22:27

ކޮވިޑްގެ އާވޭރިއަންޓް ފެނުނު ގައުމުތަކަށް ފްލައިޓްތައް ދަތުރު ނުކުރަން އީޔޫ އިން އެދިއްޖެ.

22:01

އިތުރު 152 މީހުން ކޮވިޑަށް ފައްސިވެއްޖެ.

21:22

އާވެރިއަންޓް ފެތުރުނަސް ދަތުރުކުރުން މަނާނުކުރަން ޑަބްލިއުއެޗްއޯ އިން އެދިއްޖެ.

19:25

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އާ ވައްތަރު ހޮންކޮންގްގުން ވެސް ފެނިއްޖެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި

19:08

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އާ ވައްތަރު ބެލްޖިއަމުން ފެނިއްޖެ

18:44

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އާ ވޭރިއެންޓާއެކު ތެލުގެ އަގު ފަސް އިންސައްތަ އަށްވުރެ ދަށަށް ވެއްޓިފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެފި

15:52

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އާ ވައްތަރު އިސްރާއީލުން ފެނިއްޖެ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ބުނެފި

15:46

ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 1،235 މީހަކު މަރުވެއްޖެ

14:59

ކޮވިޑްް-19 އާ ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށްފި

14:58

ސްކޫލް ޗުއްޓީއާ ދިމާކޮށް ކަރަންޓީންވުމަކާއި ނުލާ ދިވެހިންނަށް ސިންގަޕޫރަށް ދެވޭ ގޮތްވެއްޖެ

14:19

ޓައިވާނުގައި މީހަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހަކު ފިލަން ޗައިނާއަށް ދިއުމުން ކޮވިޑް-19 އާއި ގުޅިގެން އޭނާ ކަރަންޓީނު ކޮށްފި

ކޮވިޑް-19 ވައިރަސްއަށް ބޮޑެތި ބަދަލުތަކެއް އައިސް މުޅިން އާވޭރިއަންޓެއް ފެތުރެމުން އަންނަކަން މިހާރު ވަނީ ފާހަގަ ކުރެވިފައެވެ. ދެކުނު އެފްރިކާ އިން ފެނުނު ކަމަށް ބުނާ މިވޭރިއަންޓް ބައެއް އެހެން ގައުމުތަކުން ވެސް މިހާރު ފެނިއްޖެއެވެ. ވޭރިއަންޓްގެ ނުރައްކާތެރިކަން އަދި މުޅިން ކަށަވަރު ނުވިޔަސް ވައިރަސްއަށް ބޮޑެތި ބަދަލުތަކެއް އައިސްވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

އެންމެ ބޮޑު އެއްކަންބޮޑުވުމަކީ މިހާރު ހުރި ވެކްސިންތަކަށް ނުގުޑާ ވޭރިއަންޓަކަށް ވެދާނެތީއެވެ. އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ވެކްސިން ޖެހުމަށް މިހާތަނަށް ކުރި މަސައްކަތް ސުމަކުން އަލުން ފަށަން ޖެހިދާނެއެވެ.

ވޭރިއަންޓްގެ ނުރައްކާތެރިކަން މުޅި ކަށަވަރު ކުރަން އިތުރު ދިރާސާތައް ބޭނުންވާކަމަށް ސައިންސްވެރިން ބުނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް މިހާރު ވަނީ މިވޭރިއަންޓާއި މެދު ސަމާލުވުމަށް އަންގާފައެވެ.

އާވެރިންޓެއް ފެތުރިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުންތައް އިތުރުވެފައި ވާއިރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވެސް އަނެއްކާ ވަނީ އިތުރުވާން ފަށާފައެވެ. އަދި ކުރިއަށް އޮތް ކްރިމަސް ބަންދާއި އާއަހަރުގެ ބަންދާއި ދިމާކޮށް އިތުރަށް ކޮވިޑް ފެތުރިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުންތައް ވެސް އިތުރެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމާ

    ޢަނެއްކާ 03 ވަނައެތި ޖަހަން ކޮވިޑްގައި މިލިއަނުން ފަންޑުކުރި އިޒްރޭލް އާއި އެމެރިކާއިން އޯޑަރު އައީބާ؟ 🤔