20:10

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ދެނެގަނެވުނު އޮމިކްރޮން ވޭރިއެންޓުގެ ފުރަތަމަ ވޭދަނަ ޒެމްބިއާއިން ފެނިފައިވާ ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި

19:14

އަވައްޓެރި އިންޑިއާއިން ކޮވިޑް-19ގެ އާ ވައްތަރު ކަމަށްވާ އޮމިކްރޮންގެ އިތުރު ވޭދަނައެއް ފެނިއްޖެ

17:05

ކޮވިޑް-19ގެ އިތުރު ރާޅެއް އަރައި އެނދުމަތި ކުރާ މީހުންގެ ތެރެއިން ކުޑަ ކުދިން އިތުރު ވުމަކީ ހާސްވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ދެކުނު އެފްރިކާގެ ސިއްހީ މާހިރަކު ވިދާޅުވެއްޖެ

16:15

ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މިއަދު ނިޔާވެއްޖެ

15:43

ޒިމްބާބްވޭއިން އޮމިކްރޮންގެ އިތުރު 50 ވޭދަނަ ފެނިއްޖެ. މި ވޭދަނަތަކުގެ ތެރޭގައި ހިމެނެނީ ސްކޫލް ޓީޗަރުންނާއި 17 އަހަރުން ފަށުގެ ފުޓްބޯޅަ ޓީމް

15:41

އިނގިރޭސިވިލާތުން އޮމިކްރޮންގެ އިތުރު ވޭދަނަތަކެއް ފެނިއްޖެ

އިންގްލޭންޑުން އޮމިކްރޮންގެ ވޭރިއެންޓްގެ އިތުރު 75 ވޭދަނަ ފެނިއްޖެ، މިއާއެކު އެ ހިސާބުން ފެނުނު އަދަދުތައް 104 އަށް ވަނީ އަރާފައި

މީގެ އިތުރުން ސްކޮޓްލޭންޑުން ފެނުނު އިތުރު 16 ވޭދަނައާއެކު ޖުމްލަ އަދަދު 29 އަށް އަރައިފި

އަދި ވޭލްސް އިން ވޭދަނައެއް ފެނުނުއިރު އަޔަލޭންޑުން އިތުރު ވޭދަނައެއް ނުފެނޭ

 

15:18

ކޮވިޑް-19ގެ އާ ވޭރިއެންޓް "އޮމިކްރޮން" ފުރަތަމަ ފެނުނު ދެކުނު އެފްރިކާއިން އިންޑިއާގެ ޖައުޕޫރްއަށް ދަތުރު ކުރި އާއިލާއެއްގެ ގިނަބަޔަކު ކޮވިޑަށް ފައްސިވެ މުޅި އާއިލާ އަށް ބިރުވެރިކަން ކުުރިމަތިވެއްޖެ

14:30

ކޮވިޑް-19ގައި އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ނިޔާވެއްޖެ

ކޮވިޑް-19 ވައިރަސް އަށް ބަދަލުތަކެއް އައިސް އޮމިކްރޮން ވޭރިއަންޓް އުފެދިފައި ވީނަމަވެސް މިހާލަތުގައި ވެސް ނުރައްކަލުން ސަލާމަތްވާން ކުރެވެން އޮތް ކަމަކީ ވެކްސިން ފުރިހަމަ ކުރުމާއި ވެކްސިންގެ ބޫސްޓަރ ޝޮޓް ޖެހުން ކަމަށް ގިނަ ސައިންސްވެރިން ބުނެފިއެވެ.

ވެކްސިންގެ ބޫސްޓަރ ޝޮޓް ވެސް ޖަހަން ބާރު އަޅަމުން އަންނަ އެއް ސައިންސްވެރިންޔަކީ އެމެރިކާގެ އެންތަނީ ފައުޗީއެވެ. ފައުޗީ ވިދާޅުވާ ގޮތުގައި ކޮވިޑުން ސަލާމަތްވުމަށާއި އަދި ތަފާތު ވޭރިއަންޓްތަކުން ސަލާމަތް ވުމަށް ވެސް ވެކްސިން ފުރިހަމަކޮށް އަދި ބޫސްޓަރ ޝޮޓް ވެސް ޖަހަން ޖެހެއެވެ.

ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ގެންދަނީ ވެކްސިންގެ ބޫސްޓަރ ޝޮޓްތައް މުއްސަނދި ގައުމުތަކުން ޖެހުމުގެ ބަދަލުގައި ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ގޮވާލަމުންނެވެ.

މިހާތަނަށް ދުނިޔޭގެ 38 ގައުމަކުން ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓް ފެނިއްޖެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިރޭ ވަނީ ބުނެފައެވެ.

ޑަބްލިއުއެޗްއޯ އިން ދެންމެ ބުނީ ޑަބްލިއުއެޗްއޯ އިން ދުނިޔެ ބަހާލާފައިވާ ހަސަރަހައްދުން ވެސް މިހާރު އޮމިކްރޮން ވޭރިއަންޓް ފެނިފައިވާ ކަމަށެވެ.

ނަމަވެސް އަދި މިހާތަނަށް އޮމިކްރޮން ވޭރިއަންޓް ޖެހިގެން އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ އޮމިކްރޮން ވޭރިއަންޓް ވެކްސިންގެ އަސަރު ކުރާ މިންވަރު ދެނެގަންނަންށާއި ފަރުވާ އަށް ގެންނަން ޖެހޭ ބަދަލުތައް އެނގެން ހަފްތަކެއް ނަގާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ގްރޫޕް ލީޑް ކުރައްވާ މާރިއާ ވެން ކަޝްކޯވް ވިދާޅުވީ އޮމިކްރޮން އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި ނަމަވެސް މިއީ ހަލުވިކަމާއިއެކު ފެތުރެމުން ދިޔަ ޑެލްޓަރ ވޭރިއަންޓަށްވުރެ ހަލުވިކޮށް ފެތުރޭ ވޭރިއަންޓެއްކަން އަދި މުޅިން ކަށަވަރު ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަފެނޭ އޮމިކްރޮން ވޭރިއަންޓް ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަތަން. ނަމަވެސް މިއީ އަދި ޑެލްޓަރ ވޭރިއަންޓަށް ވުރެ ހަލުވިކޮށް ފެތުރެމުން އަންނަ ވޭރިއަންޓެއް ކަމަށް ނިންމަން އަދި މާއަވަސް." މާރިއާ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ ހެލްތު އެމަޖެންސީގެ އެގްޒެކެޓިކް ޑިރެކްޓަރ ޑރ.މައިކް ރަޔަން ވިދާޅުވީ އޮމިކްރޮން ވޭރިއަންޓުން ވެސް އަދި ފެންނަނީ ޑެލްޓަރ ވޭރިއަންޓް ވެސް ފެތުރެން ފެށި ދުވަސްވަރު ފެނުނު ފަދަ ކަންތައްތަކެއް ކަމަށާއި އަދި ސަޕްރައިޒްތަކެއް އޮމިކްރޮން ވޭރިއަންޓުން ނުފެންނަ ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ އޮމިކްރޮން ވޭރިއަންޓްގައި ކޮވިޑް ވައިރަހަށް 30 ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެއީ އަވަހަށް ބަލި ފެތުރުމާއި އަދި ވެކްސިނަށް ނުގުޑާ ފަދަ ބައްޔަކަށް މިބަލި ވެގެން ހިނގައިދާނެ ސަބަބެއް ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން މިރޭ ވެސް ތަކުރާރުކޮށް ބުނީ އޮމިކްރޮން އަށް ފައްސިވާ މީހުންގެ ހާލަތު ގޯސްވާނެ ކަމަށް ނިންމަން އަދި މިހާތަނަށް އެކަށީގެންވާ މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު