އައްޑޫސިޓީގައި ތިބި މީހުންގެ ތެރެއިން ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކުރާ މީހުންނަށް ދެން މާލެ ދެވޭނީ ޕީސީއާރު ޓެސްޓުގެ ނައްސި ނަޖީތާއަކާއި އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އޭއީއޯސީ) ގެ ހުއްދަ ނަގައިގެން ކަމަށް އެސެންޓަރުން ބުނެފިއެވެ.

އައްޑޫ ސިޓީގައި މީގެ ކުރިން ކޮވިޑް ފެތުރުނަމަވެސް ބައެއް ފަރާތްތަކުން ޕީސީއާރު ޓެސްޓެއް ނަހަދައި އީއޯސީގެ ހުއްދަ ވެސް ނުނަގައި މީގެ ކުރިން މާލެ ދަތުރު ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެފަދަ ގޮތަކަށް ބައެއް ފަރާތްތަކުން އަމަލު ކޮށްފައިވާތީ މީގެ ކުރިން ގިނަ ބަޔަކު އެކަމާއި ކަންބޮޑުވުން ވެސް ފާޅު ކޮށްފައެވެ.

އައްޑޫ އީއޯސީން ބުނީ، އައްޑޫން މާލެއަށް ދެން މީހުންނަށް ދަތުރު ކުރެވޭނީ ކޮވިޑްގެ ނައްސި ޕީސީއާރު ޓެސްޓަކާއި އެކީ އައްޑޫ އީއޯސީގެ ހުއްދަ ލިބިގެން ކަމަށެވެ. އެހެން ނަމަވެސް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން މާލެ ފުރާނަމަ ހަމަ އެކަނި ބޭނުންވާނީ ނައްސި ޕީސީއާރު ޓެސްޓު ކަމަށާއި ހުއްދަ ނަގަން ނުޖެހޭނެ ކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެކްސިން ފުރިހަމަ ނުކުރާ މީހުން މާލެއިން އައްޑުއަށް ދަތުރުކުރާނަމަ، 14 ދުވަހުގެ ކަރަންޓީނަކާއެކު، އީއޯސީގެ ހުއްދަ ހޯދަންޖެހޭނަކަމަށް ވެސް އެ ސެންޓަރުން ވަނީ ބުނެފައެވެ.

ވެކްސިން ފުރިހަމަ ނުކޮށް އައްޑޫން ފުރާ މީހުންނަށް އިތުރު ފިޔަވަޅެއް އަޅާފައިވާއިރު، ރެއިން ފެށިގެން އެސީޓިގައި ވަނީ ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މީހުން އެއްވެ ކުޅޭ ހަރަކާތްތަކާއި ހަފްލާތައް ބޭއްވުން މަނާކޮށް، އެއް ގެއިން އަނެއް ގެއަށް ދިއުން ވެސް ވަނީ މަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ށަމާ

    މީގެ ކުރިން ދަރުރުކުރެވުނީ މަތުންދާ ބޯޓް އުދުއްސާމީހުންގެ ފީކަޅާކަމުން.