ދިގު މުއްދަތަކަށް ދައްކާ ގޮތަށް ލޯނެއް ދިނުމަށް އެދި ދިވެހި ސަރުކާރުން ބަންގްލަދޭޝްގެ އެހީ އަށް އެދިއްޖެއެވެ.
ބަންގްލަދޭޝް ބޭންކު ގަވަރުނަރު ފަޒްލީ ކަބީރު ވިދާޅުވީ ރާއްޖެ އަށް ލޯން ދިނުމާ މެދުގައި ވިސްނަމުންދާ ކަމަށެވެ.
"ރާއްޖެއިން އަޅުގަނޑުމެންނަށް އެދުނީ ދިގު މުއްދަތަކަށް ދައްކާ ގޮތަށް ލޯނެއް ދޭން. އަޅުގަނޑުމެން މިދަނީ ވަރަށް އެކްޓިވްކޮށް އެކަމާ މެދު ވިސްނަމުން،" ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ ބިޑްސް ކޮންފަރެންސް އޮން ޑިވެލޮޕްމަންޓްގައި ފަޒީލް ވިދާޅުވިއެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. ރާއްޖެއިން އެކަމަށް އެދިފައިވަނީ ކޮންއިރެއްގައި ކަމެއް ވިދާޅެއް ނުވެއެވެ.
ދާދި ފަހުން ނަައިބް ރައީސް ފައިސަލް ނަސީމް ވަނީ ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.
މިދިޔަ އޮގަސްޓް މަހު ބަންގްލަދޭޝްއިން ވަނީ ސްރީލަންކާއަށް، 250 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ގެ ގޮތުގައި ދީފައެވެ. މި ސަރުކާރުން މިހާތަނަށް އެންމެ ގިނައިން ލޯނު ނަގާފައިވަނީ އިންޑިއާ މެދުވެރިކޮށެވެ. އޭގެ ތެރެއިން ގިނަ ލޯނުތައް ނަގާފައިވަނީ އަތޮޅު ތެރޭގައި އުމްރާނީ ބޮޑެތި މަޝްރޫއުތައް ހިންގާށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާ މެދުވެރިކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ލޯނުތައް ނަގާފައިވެއެވެ.
އެ ލޯނުތަކަށް ލުޔެއް ނުދޭތީވެ ސަރުކާރުގެ ބޭފުޅުން ގެންދަވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެންމެ ބޮޑަށް ފާޑުކިޔަމުންދާ އެއް ބޭފުޅަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ "ދަރަނި ދަންތުރަ" އެކެވެ.
އަންނަ އަހަރަށް ލަފާކޮށް 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ. އެ ބަޖެޓުގައި ދަރަނި ދެއްކުމަށް 2.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.3 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާޚޮށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާ ކުރާ އާމްދަނީގެ ތެރެއިން 15.4 ބިލިއަން ރުފިޔާ އަކީ ޓެކުހެވެ. ޓެކްސް ނޫން ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައިވެއެވެ. އަދި، ހިލޭ އެހީ އާއި އެހެނިހެން ގޮތް ގޮތުން 2.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލަފާކޮށްފައިވެއެވެ.
ލަދު ކޮބާ؟
އަހަރެމެންގެ ސަރުކާރެއްގައި ލޯނެއް ނުނަގާނަމޭ ބުނި މީހުން ލޯނު ހޯދަން ނާށިގަނޑު ހިފައިގެން ދުވަނީ. ލޯނު ދޭތޯ އިތިއޯޕިއާއަށްވެސް ހިގައްޖެ
ސުބުހާނަﷲ ނާށިގަނޑު ހިފައިގެން މިސަރުކާރުން ދެން ނުދާނީ ކާކުކައިރިއަށް ، ކޮބާ އިންޑިޔާ އިތުރު އެއްޗެއް ދިއްކޮންނުލީދޯ ؟ އަމީރޫ އިބޫ ކަލޭމެން އަނެއްކާ އިތިއޯޕިޔާ ނުވަތަ ސޯމާލިޔާ މީހުންކައިރިޔަށް ތިޔަ ނާށިގަނޑު ހިފައިގެންނުދާނެ ، ދިވެހިން ދަރަނިން ސަލާމަތްކުރަނީދޯ ؟
ސާބަސް ސާބަސް ދިވެހިން ދަރަނިން ސަލާމަތްކުރަނީ މިގޮތަށްބާ ؟ ލަނދުން ދެފައި ގާތްކޮށްލަންވެސް ނުކެރޭ މިއޮތީވާ ހެޔޮވެރިކަމެއް ހަމަ ހުވާ ....
