮށް މިފަދަ ނުބައި ނުލަފާ މީހުން އަހަރުމެންގެ ޅަދަރިން ދޭ މިފަދަ ފިލާޅުވަޅުތަކުން އެދަރިން މިހާރުން މިހާރަށް ސަލާމަތް ކުރޭ އަހަރުމެންނަށް މިކަހަލަ ވާހަކަތަށް އަޑުއިވުމުން ބުނަނަން އުދަގޫވުން އިޙްސާސްތަކެއްކުރެވޭ އަވަހަށް ތަޙްޤީގު ކޮށް ޤާނޫނީ އިމަށް ގެންނަވާ