ރާއްޖޭގައި ރާވައި ހިންގައި ކުށްތައް މަދުކޮށް މުޖުތަމައުގެ އަމާންކަން ގާއިމު ކުރުމަށްޓަކައި ފުލުހުން އަމަލު ކުރަން ޖެހޭ ގޮތުގެ އާ "ސްޓްރެޓިޖިކް ޕޮލިސީ ރިކުއަމެންޓް" އެއް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) ހަމީދަށް މިއަދު ފޮނުވައިފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ މި ސްޓްރެޓިޖިކް ޕޮލިސީ ރިކުއަމެންޓަކީ ފުލުހުންގެ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ މަސައްކަތް ކަނޑައެޅޭ ވަކި ތަރުތީބަކުން ރާވައިގެން ކުރިއަށް ގެންދިއުމަށްޓަކައި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާން ކުރާ ސިޔާސަތެއް ކަމަށެވެ.
ނަމަވެސް މި ސިޔާސަތުގެ ތަފްސީލެއް ހޯމް މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.
ބަޔާނުގައި ބުނި ގޮތުގައި ސްޓްރެޓިޖިކް ޕޮލިސީ ރިކުއަމެންޓް ކަނޑައެޅުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރިއާޔަތް ކުރައްވާފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މިހާރުގެ ހާލަތަށާއި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމަށް މެދުވެރިވަމުން އަންނަ ގޮންޖެހުންތަކަށާއި ރާއްޖޭގެ ކުށުގެ މާހައުލު ބަދަލުވަމުން އަންނަ ގޮތަށެވެ.
ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ހިދުމަތުގެ އެންމެހާ ކަންކަން ތަރުތީބުކޮށް އިންތިޒާމު ކުރުމާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ކަންކަން ޕްލޭންކޮށް ރާވައި ހިންގުމުގައި ގާނޫނުގައިވާ ގޮތުގެ މަތިން ކޮމިޝަނަ އޮފް ޕޮލިސް މަސައްކަތް ކުރައްވާނީ މީގައި ހުރި ކަންކަން ހާސިލް ކުރަން ކަމަށް ބަޔާނުގައިވެއެވެ.
އޭގައިވާ އަމާޒަށް ދިވެހި ފުލުހުންގެ މަސައްކަތް ބައްޓަން ކުރެވުމުން ފުލުހުންގެ ހިދުމަތް އިތުރަށް ތަރައްގީވެ ރާވައިގެން ހިންގާ ބޮޑެތި ކުށްތައް މަދުވެ މުޖުތަމައުގެ އަމާންކަމާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ބަޔާނުގައިވެއެވެ.
ގާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތަށް ޒިންމާ މަތި ކުރެވިފައިވާ ވަޒީރަކު ސްޓްރެޓިޖިކް ޕޮލިސީ ރިކުއަމެންޓް މުރާޖައާ ކުރެވެންދެން މުޅީން އާ ސްޓްރެޓިޖިކް ޕޮލިސީ ރިކުއަމެންޓްތަކެއް ކަނޑައަޅުއްވަންދެން ފުލުހުންގެ މަސައްކަތާ ގުޅޭ ގޮތުން ސަރުކާރުންދޭ އަސާސީ އިރުޝާދު ކަމުގައި ބަލަން ވާނީ މިއަދު ކަނޑައެޅުއްވި ސްޓްރެޓިޖިކް ޕޮލިސީ ރިކުއަމެންޓް ބަޔާން ކުރާ ކަންކަމެވެ.
މިފަދަ ސިޔާސަތެއް ހޯމް މިނިސްޓްރީން ކަނޑައެޅި އިރު، މާލެ ސަރަހައްދުގައި ކުށް ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.
މީގެއިތުރުން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މާލެ އާއި އަތޮޅު ތެރޭގައި ހިންގާ ހަރަކާތްތައް ވަނީ ފުޅާކޮށްފައެވެ.
ފުލުހުންތީ އެއްވެސް ބައެއްނޫން. މީ ކުއްވެރިންގެ ޤަޢުމެއް. މަސްތުވާތަކެތި ބޭނުންކުރާ ޕާޓޭންގެ ޤައުމެއް. މަގުފޭރޭ ލުޓޭރުންގެ ޤައުމެއް. ފުލުހުންވެސް ހިމެނެނީ ފޭރޭ މީހުންގެ ލިސްޓްގައި ސްޓިކާޖަހާ ފޭރެނީ ވެހިކަލްތައް ޓޯކޮށްގެން ފޭރެނީ. ރައްޔިތުންނަށް ރައްކާތެރި އަމާންވެއްޓެއް ޤާއިމް ނުކުރެވުން ބަޔަކަށް މުސާރަދޭންވެސް މިވަނީ އަހަރެމެން ނިކަމެތި ރައްޔިތުންގެ ފައިސާއިން.
ދެން ކޯޗެއް މިއެނގުނީ؟ ތީގައި އޮތް އެއްޗެއް އެނގުނު ނަމަ
އަމާންކަން ޤާއިމްކުރަން ފުލުހުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މިނިސްޓަރ އިމްރާން ހައްޔަރުކުރުން.
މިއަދުގެ ފުލުހުންގެ އިސްވެރިން ތިބެމެ ތިޔަކަމެއްނުވާނެ.
މޮޅެތި ވާހަކަ ނުދައްކާ އައްޑޫގައި މިތިބެނީ މަދު ފުލުހުން ރަށުތެރެ ނުބެލެހެއްޓޭ ފުލުހުން އިތުރުކޮށްދޭން ވީނުންތަ! ފުލުހުން ދުއްވާނެ ވެހިކަލް ގަނޑެއްވެސް އޮންނަނީކީ ނޫން އެކަމަކު ތިޔަ ހަމީދު ކޮންމެ ފަހަރަކު އައްޑޫއަށް އަންނަންވާއިރަށް އައްޑޫގައި ތިބި އަގުބޮޑެތި މޮޅު ކާރުތައް ހޯދަން ޖެހޭ ބޮޑެތި ގުރޫޕުތައް ހަދައިގެން އެތަކެއް ބޭކާރު ޚަރަދު ކުރާއިރު ފުލުހުން ލައިގެން ހުންނަ ޔުނިފޯމް ގަނޑު އޮންނަނީ ކުލަ ވެއްޓި ރޮދި ކެނޑިފައި މިއީ އަހަރުމެންނަށް ފެންނަ ހަގީގަތް މިކަން އިސްލާހު ކުރަންވީމަ ސްޓްރެޓެޖީއޭ ކިޔައިގެން ރައްޔިތުން ހައްލަން ނޫޅޭ ތިޔަ ސްޓރެޓެޖީ އެއް ކިތަންމެ މޮޅަށް ހެދިޔަކަސް ދިވެހިރާއްޖޭގައި ހެދިފައިހުރި ގާނޫނުތައް އިންސާފުގެމަގުން ނުހިނގާހާ ހިނދަކު ފުލުހުންނަކަށް ރައްޔިތުން އިތުބާރެއް ނުކުރާނެ ކޯޓުތައް ހުރީ އިންސާފުން ބޭރުގައި ކުށްކުރާ ފަރާތްތައް މުޖުތަމާގައި ގިނަވަނީ ހަރުދަނާ ފިޔަވަޅެއް އެޅޭތަނެއް ނުފެނޭ ހަމީދު ކުރާ ބޭކާރު ހަރަދު ހުއްޓާލާ އައްޑޫއަށް އަންނާނެ ކަމެއްނެތް