ކެކެކެކެކެ އަދި އިތިއޯޕިޔާގަ ވެސް އެދޭނެ ތިކަމަށް . ބަލަ ހަސީނާ އަކީ ވެސް އިންޑިޔާ ގެ ޕަޕެޓެކޭ ތީ މޮޅު ޖަރީމާއެއް ބަންގްލަދޭޝް ގަ ސަލާމް ޖެހީމަ އެ ގައުމުގެ ނަމުގާ ފައިސާ ދޭނީ އިންޑިއާ އިން އަނެއްކާ ރާއްގޭގެ ބިމުން ބައެއް އަތުލާނީ ކެކެކެކެކެ. ކިލޯ އިބޫ ދިވެހިން ގަޅި ނަހައްދާ އާދޭސް ކުރަން.
ކޮބާ ޝުއައިބު ޝާހު ބަދުނާމު ކުރީ. މިހާރު މިގަންނަނީ ކޮން ގަނޑެއް؟
ޓޫރިޒަމް ގެ ބެޑުނައިޓް އަދަދުތައް 2019 ގެ ރެކޯޑު މުގުރައިފިޔޯ.. އެހެންނަމަ ކީއްވެގެންތޯ ސަލާންޖެހުމުގެ ރައީސުލް ޖުމްހޫރިއްޔާ މިއުޅެނީ. ؟
ސަލާން ޖަހަނީ ލާރިއެއް ލިބޭތޯ
މި ސަރުކާރު އަހަރުމެން ދިވެހީން ލަދުގަންނަވާލައިފި
ލޯނުގަނޑެއްވެސް ދޭނެ ބަޔަކު މިދުނިޔެއިން ނުވިދޮތަ؟
ނުތްވެއްނު؟ މުނިކާފަހިސާބަށް ރާއްޖެ ނުދަރުވާ ދެން އިސްތިޢުފާ ދޭންވެއްޖެނު މިހާރު؟
ބަންގްލަދޭޝްއަށް ގޮސް ސަލާން ޖަހަން ކެރޭ ހިސާބަށް ދާނީ ލަދެއް ހަޔާތެއް ނެތީމަ.
ދެނެތިބީން ދަންނައު. މިއަންނަ 22 އަކީ މަގުމަތިން ސްޓިކާރޖެހުމުގެ ރެކޯރޑް އަހަރަކަށް ވާނެކަމުގައި ވަރަށްބޮޑަށްއެބަހީވެއެވެ.
ބޮޑު ވަރުތިޔައީ ކޮބާ ވެރިކަމަށް އަރަން އުޅުން އިރު ދެއްކި ފޮނިވާހަކަތައް. ލަދުގެ ކަންފުޅެއްވެސް އެބަހުރިތޭ. ޤައުމު ހިންގަން ނޭނގެންޏާ އެކަން ކުރެވޭނެ މީހުން އެބަތިބި
މިދިވެހި ޤައުމު ލަދު ނުގަންނަވާ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ
"އާޖުފާޖެއް ނޭނގިވާ މިސްރާބުނޭނގޭ މިތުރަކަށް
މާލިމީކަން ދިނުމުގައި ހުންގާނުކުރަނީ ކޮންކުށެއް"
ބަންގްލާ އިން ލޭބަރުން ފިޔަވާ އެހެނިހެން މަސަށްކަތް ކުރާ މީހުން ގެނެވޭ ގޮތަށް ހުއްދަ ދީބަލަ
ހާދަ ދަށޫ ދަރަޖައަކަށް މިބައިމީޙުން ރާއްޖެ ވައްޓާލައިފިޔޭ ދޯ! ރައްޔިތުންނޭ އަވަހަކަށް ނުކުމެ، ވޯޓުން މިސަރުކާރު ބަލިކުރަންވީ. އެނޫން ގޮތެއްނެތް. ކަމެއް ކުރާކަށް ނޭންގޭ ތާކު، ވެރިކަމުގައި ތިބެވެސް، ރައްޔިތުންނަށް ހިތްދަތިކަމާ، ދުއްތުރާ ދިނުން ނޫން ކަމެއް ނުކުރޭ. ރަހުމަތްތެރިންނަށް ފުރަތަމައިނުންވެސް ނަގައިދޭންނުޖެހޭ ބަދަލެއްގެ ގޮތުގައި އެތައް ސަތޭކަ މިލިއަނެއް ބަހައިފި. ދައުލަތުގެ މާލިއްޔާއިން އިސްރާފު އެކި ނަންނަމުގައި ކޮށް ހުސްކޮށްފި.
