އައްޑޫ ސިޓީގައި ކާރެއްގައި ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފިއެވެ.

ފުލުހުން ބުނީ އައްޑޫގައި ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ ފަތިހު 4:45 ހާއިރު ކަމަށެވެ. އަލިފާން ރޯކޮށްލުމުގެ ސަބަބުން ކާރު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވި ނަމަވެސް ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ރޯކޮށްލާފައި ވަނީ އައްޑޫ ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރު އަބްދުﷲ އިހުސާންގެ ކާރުގައެވެ.