ބަލަ އެއްވެސް ލޯނެއްނުނަގާ ހިންގަންބުނީ މިސަރުކާރުން މިވަނީކިހިނެއް
ބަނަހެއް... ގަންނަން ލާރިޔެއް ދީބަލަ.. ފާރޮއްޓެއް ގަންނަން ލާރިޔެއް ދީބަލަ.. ކާށި ކޮޅެއް ގަންނަން ލާރިޔެއް ދީބަލަ..
ދެން މާދަމާ އަނެއްކާ ކޯޕަން ހޭގަންއަށް ގޮސް އަގުބޮޑު ހޮޓާތަކައް 3 ލައްކަ ޑޮލަރު ތަޅާލާ.. އޭރުން އެއޮތީ ގައުމު ހިންގިފަ..
އެހެންތާ ވާނީ..ޕުރައިވެޓު ކުންފުންޏެއްގެ އެކައުންޓުސް ބަލަހައްޓަން އިން ބޮލެއް ގެނެސް ފިނޭންސު މިނިސްޓަރަކައް ލީމަ. ބޯހަލާކު.
ސަލާން ޖަހާ ސަރުކާރު ސޯލިހު ސަރުކާރު ފަގީރު ސަރުކާރު ދަރަނި ސަރުކާކު.
މިއީ ރާއްޖެއާއި ދިވެހިންގެ އަގާއި ކަރާމާތް ހަލާކުކުރަން އުޅޭ ރައީސެއް..
ހާލެއްގަ ޖެހިފައޮތް ގައުމެއް.
ލަދުން ބޯހަލާކު
އެހެންނު ވާނީ ނުކިޔަވާ ތިބޭ ތަންދޮރު ނޭނގޭ މީހުން ވެރިކަމަށް އައީމަ
ޜާއްޖޭގެ ހާލަތު ދުވަހެއް ދުވަހަކަށް ދަޝަށްދާކަމުގެ ހެއްކެއް ބަންގާޅުން ލޯނުނެގުމަކީ!
ޗީޑި ކުރާ ހަޑި ކަންތައް
ސީބަސް ތިކުރާ ހިތްވަރަށް.. ލަދުން ބޯ ހަލާކު ވާވަރުވޭ މިއޮއް ދަރަނި ސަރުކާރަކާ ހެދި
ދުނިޔޭގެ އެންމެ ފަޤީރުންނަށް ސަލާންޖަހަނީ ޚާރިޖީ ގުޅުމުގެ ވަރުގަދަކަމުންތޯ؟
އިންޑިޔާގެ ބަލާވެރިކަން. އެމީހުންނުދޭން ވެގެން ބަނޣާޅު މީހެތެރެއަށް ބާނަނީ. އެއީދެން ބަޔަކު ލޯނު ނަގަން ކޮންތަނެއްތޯ. އިބޫކަލޭދެން އިސްތިއުފާ ދީފަ އަވަހަަަށް ގެއަށް ވަޑައިގަންނަވާ ތިހިރީ ވެރިކަ ްކުރެވޭނެ ވަރައް ވެރިކަން ކުރެވިފަ
ކަލޭމެންގެ ލަދު ހަޔާތް ކުޑަކަން ހިތަށް އަރާތަ؟ ދުނިޔޭގަ އޮތް އެންމެ ފަޤީރު ޤައުމުގެ ކިބައިން ސަލާން ޖަހަން ނާށިގަނޑޫ ހިފައިގެން ހިނގާއިރު. ނަސީބެއްނުން ދާރުފޫރަށް ނުވަތަ ރޮހިންޔާ މުސްލިމުން ކައިރިަށް ނާށިގަނޑު ހިފައިގެން " ދޭށޭ ދޭށޭ ބަތްކޮޅެއް. ދޭށޭ ދޭށޭ ރިހަފޮދެއް. މިގޭ ދެކުދިން ތިބީ ނުކައި ނިދިފައި" ލަދުކޮބާ! ލޯނު ސަރުކާރު. ކޮތަރު ގުއިސަރުކާރު.